ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ބާއްވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އިދާރީ ގޮތުން އެއްރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން ގަސްތުކުރައްވާ ރަށްތަކުގެ ލިސްޓް ހާމަކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ބާއްވަންޖެހޭ ލޯކަލް ކައުންސިލްގެ އިންތިޚާބަށްޓަކައި މިހާރު ކުރެވެމުންދާ މަސައްކަތަކީ ރަށްތައް ކަނޑައެޅުމެވެ. މިއިންތިޚާބު ބޭއްވުމަށްޓަކައި ރަށްތައް ކަނޑައަޅާނީ އިދާރީ ގޮތުން ގުޅާލާ ރަށްތަކަކީ ކޮބައިތޯ ބެލުމަށްފަހުއެވެ. އެރަށްތައް ކަނޑައަޅާނީ ރައްޔިތުންގެ ވޯޓަކުން ކަމަށްވާއިރު ސަރުކާރުންވަނީ އިދާރީ ގޮތުން އެއްރަށެއްގެ ގޮތުގައި ހަމަޖައްސަން ބޭނުންވާ ރަށްތަކުގެ ލިސްޓެއް ހާމަކުރައްވާފައެވެ.
އެގޮތުން މި އަތޮޅުން އެއްކޮށްލުމަށް 11 ރަށެއް ސަރުކާރުންވަނީ ކަނޑައަޅާފައެވެ. އެއީ 2 ރަށް އެއްރަށެއްގެ ގޮތުގައި އެއްކޮށްލުމަށް ކަނޑައެޅި 8 ރަށާއި، 3 ރަށް އެއްރަށެއްގެ ގޮތުގައި އެއްކޮށްލުމަށް ކަނޑައެޅި 3 ރަށެވެ.
2 ރަށް ދެރަށުގެ ގޮތުގައި އެއްކޮށްލުމަށް ކަނޑައަޅާފައިވާ ރަށް ތަކަކީ
* ކެނދިކުޅުދޫ އާއި ހެނބަދޫ،
* މާޅެންދޫ އާއި ކުޑަފަރީ،
* މާފަރާއި ލަންދޫ
* ހޮޅުދޫއާއި ފޮއްދޫ އެވެ.
3 ރަށް އެއްކޮށްލުމަށް ނިންމަވާފައިވަނީ މަނަދޫ، ޅޮހި އަދި މަގޫދޫއެވެ.
މީގެ އިތުރުން މި އަތޮޅުގެ އެހެން ރަށްތަކަކީ މިހާރުވެސް ހިންގަވަމުން އެގެންދާ އުޞޫލުން އެއްރަށެއްގެގޮތުގައި ހިންގުމަށް ގަސްތުކުރައްވާފާވާ ރަށްރަށް ކަމަށްބެލެވެއެވެ.
ސަރުކާރުން މިގޮތަށް ގަސްތުކުރެއްވި ނަމަވެސް މިކަމުގައި އެންމެފަހުބަސް ކިޔާނީ ރައްޔިތުންކަމަށާއި ރައްޔިތުން ރުހޭގޮތެއްގެ މަތިންނޫނީ މިކަން ކުރިއަށް ނުގެންދަވާނެކަމަށް އިދިކޮޅު ޕާޓީ ތަކުން ދަނީ ބުނަމުންނެވެ.

