ވަގުތީ ޓީޗަރެއްގެ ގޮތުގައި 2001 ވަނަ އަހަރު ގުޅުނު މިހާރުގެ ލަންދޫ ސުކޫލްގެ ޕްރިންސިޕަލް އަލްފާޞިލް މުހައްމަދު އިބްރާހިމާއި އެއްވެސް ސަރުތަކާ ނުލައި 2011 ވަނަ އަހަރަށް ލަންދޫ ސުކޫލް ހިންގެވުން 19 ސެޕްޓެމަބަރ 2010 ވީ އާދިއްތަ ދުވަހު (އިއްޔެ) ހަވާލް ކޮއްފިއެވެ.ލަންދޫއަށް ހާއްސަކޮށް ލަންދޫ ސުކޫލްގެ ދަރިވަރުންނަށް މި ލިބުނީ އަނެއްކާވެސް ހިންހަމަ ޖެހުމުގެ ދުވަސް ތަކެކެވެ.
އިއްޔެ 11:00 ޖަހާއިރު އެޑިއުކޭސަން މިނިސްޓްރީގައި އޮތް މި ބައްދަލްވުން ސަރަފްވެރި ކޮއްދެއްވާ ރިޔާސަތު ބެއްލެވީ ސީދާ އެޑިއުކޭޟަން މިނިސްޓަރު ކަމަށް މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.މުހައްމަދު އިބްރާހިމާއި ލަންދޫ ސުކޫލް ހަވާލް ކުރައްވަމުން މުހައްމަދު އިބްރާހިމާއި ދޭތެރޭ މިނިސްޓްރީ އިން ދެކޭ ގޮތާއި ހާއްސަކޮއް ވޭތުވެ ދިޔަ އަހަރު ލަންދޫ ސުކޫލް ހޯދި ކާމިޔާބީގެ މަށްޗައް ވަރަށް އަސަރުގަދަ ވާހަކަ ފުޅު ތަކެއް މިނިސްޓްރީގެ އިސް ބޭފުޅުން ދެއްކެވިއެވެ
މިބްލޮގުގެ ދުއާއަކީ ލަންދޫ ސުކޫލް ބަނަ ކަމާއި ނާމާން ކަމުގެ ދުވަސްތަކަކުން އުފާވެރިކަމާއި ފާގަތި ކަމުގެ ފަތިހަކަށް އަލި ވިލްވައިދިން މުހައްމަދު އިބްރާހިމަށް ސާބިތުކަން ދެއްވުމެވެ.އަދި 2011 ވަނަ އަހަރަށް ލަންދޫ ސުކޫލް ހިންގުމާއި ހަވާލްވި ވަގުތުން ފެށިގެން ވެސް މުހައްމަދު އިބްރާހިމަށް މި ބްލޮގުގެ ނަމްގައި އިހުލާސް ތެރި ސުކުރެއް ދަންނަވަމެވެ.

0 comments