ވެލްކަމް މެސެޖް

މި ބްލޮގަށް ތިޔަ ދެއްވާ ތަރުހީބަށްޓަކައި އެމްޓޫ އިންވެސްޓްމަންޓްގެ ފަރާތުން ފަށްފަށުން ޝުކުރުވެރި ވަން.

ޑިއުޓީ ތާވަލް

އިރާކޮޅު:

އަބްދުﷲ ރިޔާޒް

މެންދަމު:

މުހަންމަދު ޒަކަރިއްޔާ

Powered by Blogger.

ދޭ ޚިދުމަތްތައް

ސެކިއުރިޓީ ބެލެހެއްޓުން ، އޮޑި ދޯނި ފަހަރު ބަނުން ، ރިސޯޓް ތަކުގައި ހުކުރު ކޮށްދިނުން ، ޑޭ އެންޑް ނައިޓް ފިޝިންގ އިންތިޒާމް ކޮށްދިނުން ، ތުއްތު ކުދިންނަށް ޤްރުއާން ކިޔަވަން ދަސްކޮށްދިނުން ، މާބަނޑު އަންހެނުން ވިއްސައި ދިނުން ، ސައި ހޮޓާ ހިންގައި ދިނުން ، ތެދުއުއި ވަޑާމާއި ކިއްސަރު ވަޑާން ކޮށްދިނުން ، އިދާރީ ލިޔެކިޔުންތައް ބަލަހައްޓައި ދިނުން ، ވިޔަފާރިތައް އޯޑިޓް ކޮށްދިނުން ، އޮޑި ދޯނި ފަހަރުގެ ރަޖިސްޓްރީ ހައްދައި ދިނުން ، ނަން ބޯޑް ތައްޔާރު ކޮށްދިނުން. އަދިވެސް އަދިވެސް.........

މި ބްލޮގަށް ޙަބަރުލިބިފައިވާގޮތުގައި ރޭ 12:30 އެހާކަންހާއިރު ކައުންސިލަރ ދިރިއުޅުއްވާ ގެ (ނ.ލަންދޫ/ރަސްފަރު) މަގުމަތީގައި ކައުންސިލަރ ހުންނަވަނިކޮށް ކާކުކަންނޭގޭ މީހަކުވަނީ ވަކަރު ފަތިގަނޑަކުން ކައުންސިލަރަށް ހަމަލާދީފައެވެ. ކައުންސިލަރ ހުންނެވީ މާލޭގައި އުޅުއްވަމުންދާ ކައުންސިލަރުގެ އަނބިކަބަލުންނާއި ފޯނެއްގައިކަމުން އަދި އެ ވަކަރުފަތިގަނޑަކީ މީހަކު ބާރަށް އެއްލި އެއްޗެއްކަމުން އެހަމަލާދިނީ ކާކުކަން އެގިފަނުވާކަމަށެވެ. ކައުންސިލަރަށް ސީރިއަސް އަނިއާއެއް ނުލިބޭކަމަށް ބުނިނަމަވެސް މި ހާދިސާގެ ސަބަބުން ކައުންސިލަރަށް ވަރަށް ބޮޑައް ނަފްސާނީ އަނިޔާވެރިކަމެއް ލިބިގެން ދާނެކަމަށް މި ބްލޮގުން ދެކެ މި ފިނޑި ތާކުންތާކު ނުޖެހޭ އަމަލް ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.
ލަންދޫ އިން ދޫކުރެވިފައިވާ ގެވަޅު ތަކުގެ މަސައްކަތް ނިންމުމަށް ވަރަށް އަވަދިނެތި އުޅުއްވާތީ ކައުންސިލަރ ފަރާތުންވަނީ މިކަމުގެ މާބޮޑް ޙަބަރެއް ނުލިބިފައެވެ. މި ހަމަލާގައި ކައުންސިލަރާއި އިދިކޮޅު ފަރާތް ތަކުގެ އަތެއްވެދާނެކަމުގަ ކައުންސިލަރ (މަޖޫ) ގެ ކެމްޕޭން ޓީމަށް  ތުހުމަތުކުރެވެއެވެ.. އެހެންނަމަވެސް ސީދާ މި ހަމަލާދިނީ ކާކުކަން އަދި އެނގިފައެއްނުވެއެވެ.ކޮންމެ މީހަކު މިކަން ކުރިނަމަވެސް މިއީ ވަރަށް ފިނޑި ތާކުންތާކު ނުޖެހޭ އަމަލެކެވެ.މި ކަމުގެ ސަބަބުން 2011 ވަނަ އަހަރު މުޅި ރާއްޖޭގައި ބޭޢްވޭނެ ކައުންސިލް އިންތިހާބްގައި މަޖޫގެ ކެންޑިޑެންސީއަށް ލިބިގެންދާނީ އިތުރު ހިތްވަރަކާއި އާރޯ ކަމެކެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ޙޯޑޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ލަންދޫ ސުކޫލުގެ ހެޑް އަލްފާޞިލް މުހައްމަދު އިބްރާހިމް ބުނުއްވައިފިއެވެ..
މުހައްމަދު އިބްރާހިމް ބުނީ ހުރިހާ އަހަރުތަކަށް ވުރެ މިއަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި އަހަރު ފެށުމާއެކު މަސައްކަތް ފެށިފައިވާކަމަށެވެ
ސުކޫލުގައި ޢާއްމުކޮށް ކިޔަވައި ދިނުމުގެ ފެންވަރު މަތި ކުރުމަށާއި އޯ ލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް އެކި އެކި ޓީޗަރުންނާއި ސުޕަވައިޒަރުން ކުރަމުންދާ މަސައްކަތް  ވަރަށް ގާތުން ބައްލަވަމުންގެންދަވާކަމަށްވެސް މުހައްމަދު އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
އޯލެވެލް އިމްތިހާނުގެ ނަތީޖާއަށް ބަލާއިރު 2008 ވަނަ އަހަރަށް ވުރެ 2009 ވަނަ އަހަރުގެ ނަތީޖާ ވަނީ 5 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.
މުހައްމަދު އިބްރާހިމް ވިދާޅުވެފައިވަނީ މިއަހަރުގެ އަމާޒަކީ އޯލެވެލް އިމްތިހާނުން ފާސްވާ ކުދިންގެ ނިޞްބަތް 60 އިންސައްތައަށް މަތިކޮށް 2009 ވަނަ އަހަރާއި އަޅާބަލާއިރު 80 އިންސައްތަ މައްޗަށް ޖެއްސުން ކަމަށެވެ. އަދި މި ހިނގާއަހަރުގެ ތެރޭގައިއެކި އެކި ގުރޭޑްތަކުން  ފާސްވާ ކުދިންގެ ނިޞްބަތް ދަށްވެގެން 95 އިންސައްތައަށް އުފުލުން ކަމަށެވެ
ދަރިވަރުންގެ ފެންވަރު މަތިކުރުމަށް އިތުރު ކްލާސްތަކަށް ގެންދިއުމާއި އެހެނިހެން ގޮތްގޮތުން މަސައްކަތްކުރުމުގައި މިހާރު ވެސް ބެލެނިވެރިން ކުރަމުންގެންދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށާއި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމުގައި ބެލެނިވެރިންގެ މަސްއޫލިއްޔަތަކީ ވެސް ވަރަށް މުހިއްމު މަސްއޫލިއްޔަތެއް ކަމަށްވެސް މުހައްމަދު އިބްރާހިމް  ވަނީ ވިދާޅުވެފައެވެ.

ލަންދޫ ސުކޫލްގެ ހިންގުންތެރި ހެޑް މުހައްމަދު އިބްރާހިމާއި މި ބްލޮގެ އެޑިޓަރ އަދި ލަންދޫ އޮފީހުގެ ހިންގުންތެރި ސެކެރެޓަރީ އަލްއަޚު ސަލީމް ހުސައިން މާލެއަށް ކުރެއްވި ނުރަސްމީ ދަތުރު ފުޅެއް ނިންމަވާލެއްވުމަށް ފަހު ދާދި ދެންމެއަކު(02:30) މާފަރު ބޯޓުން އެބުރި ރަށައް ދުރުވެއްޖެއެވެ.

 ރިޕޯޓް:މަޖޫ

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު ކުރިޔަށް ގެންދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ހުއްޓާލުމަށްފަހު މި އިންތިޚާބު ބާއްވާނޭ ދުވަހެއް އަލުން އިޢުލާންކުރާ ގޮތަށް އެމްޑީޕީން ހަމަޖައްސައިފިއެވެ. އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް ވިދާޅުވީ މިއިންތިޚާބުގެ ވޯޓުލުން ހުއްޓާލީ ދިމާވި ޓެކްނިކަލް މައްސަލައަކާހެދި ވަރަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުންގެ އެދިވަޑައިގެންނެވުމުގެ މަތިން ކަމަށެވެ.
ގިނަ ފަހަރުތަކެއްގެ މަތިން ލަސްވަމުން އައި މިއިންތިޚާބުގެ ވޯޓުލުން އިއްޔެ މެންދުރުފަހު 2 ޖެހި އިރު ފަށައިގެން ވަރަށް ފުރިހަމަޔަށް ކުރިޔަށްދަނިކޮށް، މިއިންތިޚާބުގެ އެސްއެމްއެސް ވޯޓު ފޮނުވާ ޔޫކޭގެ ނަންބަރަށް މެސެޖްތައް ޑެލިވަރ ވުމުގައި މައްސަލަތައް ކުރިމަތިވާން ފެށުމުން، ގިނަ ކެންޑިޑޭޓުންގެ އެދުމުގެ މަތިން އިންތިޚާބު ކެންސަލްކުރި އިރު، ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ގޮސް މިއިންތިޚާބަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ދީފައިވާކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ކެނދިކުޅުދޫ ދާއިރާގެ ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަހުމަދު އީސާއެވެ.ކެނދިކުޅުދޫ ދާއިރާގެ ވޯޓް ގައި ވޯޓްލެވެމުން ދަނީ ނައިބް ރައީސަކަށް އަޅުގަނޑް މަޖުދުއްﷲ އަބުދުރައްޒާގަށާއި ހިންގާ ސެކެރެޓޭރިއެޓަކަށް އަލްފާޞިލް އަހުމަދު ނަޖީހު މ.އ.ލާލް ކ މާލެއަށެވެ.އިންތިހާބްގެ ކުރިން އަހުމަދު އީސާ ހުންނެވީ ދާއިރާގެ ރައީސަކަށް ހޮވި ވަޑައިގެންނެވެ.ނަމަވެސް މި އިންތިހާބް ކާމިޔާބު ކުރުމަށް އަޅުގަނޑް މެންބަރުންގެ %10 ވޯޓް ބޭނުންވެއެވެ.
މިއަދު ހުއްޓާލަން ޖެހުނު އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މާލަސްތަކެއްނުވެ އޮންނާނެ ކަމަށާއި، މި އިންތިޚާބު ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ މާދަމާ އޮންނަ އިންތިޚާބާ ބެހޭ ކޮމިޓީގެ ބައްދަލުވުމަށްފަހު ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި އެސްއެމްއެސްއިން ވޯޓުލުން ކުރިއަށް ގެންދަނީ އެމެރިކާގެ ކުންފުންޏެއްކަމަށްވާ ޕޯލް އެވްރީވެއަރ ކިޔާ ކުންފުންޏަކާއި ގުޅިގެންނެވެ. އަދި މިއިންތިޚާބުގެ ވޯޓުލާ އެސްއެމްއެސް ފޮނުވަން ޖެހެނީ އިނގިރޭސި ވިލާތުގެ ނަންބަރަކަށެވެ.

 ރިޕޯޓް:މަޖޫ
ލަނދޫ ގައި ވާލާއި ކާޅު އުދަގޫ ބޮޑުވަމުން އަންނާތީ ލަންދޫ އޮފީހުން އަޅުގަނޑްގެ(މަޖޫ) ގެ އެދިލެއްވުމުގެ މަތިން  އެމް.އެން.ޑީ.އެފް ކޯސްޓްގާރޑް ހުރަވީ ސިފައިންނާއި ގުޅިގެން ލަންދޫއިން ވާލާއި ކާޅު މަދު ކުރުމުގެ މަސައްކަތް ކޮށްފިއެވެ
މިގޮތުން މިއަދުގެ ހެނދުނު 10 ޖަހާކަށް ހާއިރު މިމަސައްކަތް ވަނީ ފެށިފައެވެ.މި ކަމުގައި ލަންދޫ ރެޑްރޯސް އަލްފާޞިލް އަހުމަދު އަބުދުލް ކަރީމް ދެއްވަމުން އަންނަ އިހުލާސް ތެރި އެއްބާރުލުން ފާހަގަ ކޮށް އެފަރާތަށް ލަންދޫ އޮފީހުގެ ނަމުގައާއި ލަންދޫ ރައްޔިތުންގެ ނަމުގައި މަރުހަބާއާއި ސުކުރު ދަންނަވަމެވެ
ލަންދޫއަކީ ކުރީގައި ވާލާއި ކާޅު ގިނަ ރަށެކެވެ. ނަމަވެސް އެކިފަހަރު މަތިން ހިންގާފައިވާ މިފަދަ ޕްރޮގްރާމް ތަކުގެ ސަބަބުން ވާލާއި ކާޅު މިހާރު ވަނީ ވަރަށް މަދުކުރެވިފައެވެ.އަޅުގަނޑް ވާނީ ކައުންސިލަރ ކަމާއި ހަވާލުވިތާ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ލަންދޫގެ އެހެނިހެން ސަރުކާރުގެ މުއައްސަސާ ތަކާއި ގުޅިގެން ކާޅު މެރުމަށް ބޭސް ވެސް ލާފައެވެ

 ރިޕޯޓް:މަޖޫ
ރައްޔިތުންގެ މަޖިލީހަށް ޤައުމީ ޕާޓީގެ ޓިކެޓުގައި ހޮވިވަޑައިގެންނެވި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލު  އެމްޑީޕީ އަށް ސޮއިކޮށްފިއެވެ.

32 އަހަރުގެ މެންބަރު ވިދާޅުވީ މިއީ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ނެންގެވި ޑީސިޝަނެއް ކަމަށެވެ. އަދި މިކަމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ބިރުދެއްކުމެއް އަދި އެއްވެސް ފަރާތަކާ މައްސަލަޖެހުމެއް ކަމެއް ނެތްކަމަށްވެސް އާދިލް ވިދާޅުވިއެވެ.

" މި ބަދަލުގެ ސަބަބުން ދާއިރާގެ ތަރައްޤީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ. އަޅުގަނޑު ބަދަލުވީ ޤައުމީ ޕާޓީއަށްވެސް މިކަން ދަންނަވައިފަ" އާދިލް ވިދާޅުވިއެވެ. އާދިލު އެމްޑީޕީއަށް ސޮއިކުރެއްވެވީ އިއްޔެ އިރުއޮއްސި6:30 ގައެވެ.

އާދިލް އެމްޑީޕީ އަށް ސޮއިކުރެއްވުމާ އެކު ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ އަދަދު 32 އަށް އެރީ އެވެ.

 އަޅުގަނޑް( ލަންދޫ ސުކޫލުގެ މެތަމަޓިކުސް ޓީޗަރ އަދި ލަންދޫ އެޖަމްއިއްޔާއަކަށް ފަޚުރުވެރިވުން ހައްގު ޖަމްއިއްޔާގެ ހަޒާންދާރު އިބުރާހިމް ފާއިޒް ފުސްފަރު/ލަންދޫ ) ކުރިއަށް އޮތް ރަށު ކައުންސިލް އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ލަންދޫ އަށް ކުރިމަތި ލައިފީމެވެ
އަޅުގަނޑް ރަށު ކައުންސިލަރ ކަމަށް ކުރިމަތި މިލަނީ ވަރަށް ވަރުގަދަ އަޒްމަކާއި އެކު ލަންދޫގެ އެންމެހާ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތި މުސްތަގުބަލަކަށް އަބަދުވެސް އެދެމުންނެވެ.އަޅުގަޑަކީ އިއްޔެވެސް މިއަދުވެސް އަދި މާދަމާވެސް ޖެހޭހާ ވަޔަކަށް ނުވަތަ ހިގާހާ އޮޔަކަށް ދިރިއުޅުމުގައި ދިމާވާ ކަންތައް ތައް އަނބުރާ މީހަކީމެއް ނޫނެވެ އަދި ނަގާހާ ރާޅެއްގެ ހޮޅި ދަށުވެ ވާނެ ގޮތެއް ވިޔަސް ހެޔޮކަމަށް ކަން ކަން ނިންމާނެ މީހަކީމެއްވެސް ނޫނެވެ އަޅުގަނޑު ރަށު ކައުންސިލް އިންތިހާބަށް ލަންދޫގެ ގޮނޑިއަކަށް ކުރިމަތި މިލަނީ މިކަން ކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލް ކުރެވޭތީއެވެ ސަރުކާރާއި އެކުވެގެންވެސް ވާން ޖެހިއްޖެ ހާލެއްގައި އިދިކޮޅު ވެގެންވެސް އަޅުގަނޑް އަބަދުވެސް ބަލާނީ ރައްޔިތުންނައް ފައިދާވާނެ ކަންކަން ކުރެވޭތޯއެވެ.
ގަބޫލު ކުރައްވާށެވެ އަޅުގަނޑު ހަމަ ގައިމުވެސް މިހިރީ ކައުންސިލަރކަން ކުރެވޭ ވަރަށް ކިޔަވައިގެންނެވެ.އަޅުގަނޑު މިވަގުތުވެސް އަދާ ކުރަމުން މިދަނީ އެކަމަށް ހެކިވާވަރުގެ ވަޒީފާއެކެވެ އަޅުގަނޑުގެ އިލްމު އެބަ ހުއްޓެވެ.ކަންކަމުގައި ކެރޭނެއެވެ.އިހުލާސްތެރިވާނަމެވެ.ހިދުމަތް ކުރުމުގައި ދެމިހުންނާނަމެވެ.
އިރާދަ ކުރެއްވިއްޔާ ލަސް ނުވެ އަޅުގަނޑުގެ މެނިފެސްޓޯ އާންމު ކުރާނަމެވެ އަޅުގަނޑަށް ތާއީދު ކުރައްވާ އެންމެ ހާ ފަރާތް ތަކުން މިހާރުގެ ލަންދޫގެ ޒުވާން ހީވާގި ކައުންސިލާރ މަޖުދުއްﷲ އަބުދުރައްޒާގަށްވެސް ވޯޓް ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑް އެދުމެކެވެ.
އަދި ދަންނަވަމެވެ އަޅުގަނޑުގެ ކެމްޕޭން މެނޭޖަރަކު ހަމަޖެއްސުން އަޅުގަނޑު ދޫ މިކޮއްލަނީ އަޅުގަނޑަށް ތާއީދު ކުރައްވާ ފަރާތް ޕުޅު ތަކަށެވެ. މިހާތަނަށް އަޅުގަނޑުގެ ކެމްޕޭން މެނޭޖަރަކަށް ދެ ފަރާތަކުން ވަނީ ނަން ހުށަ އަޅާފައެވެ.އެއީ އަލްފާޞިލް ޔޫސުފް އަބުދުއްރަހީމް (ޔޫއްޓޭ ) އާއި ފަރުހާދު ހުސައިން (ފަރަޑޭސް) އެވެ.މީގެ ތެރެއިން ތި ބޭފުޅުންނަށް އެންމެ ކަމުދާ ފަރާތެއް އަޅުގަނޑުގެ ފޯނަށް އެސް އެމް އެސް ކޮއްލަދެއްވާށެވެ އަޅުގަނޑުގެ ނަމްބަރަކީ9947499

ނ.ލަންދޫ އޮއިވަރު ޙުސެއިން އާދަމް (އަޅުގަޑުގެ ބައްޕަ) އަކީ ނ.ލަންދޫ ހިރުދުގަސްދޮށުގޭ އަލްފާޟިލް އާދަމް ޞާލިޙްއާއި، ހަމައެގޭ އަލްފާޟިލާ ޚަދީޖާ އަލީ ގެ ހަތްދަރިންގެ ތެރެއިން  ދެވަނައަށް ދޮށީ ފިރިހެން ދަރިއެވެ. ޢާއިލާއަށް ނިސްބަތްވާ މިހުރިހާ ކުދިންނަކީ ވެސް މިހާރު ވަކިވަކި ޢާއިލާ ތަކެއްގެ ގޮތުގައި ވަކިންދިރިއުޅެމުންއަންނަ ޒިންމާދާރު ލަންދޫގެ ނިސްބަތުން ރަގަޅު އުޅުންހުރި މީހުންނެވެ.
ޙުސެންދީ (އަޅުގަޑްގެ ބައްޕަ) އަކީ ލަންދޫ މީހުންނަށް އާނަމަކަށް ނުވާނެއެވެ. އެކަމަކު ލަންދޫ މީހުންނޫން އެހެން ބައެއްމީހުންނަށް ބައްޕަ ގެ ވާހަކަ އިވުމުން އެދައްކަނީ  ރާއްޖޭގެ ދެކުނުގެ ރަށެއްގެ މީހެެއްގެ ވާހަކަ ކަމަށް ހީވެދާނެއެވެ. ނޫނެކެވެ. އެހެންނެއްނޫނެވެ. މި ޞަފްޙާގައި މިފަހަރު ގެނެސްދެވޭތޯ މިބަލަނީ ކުރަން ދިމާކުރި ކޮންމެ ކަމެއް ކާމިޔާބު ކަމާއެކީ ކުރަމުން ގެންދާ ލަންދޫ އޮއިވަރު އަލްފާޟިލް ޙުސެން އާދަމް  އާދެ އަޅުގަޑްގެ ބައްޕަ އެވެ. ބައްޕައަށް  ހުސެންދީ ކިޔުނު ގޮތް ބައްޕަގެ އެދުމުގެ މަތިން މިލިޔުމުގައި ބަޔާން ކުރާކަށް ނެތީމެވެ.

ބައްޕަގެ ޙަޔާތުގެ ކުރީކޮޅު ދިޔައީ ވަރަށް ބަނަ ގޮތަކަށެވެ. އެވާހަކަތަކުގެ ތަފްޞީލްވެސް  ބައްޕަގެ އެދުމުގެ މަތިން މިލިޔުމުގައި ނުހިމަނަމެވެ.  ބައްޕަ މީހަކާ އިނުމުގެ ކުރިން އުޅުއްވީ ލަންދޫ ކުރީގެ ކަތީބު އަލްމަރުޙޫމް މޫސާ ޔޫސުފް ( މޫސާކަތީބު ) ގޭގައެވެ. ލަންދޫ ޗަނބޭލީގޭގައެވެ. މީހަކާ އިންނަން ވަންދެން ދިރިއުޅުނީ އެގޭގައެވެ. އުގެނުމުގެ އެއްވެސް ފުޞަތެއް ނުލިބެއެވެ.
ޢަދި މިހާތަނަށް ދެކައިވެނި ކޮށްފައިވާ  ބައްޕައަކީ ކުޑައިރުއްސުރެ ވެސް ޢިލްމް ހޯދުމަށް ޢަޒްމް ކަނޑައަޅައިގެން ފުރުޞަތެއް ލިބިއްޖެނަމަ އެކަަމަކަށް ފައިނެގުމަށް އުންމީދުކޮށްގެންހުރި ތޫނުފިލި ހިތްއަލި މީހެކެވެ. ލަންދޫ މަސްޖިދުލް ބަރަކާތުގެ މަސައްކަތު މީހެއްގެ ވަޒީފާ  ބައްޕައަށް ލިބުނީ މިއުންމީދުގައި ހުއްޓައެވެ.
މާގިނަދުވަސްތަކެއް ނުވެ މުދިމުން ތަމްރީނުކުރުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ބައްޕަ ލިބުނެވެ. މި ފުރުސަތުގައި އަޅުގަނޑުގެ ބައްޕައަށް މި ކޯސް ހޯދައިދިނުމަށް ލަންދޫ ބޮޑް ކަތީބް އަލްފާޞިލް ހަސަން ނަސީރު ކޮއްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް އަޅުގަނޑާއި މުޅި އާއިލާގެ ނަމުގައި އިހުލާސްތެރި ސުކުރެއް ދަންނަވަމެވެ. ބައްޕަ މިކޯހަށް ދުރުވިއިރު މާބޮޑު އެއްޗެއް އެގިނުލައްވާ ކަމަށް ޚުދު  ބައްޕަވެސް އެއްބަސްވެ ލައްވައެވެ. އެހެންނަމަވެސް އަބަދުވެސް މޮޅުމީހަކަށް ވުމުގެ އުންމީދު ގައިހުރި  ބައްޕަ މުދިންކަމުގެ ކޯސް ނިންމާލީ ވަރަށް ކާމިޔާބު ކަމާއެކީގައެވެ. ރެޔާދުވާލު ނުނިދާ ހޭލާއިނދެގެން ކޯހުގައި ފިލާވަޅުދަސްކުރުމުގެ ސަބަބުން ލޮލުގެ ހާލަތުވެސް މިހާރުވަރަށް ދެރަކަމަށް ބައްޕަ ބުނެއެވެ.އަދި މިހާރު ބައްޕަ އަބަދުވެސް އުޅޭނީ ލޮލުގައި ރިއްސާތީއެވެ.
ތެދުއި ވަޑާމުގެ އިތުރުން ކިއްސަރު ވަޑާމުގައި ވެސް ލަންދޫގެ އެއްވަނަ އަށް ވާދަކުރާ އަޅުގަނޑްގެ ބައްޕަ އަކީ ލަންދޫ ގައި މިވަގުތު ތިބި ހުކުރު ކުރުމުގެ ސަނަދާއި، އެކަމުގެ ހުއްދަ އޮތް ފަސް މީހުންގެ ތެރެއިން އެކަކެވެ. ތަޖްވީދުމަޤުން ރީތި ރާގު ރާގަށް ޤުރުއާން ކިޔެވުމާއި، މިސްކިތުގައި ދަރިވަރުންނަށް ޤުރުއާން ދަސްކޮށްދިނުމަކީ މުދިމް ކަމުގެ ކޯސް ހެއްދެވީއްސުރެ މިއަދާހަމައަށް ވެސް މެދުކެޑުމެއް ނެތި  ބައްޕަ ކުރަމުން އަންނަ ކަމެކެވެ. އެއްވެސް މާއްދީ އެދުމެއް ނެތި ދީނަށާއި، ޢާއްމު މުޖުތަމަޢު އަށް ހެޔޮ ކަމެއް ކޮށްދިނުމުގެ ގޮތުން ދެމުން އަންނަ ޢާއްމު ޚިދުމަތެއް ގޮތުގައެވެ.
ފިރިހެން ދަރިއަކާއި، އަންހެން ދެދަރިންގެ ބައްޕަ  އަކީ ބޮޑުބެރު ލަވަކިޔުމާއި، ދިގުދަނޑިޖެހުމުގައިވެސް ލަންދޫގެ އެއްވަނައޭ ބުނުމުން މިކަމާއި އެއްބަސް ނުވާނެ މީހަކު ހުންނާނެއެކޭ ނުދެންނެވޭނެއެވެ.  ބައްޕަ އަމިއްލަ އަށް ލަވަހައްދަވައިގެންވެސް ބޮޑުބެރު ލަވަ އާއި، އެހެނިހެން ލަވަތައް ޢާއްމުންނަށް ނެރެދެއްވާފައި ވެއެވެ. އަދި އެކި އެކި މުނާސަބަތު ތަކާއި، ގުޅުވައިގެން ވެސް ތަފާތުލަވަތައް ހައްދަވާ އުޅުއްވައެވެ.
އަމިއްލަ ގޭގައި އޮޑިފަހަރު ބަނުމުގެ މަސައްކަތް ކޮށް އެމަސައްކަތަކީވެސް އަމިއްލަ ވިސްނުމުން ކުރެވިދާނެ މަސައްކަތެއްކަން ހާމަކޮށްދިނުމުގެ ގޮތުން މިހާތަނަށް ބޮއްކުރައަކާއި، ވަދުދޯންޏެއް އަމިއްލައަށް ބަނދެ ބާލާފައިވާ އަޅުގަނޑުގެ ބައްޕަ އަކީ މިހާރު ލަންދޫގައި ހުރި އެންމެ އިސް އިމާމެވެ.
ލަންދޫ ހުކުރު މިސްކިތުގެ މުދިމްކަން ކުރަމުން އަންނަ އަޅުގަނޑުގެ ބައްޕަ ފާހަގަ ނުކުރެވޭ ހަމަ އެއްވެސް ރޮގެއް ނެތޭ ދެންނެވިދާނެއެވެ. އެއްވެސް މަސައްކަތެއް އެއްވެސް މީހަކު އަދި މިހާތަނަށް ދަސްކޮށްދީ ފައިނުވާ ، އަޅުގަނޑުގެ ބައްޕަ ވަނީ އަތުމަސަކަތާއި، އަތްތެރި މަސައްކަތުގައިވެސް އެފަދަ ދެވަނައެއް ނެތްކަން ސާބިތު ކޮށްދިނުމުގެ ގޮތުން ލަކުޑިން ފާޑުފާޑުގެ ތަފާތު އާސާރީ ގޮތުން  ފާހަގަ ކުރާ ތަކެތި ހަދާ ޓޫރިސްޓުންނަށް ހަދިޔާ އަށް ދޭނެ ތަފާތު އާލަތްވެސް ތައްޔާރުކޮށް އެތަކެތި މާކެޓަށް ވެސް ނެރެފައެވެ. އެގޮތުން ދާދި ފަހަކުން ލަންދޫޒުވާނުން ބައިވެރިވި ފުޓްބޯޅަ މުބާރާތެއްގައި ހަނދާނީ ސުވެނިއަރ އަކަށް އަޅުގަނޑުގެ ބައްޕަ ތައްޔާރު ކޮށްދިން ކުއްޅަވައް ފާހަގަ ކޮށްލަމެވެ.
މިހުރިހާ ކާމިޔާބީތަކަކާއި އެކު މިހާރުވެސް ދިރިއުޅުމުގައި އަޅުގަނޑުގެ ބައްޕަ އާއި އެއްޢުމުރުގެ ލަންދޫގެ މީހުންނަށް ނަމޫނާ ދައްކަމުން އަންނަ އިރު އަޅުގަނޑުގެ ބައްޕަ ޙަޔާތުގައި ، ދެކެން ބޭނުންވާ ދުވަހަކީ މުޅި މިދިވެހިރާއްޖޭގައި އުފެދިފައިމިވާ އެކިއެކި ބައިބައިވުންތަކާއި، ހިންގަމުން މިދާ މާރާމާރީ ތަކާއި، އެކި ނޭދެވޭ ޖަރީމާތައް މުޅިން ހުއްޓި މިދިވެހި ލޮބުވެތި ވަޠަނަކީ އެންމެންނަށް އަމާން އޮމާން ކަމާއި އެކު އެއްވެސް ބިރެއް ޖެހިލުމެއްނެތި ދިރިއުޅެވޭނޭ ތަނަކަށް ވެގެން ދިޔުމެވެ.މާތްﷲ އަޅުގަނޑުގެ ބައްޕައަށާއި އާއިލާއަށް އުފާފާގަތި ކަމާއި ކާމިޔާބް މިންވަރުކުރައްވާށ.ި.އާމީން

ފުވައްމުލަކު ސުކޫލް ބޯޑްގެ ވަރަށް ހާއްސަ ބައްދަލްވުމެއް ފުވައްމުލަކުގައި ކުރިއަށް އެބަދެއެވެ.އިއްޔެއިން ފެށިގެން 02 ދުވަހުގެ ނިޔަލަށް ކުރިއަށް ދާ މި ބައްދަލްވުމުގައި ރާއްޖޭގެ އެކި ކަންކުޅުތަކުން ތިން ސުކޫލެއްގެ އިސްވެރިން ބައިވެރިވެފަވާއިރު މީގެތެރެއިން އެއްބޭފުޅަކީ ލަންދޫ ސުކޫލްގެ ހިންގުންތެރި ވެރިޔާ އަދި ސުކޫލްގެ ހެޑް އަލްފާޞިލް މުހައްމަދު އިބްރާހިމެވެ.މި ބައްދަލްވުމަކީ ފުވައްމުލަކު ސުކޫލުގެ  ބޯޑްން މިއަންނަ އަހަރަށް ރޭވޭ ހަރަކާތްތައް ފުވައްމުލަކު ސުކޫލާއި ހިއްސާ ކުރުމަށް ސުކޫލުގެ ބޯޑުން އިންތިޒާމް ކޮއްގެން ގެންދާ ބައްދަލްވުމުކެވެ.މި ބައްދަލްވުމުގައި މުހައްމަދު އިބްރާހިމް ބައިވެރިވަނީ އެޑިއުކޭސަން މިނިސްޓްރީގެ ދައުވަތަކަށެވެ

ފުވައްމުލަކު ސުކޫލް ބޯޑްގެ ރައީސް އަލްފާޞިލް މުހައްމަދު އަލިދީދީ ފަށްޓަވައި ދެއްވި މި ބައްދަލުވުމުގައި، ތިން ސުކޫލުގެ އިސްވެރިން ބައިވެރިވިނަމަވެސް މި ބައްދަލް ވުމުގައި އަދި ބޮޑަށް ވާހަކަ ދެކެވެމުން ދަނީ ފުވައްމުލަކު ސުކޫލްގެ ހިންގުން ހަރުދަނާ ކުރުމާ ބެހޭގޮތުން ކަން ފާހަގަ ކުރަމެވެ..

ލިޔުނީ: މަޖޫ .... ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ސަރުކާރު ހިންގާ އެމްޑީޕީ ވެއްޖެއެވެ. މިއަދު އިލެކްޝަންސް ކޮމިޝަނުން ނެރުނު ތަފާސް ހިސާބުތަކުގައިވާ ގޮތުން އެމްޑީޕީގައި މިހާރު ޖުމްލަ 40.919 މެންބަރުން އެބަތިއްބެވިއެވެ.

ދެވަނައަށް އެންމެ ގިނަ މެންބަރުން ތިއްބެވިކަމަށް ދައްކަނީ އިދިކޮޅު ޑީއާރުޕީ ގައެވެ. އެޕާޓީގެ ރަޖިސްޓްރީގައި މިއަދާއި ހަމައަށް 38.494 މެންބަރުން ތިބިއިރު ތިންވަނައަށް ދަނީ އަދާލަތު ޕާޓީއެވެ. އެޕާޓީގައި ތިއްބެވީ 6.022 މެންބަރުންނެވެ. 

ޖުމްހޫރީ ޕާޓީގައި 5.529 މެންބަރުން ހަމަވެގެން އެޕާޓީ ވެފައިވަނީ ހަތަރު ވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަށެވެ. ނައިބް ރައީސް އިސްވެހުންނަވައިގެން ހިންގަވަމުން އަންނަ ޤައުމީ އިއްތިހާދު ގަދަ ފަހެއްގެ ތެރެއަށް ވަދެފައިވަނީ 3.230 މެންބަރުންނާއެކު އެވެ.

އިލެކްޝަން ކޮމިޝަންގެ ތަފާސް ހިސާބު ދައްކާ ގޮތުން ޕީއޭގައި މިވަގުތު ތިއްބެވީ 2.932 މެންބަރުންނެވެ. ދިވެހި ދިވެހި ޤައުމީ ޕާޓީގައި 2.929 މެންބަރުން ތިއްބެވިއިރު އެމްއެސްޑީޕީ ގައި 2.446 މެންބަރުން އެބަތިއްބެވިއެވެ. ހަމަމިއާއިއެކު،ޕީޕަލްސް ޕާޓީގައި 2.256 މެންބަރުންނާއި އެމްއެންސީ ގައި 19.00 މެންބަރުންނާއި އެމްއެލްޕީގައި 1.194 މެންބަރުން ތިއްބެވިއިރު އެންމެ މެންބަރުން މަދު ސިޔާސީ ޕާޓީއަކަށް ވެފައިވަނީ އިބްރާހިމް އިސްމާޢީލް (އިބްރާ) އިސްވެހުންނަވައިގެން އުފައްދަވާފައިވާ އެސްއެލްޕީ އެވެ. އެޕާޓީގެ ދަފްތަރުގައި މިވަތު ތިއްބެވީ 838 މެންބަރުންނެވެ.

ބަހާދަރު ބޯޓުގައި ހުރި މުދާތައް ބޭލުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދެއެވެ. ކުޅުދުއްފުށީގެ ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކާ ކުޅުދުއްފުށީ ސިފައިންގެ އިތުރުން ޕޮލިހުންވެސް ދަނީ މިމަސައްކަތުގައި ބައިވެރިވަމުންނެވެ. އެހެންނަމަވެސް މިހާރުވެސް ކުޅުދުއްފުށްޓަށް ވާރޭ ވެހެމުންދާތީ މިމަސައްކަތް އެންމެ އެދެވޭ ގޮތުގައި ނުކުރެވޭ ކަމަށް ކުޅުދުއްފުށީން މައުލޫމާތު ލިބެއެވެ.
ދާދި ދެންމެއަކު މި ބްލޮގަށް ދެއްވި އެކުސްކުލޫސިވް އިންޓަވިޔު އެއްގައި ކުޅުދުއްފުށީ ބަހާދަރު ބޯޓުގެ ވެރިފަރާތް މުހައްމަދު ޒުހައިރު ވިދާޅުވީ، ބޯޓުގައި ހުރި މަދަލުގެ 70 ޕަސެންޓް އެއީ ވެރިފަރާތުގެ މުދާކަމަށާއި ބާކީ ހުރި 30 ޕަސެންޓް މުދަލަކީ އަމިއްލަ ފަރާތްތަކުގެ މުދާ ކަމަށެވެ. އަދި ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވެނީ 10 ޕަސެންޓްގެ މުދާ ކަމަށެވެ.
ބޯޓުގެ ވެރިފަރާތުން ވިދާޅުވެފައިވަނީ، ބޯޓު ނެރުމައްޗަށް އެރީ ކެޕްޓަންގެ ފަރުވާކުޑަކަމުން ކަމަށް ގަބޫލު ނުކުރާކަމަށާއި މައްސަލައަކީ ކުޅުދުއްފުށީގެ ނެރު ކަމަށެވެ. އަދި އެ ވަގުތަކީ އާދަޔާ ހިލާފަށް ކަނޑު ގަދަ ވަގުތެއް ނޫންކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ.
(09:15)
ބަހާދަރު ބޯޓު ގެ އަޑިން ގާތްގަނޑަކަށް ހަތަރު އިންޗީގެ ފަސް ބާގަނޑެއް ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހާރު އެބާގަނޑުތައް ބެއްދުމުގެ މަސައްކަތް ސިފައިން ކުރަމުން އެބަގެންދެއެވެ.
މިހާދިސާގައި ބޯޓަށް ލިބުނު ގެއްލުންތައް ބެލުމަށްޓަކައި އަލިދޫ ރިސޯޓުގެ ޑައިވިންގް ސާމާނު ކުޅުދުއްފުށްޓައް ގެނައުމުގެ މަސައްކަތް ކުޅުދުއްފުށީގައި ތިއްބަވާ ސިފައިން ގެންދަނީ ކުރަމުންނެވެ.
(08:15)
ބޯޓު ނެރުމައްޗަށް އަރާ އަޑިއަށްދިޔުމާއި ގުޅިގެން އޭގައިހުރި ބައެއް މުދާތައް ހަލާކުވެފައިވާކަމަށާއި، ކުޅުދުއްފުއްޓަށް މިހާރުވެސް ވާރޭ ވެހެމުންދާތީ ބާލަމުންދާ ބައެއް މުދާތައްވެސް ހަލާކުވަމުންދާކަމަށް އެމްއެންޑީއެފްގެ ނޮދަން އޭރިއާއިން މައުލޫމާތު ދެއެވެ..
(08:00)
ކުޅުދުއްފުށީ ބަހާދަރު ބޯޓު ކުޅުދުއްފުށީ ހުޅަނގު ފަރާތު ނެރުމައްޗަށް އަރައި އަޑިއަށް ދާން ފަށައިފިއެވެ.  އިއްޔެ ހަވީރު މާލެއިން ފުރާއިގެން މީހުންނާއި ގިނަ އަދަދެއްގެ މުދަލާއެކު އައި ބަހާދަރު ބޯޓު ނެރުމައްޗަށް އަރާފައިވަނީ، ކުޅުދުއްފުށީގައި އަލަށް ހެދުނު ލޯކަލް ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ. މިކަމުގެ ސަބަބުން ބޯޓަށް ބޮޑެތި ގެއްލުން ލިބި، ބޯޓުގެ ދިރުނބާ ކޮޅު މިހާރު ވަނީ އަޑިއަށް ގޮސްފައެވެ. އަދި ބޯޓުގައި ތިބި ބައެއް މީހުންނަށް ކޮންމެވެސް ވަރަކަށް އަނިޔާ ވެފައިވާކަމަށް ހަބަރު ލިބެމުން އެބަދެއެވެ.
ބޯޓުގައި ހުރިމުދަލާއި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ޕޮލިސް ގުޅިގެން ކުރިޔަށް އެބަގެންދެއެވެ. މިކަމުގައި މަގުހަދާ ޔުނިޓުގެ އެކްސްކަވޭޓަރާއި ބަނދަރުގެ ކްރޭން ދަނީ ބޭނުން ކުރެވެމުންނެވެ.

މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލަރު އާދަމް ފާއިޒް، އެމްއެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ވެލިދޫ ޑީއާރުޕީ ގޮފީގެ ރައީސް  މުހައްމަދު އައްބާސްގެ އަބުރަށް ހުތުރުވާގޮތަށް ވާހަކަފުޅުދައްކަވާފައިވާކަމަށްބުނެ، އޭނާއާއި ދެކޮޅަށް އަބުރުގެ ދައުވާކުރަން ނިންމާފައިވާކަމަށް މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ނ. ވެލިދޫ ޑީއާރުޕީ ގޮފީގެ ރައީސް މުހައްމަދު އައްބާސް މިއަދު ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ހުސްވި ސެޕްޓެމްބަރ 8 ވަނަދުވަހު ބަނގުރާފުޅިތަކަކާއިއެކު، ވެލިދޫ ޑީއާރުޕީ ގޮފީގެ ރައީސް ފުލުހުން ހައްޔަރުކޮށްފިކަމަށްވިދާޅުވެ، ދައުލަތުގެ މީޑިޔާ ބޭނުންކުރައްވައިގެން ކައުންސިލަރު އާދަމް ފާއިޒް ރައްޔިތުންނަށް ދޮގު މައުލޫމާތު ފޯރުކޮށްދެއްވާފައިވާތީ، އޭނާއާއި ދެކޮޅަށް އަބުރުގެ ދައުވާކުރަން މިހާރު ނިންމާފައިވާކަމަށެވެ.
އަދި މިފަދަ ވާހަކަތަކެއް ދެއްކެވީ އޭނާގެ އަގުވައްޓާލުމުގެ ގޮތުންކަމަށާއި، މިއީ  ސަރުކާރާއި އެމް.ޑީ.ޕީ އަށް ނިސްބަތްވާ އެކި ފަރާތްތަކުގެ ހީލަތްތެރި ރޭވުމަކުން ހިންގި ފިނޑި އަމަލެއްކަމަށް މުހައްމަދު ވިދާޅުވިއެވެ.
މީގެއިތުރުން މިއީ ކުރިއަށް އޮތް ލޯކަލްކައުންސިލްގެ އިންތިޚާބު ޑީއާރުޕީން ކާމިޔާބުކުރާނެކަމުގެ ޔަގީންކަން އެމްޑީޕީއަށް ލިބިފައިވާތީ، ވެލިދޫ ޑީއާރުޕީ ގޮތްޕަށް ގޮންޖެހުމުގެ ގޮތުން ހިންގި އަމަލެއްކަމަށް މުހައްމަދު ވިދާޅުވިއެވެ.
އަދި މިމައްސަލައިގައި އޭނާ ފުލުހުންގެ ބެލުމުގެދަށުގައި 9 ގަޑިއިރު، އިންނަވަން ޖެހުނުކަމަށާއި، އޭގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުންވެފައިވާތީ، އާދަމް ފާއިޒްއާއި ދެކޮޅަށް އަބުރުގެ ދައުވާކުރުމަށް ނިންމާ، މައްސަލަ ވަރަށް އަވަހަށް ކޯޓަށް ހުށަހަޅާނެކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ.
އެމްއެންބީސީއަށް ވެލިދޫކައުންސިލަރު އާދަމް ފާއިޒް ދެއްވި ބަސްދީގަތުމާއި ގުޅިގެން ވެލިދޫ ޑީއާރުޕީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ  ޤާނޫނު އަސާސީއައި ޚިލާފަށް ސަރުކާރުން ހިޞާރުކޮށްގެން އެމް.އެން.ބީ.ސީ އިން ހިންގަމުންދާ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވެލިދޫ ކައުންސިލަރު ޢާދަމް ފާއިޒް ދިން ބަސްދީގަތުމެއްގައި ރާފުޅިތަކަކާއެކުޑީއާރުޕީ ވެލިދޫ ގޮފީގެ ރައީސް މުޙައްމަދު ޢައްބާސް ވަނީ ހައްޔަރުކުރެވިފައި” ކަމަށް ބުނެ، ދިވެހި ރައްޔިތުންގެ ކުރިމަތީގައި މުޙައްމަދު ޢައްބާސްގެ އަގު ވައްޓާލަން މަސައްކަތްކޮށް، އޭނާގެ އަބުރަށް އަރައިގެން މައްސަލައިގައި މި ޢާދަމް ފާއިޒްގެ މައްޗަށް ދައުވާކުރުމަށް ޑީ.ރާ.ޕީ ވެލިދޫ ގޮފިން މިގެންދަނީ ޤާނޫނީ މާހިރުންގެ ލަފާ ހޯދަމުންދާކަމަށެވެ.

ނ. ލަންދޫ ހިތްފަސޭހަގޭ ޝިފާޢު އިސްމާޢީލްގެ މަރުގެ މައްސަލާގައި ދައުލަތުން ދަޢުވާކުރި މާލޭ / ގ. މަސްއޮޑިގެ އިޙްސާނުއްދީން ރަޝީދުއާއި، ގއ. ވިލިގިލި / ވަސްމީރުމާގެ މުޙައްމަދު ވަސީމާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު (4126) މުސްތަފާ މުސާއި މިތިންމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ޖިނާއީ ކޯޓުން ޙުކުމްކޮށްފިއެވެ.


ްއޭޕްރީލް 4  2010 ދުވަހުގެރޭ ދަށްވަރު މިތިންމީހުން ނ. ލަންދޫ ހިތްފަސޭހަގެ ޝިފާޢު އިސްމާޢީލްގެ ފަހަތުން ދުވެފައިގޮސް ޝިފާޢު އިސްމާޢީލް ގ. ގަލޮޅުއާގެ ތިންވަނަ ބުރިއަށް އެރުމުން މިތިން މީހުންގޮސް އެގޭ ތިންވަނަ ބުރިއަށް އަރައި ޝިފާޢު އިސްމާޢީލްގެ ގައިގައި ތަޅާ އަނިޔާކުރުމުގެ ސަބަބުން. ޝިފާޢު އިސްމާއީލް ނިޔާވެފައިވާތީ، އިޙްސާނުއްދީން ރަޝީދުއާއި، މުޙައްމަދު ވަސީމްއާއި މުޞްތަފާ މޫސާގެ މައްޗަށް ދައުލަތުން ކުރެއްވި ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއަށް މިތިންމީހުން އިންކާރުކޮށްފައިވާތީއާއި، މިތިންމީހުން އެފަދަ ޢަމަލެއް ހިންގިކަން ޘާބިތުވާވަރުގެ ހެކި ލިބިފައިނުވާތީ ދައުލަތުން މިތިންމީހުންގެ މައްޗަށް ކުރެއްވި ދަޢުވާ ސާބިތު ނުވާކަމަށް މިމައްސަލާގެ ޙުކުމްކުރައްވަމުން ޤާޟީ ވިދާޅުވެފައިވެއެވެ.

މިމައްސަލަ ޘާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ތިން ހެކިންގެ ތެރެއިން އެކަކު ޝަރީޢަތުގައި ބުނެފައިވަނީ މިމައްސަލާއާއި ގުޅިގެން ޙާދިސާ ހިނގިތާ ތިންމަސްފަހުން އޭނާ ފުލުސް އޮފީހަށް ގެންގޮސް ސުވާލުކޮށް ހަދާފައިވާކަމަށާއި. އެކުއްކާ ގައިގައި ބަޔަކު ތެޅިކަން ވަރަށް ދުރުން އޭނާއަށް ފެނިފައިވާކަމަށާއި ނަމަވެސް. ތެޅީ ކޮން ބައެއް ކަމެއް އޭނާއަށް ނޭނގޭކަމަށާއި، އެކިބަސްދޭން މިތަނަށް މިތެދުވީﷲ ގަންދީ ހުވާކޮށްފައި ކަމަށާއި އޭނާއަށް ނޭނގޭކަމެއްގެ ވާހަކަ ނުބުނެވޭނެކަމަށާއި، ޝަރީޢަތުގައި މިތިބި ތިންމީހުންގެ ތެރޭގައި ޝިފާއު އިސްމާއީލުގެ ގައިގައި ތަޅާ އަނިޔާކުރި މީހަކު އިންކަން އޭނާއަށް ނޭނގޭކަމަށާއި އެރޭ އެތަނުން ފެނުނު މީހުން ވަކިނުވާ ވާހަކަ އެދުވަހުވެސް ބުނެފައިވާނެކަމަށެވެ.

ހެކިންގެތެރެއިން ޙާޟިރުކުރެވުނު ދެވަނަ މީހާ މިމައްސަލާގައި ހެކިބަސްދެމުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ ޝިފާޢު އިސްމާއިލްގެ ގައިގައި ބަޔަކު ތެޅިކަން އެނާއަށް ފެނިފައިވާކަމަށާއި، ނަމަވެސް ތެޅީ ކޮންބައެއް ކަމެއް އޭނާއަށް ނޭނގޭކަމަށާއި ޝިފާޢު އިސްމާޢިލްގެ ފަހަތުން ދެމީހަކު ނުވަތަ ތިންމީހަކު މައްޗަށް އެރިކަމަށާއި އެއީ ކޮންބައެއް ކަމެއް ނޭނގޭކަމަށާއި، ތަޙްޤީޤް ބަޔާނުގައި އެއީ ކޮންބައެއްކަން ބުނެފައިވާ ސަބަބަކީ ތަޙްޤީޤްކުރި ފަރާތުން ފޮޓޯއެއް ދައްކާފައި މިއީ އިޙްޞާންއޭ މިއީ މުޞްތަފާއޭ ބުނެފައިވާކަމަށާއި އޭރު އެއީ ކޮންބައެއް ކަމެއް އެއްގޮތަކަށްވެސް ނޭނގޭކަމަށާއި އަދި މިހާރުވެސް އެއީ އިޙްޞާންކަމެއް މުޞްތަފާކަމެއް ކަނޑައެޅިގެން ބުނަން ނޭގޭކަމަށެވެ


2011 ވަނަ އަހަރު މުޅި ރާއްޖޭގައި ބޭއްވޭ ކައުންސިލް އިންތިހާބަށް އަޅުގަނޑް ކުރިމަތިލައިފީމެވެ.
ލަންދޫގެ ލޮބްވެތި ރައްޔިތުންނޭވެ.އަޅުގަނޑަކީ މިރަށު ކުރީގެ ބޮޑްކަތީބް އަލްމަރުހޫމް އަބަދުއްރައްޒާގު މޫސާގެ ދަރިފުޅު މަޖުދުއްﷲ އަބުދުރައްޒާގެވެ.ކުރުކޮއް ފޮނިކޮން ބުނާނަމަ މިއަދުވެސް ލަންދޫގެ ކައުންސިލަރ ކަން ހިތްވަރާއެކު ކުރަމުން މިގެންދަނީ އަޅުގަނޑެވެ.ވަރަށް ސާބިތު ކަމާއި ކަމަށް ކަމޭ ހިތުމާއި އެކު ގިނަ އަދަދެއްގެ ރައްޔިތުންގެ ތާއީދާވެސް އެކުއެވެ.މާދަމާވެސް އަޅުގަނޑް ހުންނަން ބޭނުންވަނީ ހަމަ މިގޮތުގައެވެ.ދުވަހަކުވެސް ރައްޔިތަކަށް ދެރައެއް ނުދޭނަމެވެ.މީހަކަށް ހައްގުނޫން މަންފާއެއް ހޯދައެއް ނުދޭނަމެވެ.އެއްބަޑަސް ތިމާގެޔަސް އަދި އެއީ މުޅިން އެހެންކަމެކެވެ.އެއީ އަޅުގަނޑްގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރެއިން ފެންނާނެ ކަމެއް ނޫނެވެ.ފާއިތުވެ މި ދާ 08 މަހުގެ ދިގު ދުވަސް ތަކުގައި އަޅުގަނޑް ވާނީ އިހުލާސް ތެރި ކަމާއި އެކު އެކަން ކަން ރައްޔިތުންނަށް ސާބިތު ކޮއްދީފައެވެ.އަޅުގަނޑާމެދު ހިތް ހަމަ ނުޖެހިގެން ނުވަތަ އަޅުގަނޑްގެ މަސައްކަތްތައް ހަޖަމް ނުކުރެވިގެން ރަށު އޮފީސް ދޮށަށް ބަޔަކު އެއްވެ މުޒާހަރާ ކުރި ދުވަހު އަޅުގަނޑް މީ ކޮންކަހަލަ މީހެއްކަން ބަޔަކަށް ނޭންގުނަސް ހުދު އެތަނަށް އެއްވި ގިނަ މީހުންނަށް ވަރަށް ރަގަޅަށް ވާނީ އެނގިފައެވެ.އިރާދަކުރެއްވިއްޔާ އެމީހުން ދުވަހަކުވެސް އަޅުގަޑާމެދު ނުނިޔަތެއް ނުލާނެ ވަރަށް މިހާރު ހުންނާނީ އަޅުގަނޑްގެ އިހުލާސް ތެރިކަން އެމީހުންނަށް ފެނިފައެވެ.
ލަންދޫގެ ލޮބުވެތި އަދި އިހުލާސްތެރި ރައްޔިތުންނޭވެ.އަޅުގަނޑް ވާނީ މި ރަށުގައި ބޮއްސުންލާފަ އޮތް ވަލުގެ ކަންތައްވެސް ތާރީހުގައި ދުވަހަކުވެސް ކޮންޓްރޯލް ނުވާ ވަރަށް ކޮންޓްރޯލް ކޮއްފައެވެ.އެކަމަށް ރައްޔިތު އަންހެނުން ބޭނުންވި އެންމެ ރަގަޅު ގޮތް މިއަދުވެސް މިއަންނަނީ ތަންފީޒް ވަމުންނެވެ.
އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑް ރާވާ ވިލަރެސް ކުރަމުން އައި އެންމެ ބޮޑް އެއް މަސްރޫއުކަމަށްވާ ލަންދޫއިން ގޯތިދޫކުރުމުގެ މަސައްކަތް މިއަންނަ ހަފްތާތެރޭ މުޅިން ނިންމާލެވޭނެއެވެ.މާނައަކީ ގޯތިއެއްކޮއް ދޫކުރެވޭނެއެވެ.
އަޅުގަނޑް މިމަސައްކަތަޢް ނިކުންނައިރު އަޅުގަނޑްގެ ޓީމް ވަރަށް ޒުވާން ވާނެއެވެ.ކަމަށް ވަރަށް ގާބިލް ވާނެއެވެ.ކަމުގެ ހުނަރު ހުންނާނެއެވެ.ކެރޭނެއެވެ.މިގޮތުން އަޅުގަނޑާއެކު މަސައްކަތް ކުރާނީ ލަންދޫ އޮފީހުގެ ބާނީ އަދި ހިންގުންތެރި ސެކެރެޓަރީ އަދި ހަމަ އެހެންމެ ލަންދޫ ލިޔެސް ޖަމްއިއްޔާގެ ނައިބް ރައީސް އަލްފާޞިލް ސަލީމް ހުސައިން(މެއްޑޯ) އާއި ލަންދޫ ސުކޫލުގެ ހެޑް މުހައްމަދު އިބުރާހިމާއި ލަންދޫ ސުކޫލުގެ ކުރީގެ ވެރިން މިހާރުވެސް އެންމެ ޖެހިލުންވާ އިބްރާހިމް ފާއިޒް (ސޮޕަޓޭ) އެވެ.މިކަމުގައި މިހާތަނަށް މި ތިން ބޭފުޅުން ކޮއްދެއްވި އަދި މިހާރުވެސް ކޮއްދެމުންދާ އިހުލާސްތެރި މަސައްކަތަށްޓަކާ ވަރަށް އިހުލާސްތެރި ސުކުރެއް މިތިން ބޭފުޅުންނަށް ވަކިވަކިން އަޅުގަނޑް ދަންނަވަމެވެ.އިރާދަކުރެއްވިއްޔާ ކުރި މަގުގައި އަޅުގަނޑާ މިނޫންވެސް ބޭފުޅުން ގުޅި އަޅުގަނޑްގެ ކެމްޕޭން ފުޅާވެގެން ދާނެއެވެ.އިތުރުބައިތަކަށް އިންތިޒާރުކޮއްލައްވާ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ބާއްވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އިދާރީ ގޮތުން އެއްރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން ގަސްތުކުރައްވާ ރަށްތަކުގެ ލިސްޓް ހާމަކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ބާއްވަންޖެހޭ ލޯކަލް ކައުންސިލްގެ އިންތިޚާބަށްޓަކައި މިހާރު ކުރެވެމުންދާ މަސައްކަތަކީ ރަށްތައް ކަނޑައެޅުމެވެ. މިއިންތިޚާބު ބޭއްވުމަށްޓަކައި ރަށްތައް ކަނޑައަޅާނީ އިދާރީ ގޮތުން ގުޅާލާ ރަށްތަކަކީ ކޮބައިތޯ ބެލުމަށްފަހުއެވެ. އެރަށްތައް ކަނޑައަޅާނީ ރައްޔިތުންގެ ވޯޓަކުން ކަމަށްވާއިރު ސަރުކާރުންވަނީ އިދާރީ ގޮތުން އެއްރަށެއްގެ ގޮތުގައި ހަމަޖައްސަން ބޭނުންވާ ރަށްތަކުގެ ލިސްޓެއް ހާމަކުރައްވާފައެވެ.
އެގޮތުން މި  އަތޮޅުން އެއްކޮށްލުމަށް 11 ރަށެއް ސަރުކާރުންވަނީ ކަނޑައަޅާފައެވެ. އެއީ 2 ރަށް އެއްރަށެއްގެ ގޮތުގައި އެއްކޮށްލުމަށް  ކަނޑައެޅި 8 ރަށާއި، 3 ރަށް އެއްރަށެއްގެ ގޮތުގައި އެއްކޮށްލުމަށް ކަނޑައެޅި 3 ރަށެވެ.
2 ރަށް ދެރަށުގެ ގޮތުގައި އެއްކޮށްލުމަށް ކަނޑައަޅާފައިވާ ރަށް ތަކަކީ
* ކެނދިކުޅުދޫ އާއި ހެނބަދޫ،
* މާޅެންދޫ އާއި ކުޑަފަރީ،
* މާފަރާއި ލަންދޫ
* ހޮޅުދޫއާއި ފޮއްދޫ އެވެ.
3 ރަށް އެއްކޮށްލުމަށް ނިންމަވާފައިވަނީ މަނަދޫ، ޅޮހި އަދި މަގޫދޫއެވެ.
މީގެ އިތުރުން މި އަތޮޅުގެ އެހެން ރަށްތަކަކީ މިހާރުވެސް ހިންގަވަމުން އެގެންދާ އުޞޫލުން އެއްރަށެއްގެގޮތުގައި ހިންގުމަށް ގަސްތުކުރައްވާފާވާ ރަށްރަށް ކަމަށްބެލެވެއެވެ.
ސަރުކާރުން މިގޮތަށް ގަސްތުކުރެއްވި ނަމަވެސް މިކަމުގައި އެންމެފަހުބަސް ކިޔާނީ ރައްޔިތުންކަމަށާއި ރައްޔިތުން ރުހޭގޮތެއްގެ މަތިންނޫނީ މިކަން ކުރިއަށް ނުގެންދަވާނެކަމަށް އިދިކޮޅު ޕާޓީ ތަކުން ދަނީ ބުނަމުންނެވެ.

   ވަގުތީ ޓީޗަރެއްގެ ގޮތުގައި  2001 ވަނަ އަހަރު ގުޅުނު މިހާރުގެ ލަންދޫ ސުކޫލްގެ ޕްރިންސިޕަލް އަލްފާޞިލް މުހައްމަދު އިބްރާހިމާއި އެއްވެސް ސަރުތަކާ ނުލައި 2011 ވަނަ އަހަރަށް ލަންދޫ ސުކޫލް ހިންގެވުން 19 ސެޕްޓެމަބަރ 2010 ވީ އާދިއްތަ ދުވަހު (އިއްޔެ) ހަވާލް ކޮއްފިއެވެ.ލަންދޫއަށް ހާއްސަކޮށް ލަންދޫ ސުކޫލްގެ ދަރިވަރުންނަށް މި ލިބުނީ އަނެއްކާވެސް ހިންހަމަ ޖެހުމުގެ ދުވަސް ތަކެކެވެ.
އިއްޔެ 11:00 ޖަހާއިރު އެޑިއުކޭސަން މިނިސްޓްރީގައި އޮތް މި ބައްދަލްވުން ސަރަފްވެރި ކޮއްދެއްވާ ރިޔާސަތު ބެއްލެވީ ސީދާ އެޑިއުކޭޟަން މިނިސްޓަރު ކަމަށް މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.މުހައްމަދު އިބްރާހިމާއި ލަންދޫ ސުކޫލް ހަވާލް ކުރައްވަމުން މުހައްމަދު އިބްރާހިމާއި ދޭތެރޭ މިނިސްޓްރީ އިން ދެކޭ ގޮތާއި ހާއްސަކޮއް ވޭތުވެ ދިޔަ އަހަރު ލަންދޫ ސުކޫލް ހޯދި ކާމިޔާބީގެ މަށްޗައް ވަރަށް އަސަރުގަދަ ވާހަކަ ފުޅު ތަކެއް މިނިސްޓްރީގެ އިސް ބޭފުޅުން ދެއްކެވިއެވެ
މިބްލޮގުގެ ދުއާއަކީ ލަންދޫ ސުކޫލް ބަނަ ކަމާއި ނާމާން ކަމުގެ ދުވަސްތަކަކުން އުފާވެރިކަމާއި ފާގަތި ކަމުގެ ފަތިހަކަށް އަލި ވިލްވައިދިން މުހައްމަދު އިބްރާހިމަށް ސާބިތުކަން ދެއްވުމެވެ.އަދި 2011 ވަނަ އަހަރަށް ލަންދޫ ސުކޫލް ހިންގުމާއި ހަވާލްވި ވަގުތުން ފެށިގެން ވެސް މުހައްމަދު އިބްރާހިމަށް މި ބްލޮގުގެ ނަމްގައި އިހުލާސް ތެރި ސުކުރެއް ދަންނަވަމެވެ.

  ސެޕްޓެމްބަރ 17 2010  ވީ ހޮނިހިރު ދުވަހު(މިއަދު) މާފަރުބޯޓުން ލަންދޫ އޮފީހުގެ ބާނީ އަލްފާޟިލް ސަލީމްހުސައިންނާއި އަނިޔާވެރިކަމުން ލަންދޫ ސުކޫލް ސަލާމަތްކުރި ލަންދޫ ސުކޫލުގެ ހިންގުންތެރި ޕްރިންސިޕަލް މުހައްމަދު އިބްރާހިމް ނުރަސްމީ ދަތުރުފުޅެއްގައި މާލެ ވަޑައިގަންފިއެވެ.މިދެ ބޭފުޅުންނަށް ލަންދޫ ޒަމާނީ ބަނދަރުން އަލްވަދާއުކީ ލަންދޫގެ ހީވާގި ޒުވާން ކައުންސިލަރ އަލްފާޟިލް މަޖުދުއްﷲ އަބުދުއްރައްޒާގާއި ލަންދޫގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކޯސްހަދާފައި ހުރި މުދިމަކު ބަންގި ގޮވާލުމުގެ ސަރަފް ހޯދި އަލްފާޟިލް ހުސައިން އާދަމެވެ


ޙަރާމްކަންތަކަށް މަގުފަހިކޮށްދޭ، ބޭރުފުށުން ފެންނަ ހުރިހާ ވަސީލަތެއް ޙަރާމްކޮށް އޭގެ މަގު ބަންދުކުރި ގޮތަށް، އިސްލާމްދީން ވަނީ، ބޭރުފުށަށް ނުފެންނަ ވަސީލަތްތަކާއި ޝައިޠާނީ އުކުޅުތަކުގެ އެހީގައި ހީލަތް ހަދައިގެން ޙަރާމްކަންތަކަށް އަރައިގަތުން ވެސް ޙަރާމްކުރައްވާފައެވެ. ޙަރާމްކުރައްވާފައިވާ ކަންތައްތައް، ހީލަތުން ހުއްދަކޮށްގެން، ކޮށް އުޅުނުކަމަށްޓަކައި، އިސްލާމްދީން ވަނީ ޔަހޫދީންނަށް ޢައިބު ކިޔާފައެވެ. އަދި ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވަނީ: لا تَرتَكِبُوا مَا ارتَكَبَ اليَهُودُ وتَسْتَحِلُّوا محَارِمَ اللهِ بأدنَى الحِيَل [1]
ޙަދީޘުގެމާނަ: ''ކިތަންމެ ކުޑަ ހީލަތެއް ހެދެން އޮތަސް ހީލަތް ހަދައިގެން، ﷲ ޙަރާމްކުރައްވާފައިވާ ކަންތައް ޔަހޫދީން ހުއްދަކޮށްގަތެވެ. ފަހެ ކަލޭމެން އެމީހުން އަރައިގަތް ފާފައަށް އަރައިނުގަންނާށެވެ.''
އެހެނީ ހޮނިހިރު ދުވަހު މަސްހިފުން ޔާހޫދީންނަށް، މާތް ﷲ ޙަރާމްކުރެއްވުމުން، ޙީލަތް ހަދައިގެން އެމީހުން ވަނީ، ހުކުރު ދުވަހު މޫދުގައި ކޯރޮ ކަނޑައިގެން، ހޮނިހިރު ދުވަހު މަސްތައް އައިސްވަދެ އެތަންތާ ބެދުނީމާ، އާދީއްތަ ދުވަހު ފައިބާ އެ މަސްތައް ހިފާފައެވެ. މިއީ ހީލަތްތެރިން ދެކޭގޮތުން ހުއްދަކަމެކެވެ. ނަމަވެސް އިސްލާމްދީނުގެ ފިޤުހުވެރިން އަރިހުގައި ޙަރާމްކަމެކެވެ. އެހެނީ ސީދާކޮށްވެސް ނުސީދާކޮށްވެސް ހޮނިހިރު ދުވަހު މަސްހިފުން އޮތީ މަނާވެފައެވެ.
ނުބައިކަން ބޮޑު ހީލަތްތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ، ޙަރާމްކަންކަމުގެ ނަން ބަދަލުކުރުމެވެ. ކަމުގެ ޙަޤީޤަތް އޮތްގޮތަށް އޮއްވާ، އޭގެ ބޭރުފުށް ބަދަލުކުރުމަށްފަހު، އާ ނަމެއް ކިޔައިގެން، ޙަރާމް ކަމެއް ކުރުމަކީ، ކަނޑައެޅިގެން ޙަރާމްކަމެކެވެ. ޝައްކެއްވެސް ނެތް ގޮތުގައި، ނަންކިޔޭ އެތި އޮތްގޮތަށް އޮއްވާ، އޭގެ ނަން ބަދަލުކުރިއަސް، ނުވަތަ ޙަޤީޤަތް އޮތްގޮތަށް އޮއްވާ އޭގެ ސޫރަ ބަދަލުކުރިއަސް، ޙަރާމްކަމެއް ވިއްޔާ އޮންނާނީ ޙަރާމްކަމެއްގޮތުގައެވެ


ހަޖަމް ކޮށްލަން ދަތި ވާނަމަވެސް މިއީ އައު އީޖާދުުކުރުމާއި މަސައްކަތްތެރި ކަމުގައި އެހެން މީހުންނަށް ނަމޫނާ ބޭފުޅެއްކަމަށްވާ ނ.ލަންދޫ ހިރުދުގަސްދޮށުގޭ އަލްފާޟިލް އާދަމް ޞާލިޙްއާއި، ހަމައެގޭ އަލްފާޟިލާ ޚަދީޖާ އަލީ ގެ ހަތްދަރިންގެ ތެރެއިން ހުރި ދެވަނައަށް ދޮށީ ފިރިހެން ދަރި ޙުސެއިން އާދަމެވެ.އާދެ އަޅުގަޑް ލަންދޫގެ މުޖްތަމައު ގަބޫލް ކުރާ މީހަކަށް ހަދާދިން މޭސް ތިރިޔާ އަޅުގަޑްގެ ލޮބްވެތި ބައްޕަ.
އައު އީޖާދުުކުރުމަކީ އަޅުގަޑް ބައްޕަ ހޮބީއެއްގެ ގޮތުން ކުރާ ކަންކަމެވެ. މިގޮތުން ފޮޓޯގައި އެވަނީ ރޯދަ މަހުގެ ހާރު ކެއުމަށް ކޮންމެ ދުވަހަކު ފިހެމުންދާ މަސް ފިހުމަށް ތައްޔާރު ކޮށްފައިވާ މަސްފިހާ މެސިނެކެވެ. ބައްޕަ ވަނީ ކަނޑޫކިރުން ކަޅު ތެރަސް ހެދުމަށްވެސް މަސައްކަތް ކޮށްފައެވެ.
އަޅުގަޑްގެ ބައްޕައަކީ ވަނޑިޔެކެވެ. އެކަނި މަހަށް ދާ ބިރުކުޑަ ކެޔޮޅެކެވެ. ލަވަ ކިޔުންތެރިޔެކެވެ. ވަރަަށް ގިނަ ރޮނގު ރޮނގުން ކުރިއަރާފައިވާ ފަހުލަވާނެކެވެ.ލަންދޫ އަށް ގޮންޖަހާލާނެ އެތަކެއް ގުރުއާން ކުލާސް ތަކެއް ހިންގައިދިން އެދުރެކެވެ. އެހެން މީހުންނަށް ނަމޫނާ ބޭފުޅެކެވެ.
އަޅުގަޑް ގެ ބައްޕަ ވަނީ ކުރީ ދެ ރޯދަމަހު ދެ ބޮއްކުރާވެސް ހުދު އެކަނި މާ އެކަނި ބަދެފައެވެ. " ކާރު " ވެލާ " އަކީ މިކަމުގެ ދިރިހުރި މިސާލް ތަކެކެވެ. އަޅުގަޑް ބައްޕަ ގެ ފުށުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ބައްޕަގެ ކިބައިގާވާ ޚުލްޤު ހެޔޮކަމާއި މަޖާ ކަމުގެ ސިފަ އެވެ. ޢާއްމުކޮށް މީހުން އެއްވާ ހޮޅުއަށި ފަދަ ތަންތަނަށް ގޮސް ހުސް އަނގަ ތެޅުމުގައި ވަޤުތު ބޭކާރު ކުރައްވާތަނެއް ނުފެނެ އެވެ. ހިނިތުންވުމާއި އޯގާތެރިކަމާއެކުގައި މެނުވީ އެހެން މީހަކާއި މުޚާތަބުކުރާތަނެއް ނުފެނެ އެވެ. ކަމެއް ބޭނުންވެގެން ބައްޕަގެ ގާތަށް ގޮސްފިނަމަ ނޫން ބަހާއިގެން އެނބުރި އަންނަން ދުވަހަކުވެސް ނުޖެހޭނެ ކަމުގައި އަޅުގަޑްގެ ބައްޕަގެ ކައިރިއަށް ދާ މީހުން ބުނާތީ އަހަމެވެ.

| edit post

ގަހަކަށް ބަދަލުވާން ފެށުމުގެ ކުރިން، ދީދީއަކީ، ޞިއްޙަތު ސަލާމަތުން ހުރި ޒުވާނެކެވެ. ގަހަކަށް ބަދަލުވުމުގެ ބަލި، އޭނާއަށް ޖެހުނީ، އޭނާގެ ޢުމުރުން 14 އަހަރުގައި ކަކުލަށް ލިބުނު އަނިޔާއަކާ ވިދިގެންނެވެ. ދީދީއަށް ޖެހުނު ބަލީގައި ވާގޮތަކީ، ހަށިގަނޑުގެ އެތަން މިތަނުން މޫފެޅުމެވެ. އެއީ ގަސްގަހާގެހިން ފަލާކަހަލަ މުލެވެ. އެ ބަލީގައި އެންމެ ގިނައިން މޫފަޅާފައިވަނީ، ދީދީގެ ހަތަރެސް ފައިންނެވެ. އެހެންކަމުން، އެއްޗެހީގައި ހިފައި އުޅުންވަނީ އޭނާއަށް ނުހަނު އުނދަގޫ ކަމަކަށް ވެފައެވެ.

  ދީދީ އިންޑޮނީޝިއާގެ ހޮސްޕިޓަލަކަށް ދެއްކިއެވެ. އެތަނުން އޭނާގެ ގާތުގައި ބުނީ، އޭނާގެ ބައްޔަށް ޝިފާއެއް ނެތްކަމަށެވެ. އެއްވެސް ޝިފާއެއް ލިބިދާނެ ކަމުގެ އުންމީދެއް ނެތި، އޭނާ ދިގު މުއްދަތެއް ހޭދަކުރިއެވެ. އަދި އެ މުއްދަތުގެ ތެރޭގައި، އޭނާގެ އަންހެނުންވަނީ އޭނާ ދޫކޮށްލާފައެވެ. އެއީ، އާމުދަނީ ހޯދުމުގެ ގޮތުން އޭނާ ކުރަމުން ގެންދިޔަ މަސްވެރިކަން ނުކުރެވުމާއި ޢާއިލާގެ ޚަރަދު ބަރަދު ބަލަހައްޓަން ދަތިވުމުންނެވެ. މިހާރު ދީދީގެ ޢުމުރުން ވަނީ 37 ވެފައެވެ. އޭނާގެ ބައްޔަށް ފަރުވާއެއް ލިބުނީ، މިދިޔަ އޮގަސްޓް މަހުގައެވެ.

ދީދީއަށް ފަރުވާދިނުމުގައި ނުވަ މަސްދުވަސް ވަންދެން އޮޕަރޭޝަންތަކެއް ކުރަން ޖެހުނެވެ. އޭނާއަށް ފަރުވާ ދެއްވީ އެމެރިކާގެ ޢާލިމެއް ކަމަށްވާ، ޑަކުޓަރު އެންތަނީ ގެސްޕާރީއެވެ. ދީދީގެ ޚަބަރު އެ ޢިލްމުވެރިޔާއަށް ލިބިވަޑައިގަތުންވީ، ދީދީއަށް ޝިފާއެއް ލިބުމަށް ފަހިވި މަގުގެ ފެށުން ކަމުގައެވެ. އެ ޢިލްމުވެރިޔާ، ދީދީއަށް ފަރުވާދެއްވުމަށް ހުށަހެޅުއްވިއެވެ. އަދި ދީދީ މުޅިން ގަހަކަށް ބަދަލުވުމުގެ ކުރިން ފަރުވާދީ ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދު ވެސް ދެއްވިއެވެ. ޢާލިމު ޑަކުޓަރުގެ އިރުޝާދަށް ދީދީ އިޖާބަދިނީ އެހެންވެގެންނެވެ.

ދީދީއަށް ޖެހިފައިވާ ބައްޔަކީ އާންމުކޮށް އިންސާނުންނަށް ޖެހޭ ބައްޔެކެވެ. އެބަލި ޖައްސަނީ، ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) އެވެ. ޑަކުޓަރ ގެސްޕާރީ ވިދާޅުވި ގޮތުގައި އެ ވައިރަހުގެ ސަބަބުން ދީދީއަށް ބަލި ޖެހުނީ، އޭނާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ބާރު ދެރަކަމުންނެވެ.

އެކި ފަރާތްތަކުން ލިބިފައިވާ ޚަބަރުތައް ބުނާގޮތުގައި، ދީދީއަށް ފަރުވާދޭން ފެށިފައިވަނީ، 2007 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މިހާރު ދީދީގެ ބަލިވަނީ ފަސޭހަވެފައެވެ. ދީދީގެ ވާހަކައަކީ، ޚަބަރު ފަތުރާ ވަސީލަތްތަކުން ފެތުރި، އެންމެ ޙައިރާންކުރުވަނިވި އެއް ވާހަކަ ކަމުގައި ވެގެން ދިޔައެވެ. ނަމަވެސް އޭނާ ބޭނުންވީ، ބަލި ފަސޭހަވުމަށްފަހު، ޝުހުރަތާ ދުރުގައި އާދައިގެ ދިރިއުޅުމެއް އުޅުމަށެވެ.
މިއީވެސް، ޞިއްޙަތުގެ ނިޢުމަތާމެދު ފަރުވާތެރިވުމަށް ގޮވާލާ ޢިބްރަތްތެރި ހާދިސާއެކެވެ. ދީދީގެ ކަކުލުން ހަލާކުވި ފަދަ ކުޑަކުޑަ ތަންކޮޅެއް ހަލާކުވިޔަސް، އަވަސް ފަރުވާ ހޯދަން މި ހާދިސާއިން އިރުޝާދު ލިބެއެވެ.

މިއަދު މެންދުރު 13:00 ގައި ލިޔެސްގެ ރައީސް ހަފްސީ އަބްދުﷲ ނުރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނަށް ވަދާޢީ ސަލާމްކުރެއްވުމަށް މާލޭ ދާޢިރާގެ އިސް ބޭފުޅުން އެއާރޕޯޓަށް ވަޑައިގަތެވެ. ފުރުމުގެ ކުރިން އެމަނިކުފާނު ދެއްވި ހާއްސަ ބަސްދީގަތުމުގައި ހުރިހާ މެމްބަރުންވެސް މިއަހަރުގެ ކަލަންޑަރުގައި ހިމަނާފައިވާ ކުރިޔަށް ހުރި ޕްރޮގްރާމްތަކާއި މެދު ވިސްނުމަށާއި ހާއްސަކޮށް ކުރިޔަށް އޮތް ހޮލިޑޭކަޕާއިމެދު ވިސްނުމަށް އިލްތިމާސް ކުރެއްވިއެވެ. އެމަނިކުފާނު އެނބުރި މާލެ ވަޑައިގަންނަވާނީ މި ހިނގާ މަހުގެ 18 ވަނަދުވަހުއެވެ. އިތުރަށް ހާމަކުރެއްވި ގޮތުގައި މިދަތުރުފުޅަކީ އެމަނިކުފާނުގެ ބައްޕަގެ ބޭސްފަރުވާއަކަށް ކުރައްވާ ދަތުރުފުޅެއްކަމަށާއި ބޭސްފަރުވާގެ ކަންތަށް އަވަހަށް ނިމިއްޖެނަމަ އެއަށްވުރެ ކުރިންވެސް ރާއްޖެ އަންނާނެކަމުގައި ވިދާޅުވިއެވެ. ހުރިހާ މެމްބަރުންވެސް އެމެމްބަރެއްގެ ޒިންމާ ފުރިހަމައަށް އުފުލާ ހިއްވަރާއި ގަދަޢަޒުމުގައި ކުރިޔަށް ދިއުމަށާއި އަމާނާތްތެރިކަމާއި ތެދުވެރިކަމާއިއެކު މަސައްކަތް ކޮށް ލިޔެސްގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ހުރިހާ މެމްބަރުންގެ އަރިހުން އެދޭވާހަކާ ދެންނެވިއެވ


 ވަކި ސިފަތަކެއް ލިބިފައިވާ މީހަކާ ނޫނީ ނީންނާނަމޭ ބުނާ މީހުން އުޅެ އެވެ.

"
މަ އިންނާނީ ގެދޮރު ހުރި މީހަކާ އެވެ."
"
މަ އިންނާނީ ސައިކަލެއް ހުރި މީހަކާ އެވެ."
"
މަ އިންނާނީ މާލޭ މީހަކާ އެވެ."
"
މަ އިންނާނީ ތިރީސް އަހަރު ނުވާ މީހަކާ އެވެ."

ލޯތްބާ ނުލައި، ގެދޮރާއި މުދަލާއި ޢުމުރުން ޒަވާޖީ ޙަޔާތަށް ލިބެނީ ކޮން ހަމަޖެހުމެއްތޯ އެވެ؟
ހުރިހާވެސް އެއްޗަކީ ލޯތްބެވެ. ލޯބިން ގުޅިއްޖެ ދެ ހިތެއް ވަތްކެއް ނުކުރެވޭނެ އެވެ.
ތިރީގައިވާ ދެ މަފިރިންނަށް ނިކަން ބައްލަވާށެވެ!
ފިރިމީހާގެ ސިފަ
އޭނާގެ އިސްކޮޅު ފަސްފޫޓަށްވުރެ ދިގެވެ. އޭނާއަކީ އިސްކޮޅާ ރޫފަ ހަމަ، ޒުވާނެކެވެ. ހަށިގަނޑުގައި އައިބެއް ނެތެވެ. އޭނާއަކީ، ހުރިހައި ގުނަވަންތަކެއް ހަމަ، ދުޅަހެޔޮ މީހެކެވެ.
އަނބިމީހާގެ ސިފަ
އޭނާގެ އިސްކޮޅުގައި ވަނީ ގާތްގަނޑަކަށް ދެ ފޫޓް ބަޔެވެ. އޭނާގެ ހަށިގަނޑުގައި ވަނީ ދެބައިކުޅަ އެއްބަޔެވެ. އޭނާއަކީ ދެފައި ނެތް ނުކުޅެދޭ މީހެކެވެ. އެއްތަނުން އަނެއް ތަނަށް ގޮސް އުޅެނީ ފުރޮޅުލީ ފިލާގަނޑެއްގެ މަތީގަ އެވެ

މަހާނަކައިރީގައި ކީރިތި ޤުރުއާން ކިޔެވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު
بِسْمِ اللهِ ، وَالْحَمْدُ للهِ، وَالصَّلاةُ وَالسَّلامُ عَلَى رَسُولِ اللهِ، وَبَعْدُ:
މަހާނަކައިރީގައި ކީރިތި ޤުރުއާން ކިޔެވުމަކީ، ސުންނަތެކެވެ. ފިޤުހުވެރިންގެ ޖުމްހޫރުގެ ރައުޔަކީ މިއީއެވެ. އަދި ޞައްޙަ ރައުޔަކީ ވެސް މިއީއެވެ. މިރައުޔާ ޚިލާފުވަނީ، މާލިކީންނެވެ. މަހާނަ ކައިރީގައި ކީރިތި ޤުރުއާން ކިޔެވުމަކީ، އެ މަޛުހަބުގެ ފިޤުހުވެރިންގެ އަރިހުގައި މަކުރޫހަ ކަމެކެވެ.

އަބޫހުރައިރަތުގެފާނުގެ ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. (مَنْ دَخَلَ الْمَقَابِرَ ثُمَّ قَرَأَ فَاتِحَةَ الْكِتَابِ وَقُلْ هُوَ اللَّهُ أَحَدٌ وَأَلْهَاكُمْ التَّكَاثُرُ ثُمَّ قَالَ إِنِّي جَعَلْتُ ثَوَابَ مَا قَرَأْتُ مِنْ كَلَامِكَ لِأَهْلِ الْمَقَابِر مِنَ الْمُؤْمِنِينَ وَالْمُؤْمِنَاتِ كَانُوا شُفَعَاءَ لَهُ إِلَى اللَّهِ تَعَالَى) މާނައީ، "ޤަބުރުސްތާނަށް ވަދެ، އަލްފާތިޙާ ސޫރަތާއި އަލްއިޚުލާޞް ސޫރަތާއި އައްތަކާޘުރު ސޫރަތް ކިޔެވުމަށްފަހު، (إِنِّي جَعَلْت ثَوَابَ مَا قَرَأْت مِنْ كَلَامِك لِأَهْلِ الْمَقَابِر مِنَ الْمُؤْمِنِينَ وَالْمُؤْمِنَاتِ) މި ދުޢާ ކިޔައިފިނަމަ، އެ ޤަބުރުސްތާނުގައި ވަޅުލެވިފައިވާ މީހުން، (އާޚިރަތް ދުވަހު) އެމީހަކަށް ﷲ ގެ ޙަޟުރަތުގައި ޝަފާޢަތްތެރިވާނެއެވެ."

ދުޢާގެ މާނަ: "އިބަރަސްކަލާނގެ ކަލާމްފުޅުން އަޅު ކިޔެވި ތަކެތީގެ ޘަވާބު، މި ޤަބުރުސްތާނުގެ އަހުލުވެރިންގެ ތެރެއިން މުއުމިން އަންހެނުންނާއި ފިރިހެނުންނަށް ހަދިޔާކޮށްފީމެވެ."

އަނަސްގެފާނު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. (مَنْ دَخَلَ الْمَقَابِرَ فَقَرَأَ سُورَة يس خَفَّفَ الله عَنْهُمْ وَكَانَ لَهُ بِعَدَدِ مَنْ فِيْهَا حَسَنَات) މާނައީ، "ޤަބުރުސްތާނަށް ވަދެ، މީހަކު ޔާސީން ސޫރަތް ކިޔަވައިފިނަމަ، އެ ޤަބުރުސްތާނުގައި ވަޅުލެވިފައިވާ ބަޔަކަށް ﷲ ލުއިކޮށްދެއްވާނެތެވެ. އަދި އެ މީހަކަށް، އެ ޤަބުރުސްތާނުގައި ވަޅުލެވިފައިވާ މީހުންގެ ޢަދަދަށް ހެޔޮކަން ވެއެވެ

ހަވަނަ މީހާ

Posted by EmTwo Investment Sunday, September 12, 2010 0 comments


ކަނޑް މަޑް ސާފް ދުވަހެކެވެ. އަހަރުމެންގެ މިސްރާބަކީ، ކުރިމަތިން ފެންނަ ފަޅުރަށެވެ. އެއް މަގްސަދަކީ ވެލާބިސް ނެގުމެވެ. ބިސްއެޅުމަށްޓަކައި، އެ މޫސުމުގައި ވަރަށް ބައިވަރު ވެލާ އެ ރަށަށް އަރާކަން އަހަރުމެންނަށް އެނގެ އެވެ. އެއްބައި ކައިފައި އަނެއްބައި ވިއްކާލަން މާލެ އަށް ފޮނުވާލިއަސް ކޮންމެ ވެސް އެއްޗެއް ލިބޭނެ އެވެ. އަހަރުމެންގެ އެންމެ މުހިންމު މަގްސަދަކީ މަޖާކުރުމެވެ
ދަތުރު ރޭވިފައޮތްގޮތުން، އެންމެ ފުރަތަމަ ގޮސް އަހަރުމެން މަސައްކަތް ކުރާނީ މަސްހިފޭތޯ އެވެ. އިރުއޮއްސުމުން މަސްފިހާނީ އެވެ. ބިސްނަގަން ދާނީ ދަންވަރު އެވެ. އެނބުރި ރަށަށް ދާނީ ފަތިހު އެވެ. ރަށާއި ފަޅުރަށާ އެހާ ކައިރިއެއް ނޫނެވެ. އެހާ ދުރެއް ވެސް ނޫނެވެ. ރަށަށް ޑިންގީ ބީއްސާލުމުގެ ކުރިން އަހަރެން ފުންމާލީމެވެ. އަދި ހަޅޭއްލަވަމުން ރަށުތެރެއަށް އަރައިގެން ދިޔައީމެވެ. ފަސްއެނބުރި ބަލައިލިއިރު އެހެން މީހުން ޑިންގީއިން އެއްޗިހި ބާލަނީ އެވެ. އަހަރެން ގަސްތަކުގެތެރެއަށް ވަނީމެވެ.
"އޭތް!" މީހަކު ހަޅޭއްލަވައިގަތް އަޑު އަހަންނަށް އިވުނެވެ. "ކޮން ހަޅޭކެއް؟"
ކުއްލިއަކަށް އަހަރެން ހުއްޓުނީމެވެ. އެއީ އަހަންނަށް ހީވިގޮތް ހެއްޔެވެ؟ އެ ފަޅުރަށުގައި އެހެން މީހަކު ނޫޅޭނެ އެވެ. އެއްޗެއް ނުބުނެ ކިތަންމެއިރަކު އަހަރެން ހުރީމެވެ. އެއްވެސް އަޑެއްބަޑެއް ނީވުނެވެ. އެ ހިސާބުން އަހަރެން ނިންމީ އެއީ ހީއެއްކަމަށެވެ. ނުފެންނަ މަޚްލޫގުން އުޅޭކަމާއި، ބައެއްފަހަރު އެ މީހުންނާއި އަހަރުމެންނަށް އެއް މަގަކަށް ނުކުމެވޭކަން އެއީ ހަގީގަތެކެވެ. އެހެންވިޔަސް، އަހަރެން އެކަން ހަނދާންނައްތާލީމެވެ

އެންމެ ހިންގުންތެރި ވެރިޔަކީ؟

Blog Archive