ވެލްކަމް މެސެޖް

މި ބްލޮގަށް ތިޔަ ދެއްވާ ތަރުހީބަށްޓަކައި އެމްޓޫ އިންވެސްޓްމަންޓްގެ ފަރާތުން ފަށްފަށުން ޝުކުރުވެރި ވަން.

ޑިއުޓީ ތާވަލް

އިރާކޮޅު:

އަބްދުﷲ ރިޔާޒް

މެންދަމު:

މުހަންމަދު ޒަކަރިއްޔާ

Powered by Blogger.

ދޭ ޚިދުމަތްތައް

ސެކިއުރިޓީ ބެލެހެއްޓުން ، އޮޑި ދޯނި ފަހަރު ބަނުން ، ރިސޯޓް ތަކުގައި ހުކުރު ކޮށްދިނުން ، ޑޭ އެންޑް ނައިޓް ފިޝިންގ އިންތިޒާމް ކޮށްދިނުން ، ތުއްތު ކުދިންނަށް ޤްރުއާން ކިޔަވަން ދަސްކޮށްދިނުން ، މާބަނޑު އަންހެނުން ވިއްސައި ދިނުން ، ސައި ހޮޓާ ހިންގައި ދިނުން ، ތެދުއުއި ވަޑާމާއި ކިއްސަރު ވަޑާން ކޮށްދިނުން ، އިދާރީ ލިޔެކިޔުންތައް ބަލަހައްޓައި ދިނުން ، ވިޔަފާރިތައް އޯޑިޓް ކޮށްދިނުން ، އޮޑި ދޯނި ފަހަރުގެ ރަޖިސްޓްރީ ހައްދައި ދިނުން ، ނަން ބޯޑް ތައްޔާރު ކޮށްދިނުން. އަދިވެސް އަދިވެސް.........

ދިވެހި ރެޑް ކްރެސެންޓްގެ މެމްބަރޝިޕް ކާޑު، އެ ޖަމްޢިއްޔާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުވައިފިއެވެ. މެމްބަރޝިޕް ކާޑު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، ދިވެހި ރެޑް ކްރެސެންޓްގެ މާލެ ގޮފީގެ ބައެއް މެންބަރުންނާއި ވޮލަންޓިއަރުންގެ ގޮތުގައި އެ ޖަމްޢިއްޔާއަށް ޚިދުމަތްކޮށްދޭ ބައެއް ފަރާތްތަކާއެކު މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރެޑް ކްރެސެންޓްގެ މެންބަރަކަށް ވެވަޑައިގެންނެވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއްކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހި ރެޑް ކްރެސެންޓަކީ، މިހާރު ޤާނޫނަކުން ބާރުލިބިގެންވާ ޖަމްޢިއްޔާއެއްކަން ފާހަގަކުރައްވަމުން، އެ ޖަމްޢިއްޔާގެ މަސައްކަތްތައް ކުރިއަށްދާގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އޮޅުންފިލުއްވިއެވެ

މަޖޫ އަކީ ނަމޫނާ ކައުންސިލަރެއް

Posted by EmTwo Investment Saturday, November 6, 2010 0 comments

ލަންދޫގެ ރީތިކަމާއި ސާފްތާހިރުކަމުގެ ވާހަކަ ނުދައްކާ މީހެއް ލަންދޫއަކަށް މިހާރަކު ނާރާނެއެވެ. ވޭތުވެގެންދިޔަ 30 އަހަރު ނުދެކޭފަދަ ތަރައްޤީއަކާއި ކުރިއެރުމެއް ވޭތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހު ލަންދޫ މިވަނީ ހޯދާފައެވެ. ލަންދޫގެ ލޮބުވެތި  ރައްޔިތުން ކަނނު އަދިރީގައި ބައިތިއްބައިގެން ޖަރީމާތަށް ހިންގުމާއި ނިކަމެތީން ނިކަމެތިކުރުމުގެ އާދަތަށް ފިލާ މިހާރު ލަންދޫގެ ކަންތަށް ކުރެވެމުންދަނީ ދެފުއް ފެންނަ ހަމަހަމަ އުސޫލުތަކުންނެވެ. ކޮރަޕްޝަންގެ ޖަރީމާއެއް އެއްގޮތަކަށްވެސް މިހާރު ނުހިނގާ ފަދައެވެ ބޮޑެތި ވަގުން ބިރުން އަބަދު ސަލާމަތަށް އެދެން މަޖުބޫރު ކުރުވަމުންނެވެ..
މިހުރިހާ ކަމެއްގެ ފަހަތުގައިވަނީ މިވަގުތު ލަންދޫގެ އެންމެ އިސް ފަރާތްކަމުގައިވާ ލަންދޫގެ ރައްޔިތުންގެ ލޯތްބާއި ރުހުން ލިބިފައިއިވާ ޒުވާން ކައުންސިލަރ މަޖުދުއްﷲ އަބުދުރައްޒާގެވެ. ލަންދޫގައި ވަކިހިއްޕައިގެންފައިތިބި ޑީއާރުޕީގެ މީހުންނަށް އަދުގެ ސަރުކާރާއި އަޅުގަނޑުމެންގެ ލޮބުވެތި ކައުންސިލާރ ހަޖަމްކުރެވޭ ކަމަކަށް ނުވެއެވެ. ޙާއްސަކޮށް މަޖޫގެ ކުރު ޒަޢާމަތުގައިލަންދޫ ހޯދަމުން މިދާ ކުރިއެރުމާއި ތަރައްޤީ މިމީހުންނަށް ހަޖަމްކުރުން އެއީ ރޯ އަގުރު އަލިފާން ބުއިންފަދަ ކަމަކަށްވަނީ ވެފައެވެ.
މާތްﷲ މަޖޫއަށް ކާމިޔާބް މާދަމާއެއް މިންވަރު ކުރައްވާށި.އާމީން


 ނ.ލަންދޫ (އަސްލުނަމެއްނޫން ތަކުރު) މީހެއްގެ އަތްބަކުލައްވާ މާމޮޅަށް ޖީސީ ހަދުވަން މަސައްކަތް ކުރަމުންދާ ކަމުގެ ޚަބަރު މި ބްލޮގަށް ލިބިއްޖެއެވެ. ލަންދޫ ސްކޫލްގެ އިސް މަގާމެއް އަދާކުރަމުން ދާ މިޓީޗަރަކީ މީގެ ކުރިންވެސް  ދަރިވަރުންނަށް ޓިއުޝަންދިނުމަށް ގޭގެއަށް ގޮސްއުޅޭ މީހެއްކަމަށް ހަބަރުލިބިފައިވެއެވެ. މިގޮތުން ވަރަށް ކިޔަވަން ބޭނުންވެފައިހުރި އަންހެންކުއްޖަކު ތަކުރު ގާތުން ޓިއުޝަން މިދިޔަ ޖޫން މަހުން ފެށިގެން ނަގަމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ.
އަމިއްލަ ދިރިއުޅުމެއް އުޅެމުންއަންނަ މިއަންހެން ކުއްޖާއަކީ ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުންއަންނަ އަދި ދަރިއަކުވެސް ލިބިފައިވާ ޖިންސުއްލަތީފެކެވެ. އަދި އަބަދުވެސް އިތުރަށް ކިޔަވަންބޭނުންވާ ވާހަކަ އޭނާގެ ފިރިމީހާގެ ގާތުބުނަމުންދާކަމަށާއި އެކަހަލަ ރަގަޅުފުރުސަތެއް ހޯދާދިނުމަށް އޭނާގެ ވަފާތެރި ފިރިމީހާވެސް ވަރަށް މަސައްކަތް ކުރިކަމަށްވެއެވެ. ތަކުރާދިމާވި ކަމަށްވަނީ  މިދިޔައަހަރު އެއަންހެން ކުއްޖާ އޯލެވެލް އިތުރަށް ހަދާނެ ރަގަޅު ޓީޗަރަކު ހޯދުމަށް ކުރިމަސައްކަތުގެ ތެރޭގައެވެ.
ރިސޯޓް ދާއިރާގައި ހަރަކާތްތެރިވާ އޭނާގެ ފިރިމީހާވެސް ލޯބިވާ އަނބިގޮއްޔެއަށް ރަގަޅު މުސްތަޤުބަލެއް ހޯދައިދިނުމަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އިތުރަށް އަނބިގޮއްޔެއަށް ކިޔަވައިދޭންބޭނުންވީ ދިރިއުޅުން ބޮއްސުންލައްވާލާ ވަރުގެ މީހަކަށް ތަކުރު ވާނެކަމަކަށްނޫނެވެ.
ތަކުރު ވަރަށް ބަރާބަރަށް އެއަންހެންކުއްޖާއަށް ޖީސީ ހަދަން ޓިއުޝަން ދޭން ދާކަމަށްވެއެވެ. އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޖީސީގެ ސިލަބަސް އެހެންގޮތަކަށް ކަވަރުކުރަން މިދެމީހުން އެކަކުއަނެކަކަށް ފޯނުކުރުމާއި ލޯބީގެ އެސް.އެމް.އެސް އާއި އެމް.އެމް.އެސް ބަދަލުކުރެވެމުން ގޮސްފައިވާކަމަށް މަންޒަރު ދުއްމީހުން ކިޔައިދީފައިވެއެވެ. އަދި ޖީސީ ގެ މުގައްރަރު ބޮޑުކަމުން  ރޭގަނޑުގެ ބޮޑުބައެއް މިމީހުން ފަހުންފަހުން ހޭދަކުރަމުން ދަނީ އެކަކުއަނެކަކަށް ލޯބީގެ ފޯނުކޯލްތައްކުރުމުގައިއާއި އެސްއެމްއެސް ކުރުމުގައިވެސް ކަމަށް މައުލޫމާތު ދިންފަރާތުން މި ބްލޮގަށް ކަށަވަރުކޮއްދީފައިވެއެވެ. މީގެ އިތުރުން މިއަހަރު ރާއްޖޭގައި ޖީސީ އިމްތިހާނު ފެށިގެން ދިޔައިރު ތަކުރު ދަންވަރު އެއަންހެންކުއްޖާގެ ގެއަށް ވަންނަ މަންޒަރު ފެނުނު މީހުންވެސް އުޅުނުކަމަށް ވެއެވެ. އެކަމަކު އެގެއަށް ދަންވަރުވަންނަނީ ކީއްކުރަންކަމެއް އެކަކަށްވެސް ބުނެދޭކަށެއްނޭގުނެވެ. އެހެން ނަމަވެސް ޖީސީ އިމްތިހާނު ނިމެން ކައިރިވަމުން ދާ މި ދަނޑިވަޅުގައިވެސް އަދިވެސް މި އަންހެންކުއްޖާ އެއްވެސް އިމްތިހާނެއްގައި ބައިވެރިވެފައި ނުވާތީ މި މީހުން މި ހަދަން އުޅޭ ޖީސީގެ ހަޤީޤަތްވަނީ މިހާރު އޭނާގެ ފިރިމީހާއަށްވެސް ފަޅާއަރައި މުޅިން ވަރިފަށަށް އަރާފައެވެ. އެހެނީ ޖީސީ ގެ އިމްތިހާނުގައި ދެން އިށީންނަން ޖެހޭނީ މިދެމަފިރިން ލަންދޫ މެޖިސްޓްރޭޓް ކޯޓްގައި ކަމަށް އެ އަންހެން ކުއްޖާގެ ފިރިމީހާ މި ބްލޮގަށް މައުލޫމާތު ދޭތީއެވެ.
ރޭގަނޑު ކުޅިމަސްކެއުމަށާއި އެއަންހެންކުއްޖާ ލައްވާ ރޮށިފިހެގެންކެއުމަށް ތަކުރު މިހާރު ހުންނަނީ މޮޔަވެފަޔޯލައެވެ. އެހެން އުޅުމުގެ ތެރޭގައި ބައެއްރޭރޭ ތަކުރު އެއަންހެންކުއްޖާގެ ގެއިން ދަންވަރު ނިކުމެގެންދާ މަންޒަރުވެސް އޭނާގެ ފިރިމީހާ އަށް ފެނި ފިރިމީހާއަށް ގޯސްނުހެދެނީސް ތަކުރަށް ސަލާމަތްވެވިފައިވަނީ ތަކުރުގެ ނަސީބަކުންކަމަށް ވެއެވެ.


މިރޭ ފެށޭ އެމްޑީޕީގެ ކޮންގްރެސް ކުރިއަށްދާނީ ފުރިހަމަ ޑިމޮކްރެޓިކް ރޫޙުގައިކަމަށް އެމްޑީޕީގެ ލަންދޫ މާބުދުގެ ގޮފީގެ ރައީސް އަދި ހިންގުންތެރި ލަންދޫގެ ޒުވާން ކައުންސިލަރ މަޖުދުއްﷲ އަބުދުރައްޒާގު ހާމަކުރައްވާފިއެވެ.
މިރޭ ފެށޭ އެމްޑީޕީގެ ކޮންގްރެސްގެ ކަންތައްތައް ކުރިއަށްދާނެ ރޫޙާމެދު މި ބްލޮގުން  ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމުހޫރިއްޔާ ދިރިއުޅުއްވާ ގެ ކޮޅު މުލިއާގޭ ހުޅަގު ފަރާތުގައި ހުންނަވާ މަޖޫ ވިދާޅުވީ މި ކޮންގްރެސް އަކީ މައިގަނޑު ގޮތެއްގާ ހިންގާ ޤަވާއިދަށް ބައެއް އިޞްލާޙު ގެނައުމަށް ބޭއްވޭ ކޮންގްރެސްއެއް ކަމަށެވެ
އެހެންކަމުން ހުށަހެޅިފައިވާ އިޞްލާޙުތަކަށް، އެ މެންބަރަކު ތާއީދު ކުރާ ގޮތަކަށް ކެމްޕޭނު ކުރާނެ ކަމަށާ ނަމަވެސް ކަންކަން ނިމިގެންދާނީ މެންބަރުންނަށް ފެންނަގޮތަކަށް މެންބަރުން ލާ ވޯޓަކުން ކަމަށެވެ. އަދި ވޯޓުގެ ނަތީޖާއަށް ހުރިހާ މެންބަރުންވެސް ފުރިހަމައަށް އިޙްތިރާމް ކުރައްވާނެ ކަމަށެވެ
” އެމްޑީޕީ އަކީ އަބަދުވެސް އަޣުލަބިއްޔަތަށް ލޯބިކޮށް އިހްތިރާމް ކުރާ ޕާޓީއެއް، ރާއްޖެއަށް ޑިމޮކްރަސީ ގެނައީ އެމްޑީޕީ. ވީމާ އަބަދުވެސް އެމްޑީޕީ އިން ހުރިހާކަމެއްވެސް ކުރާނީ ޑިމޮކްރެޓިކް ރޫހުގައި. ޑިމޮކްރަސީގެ ހަމަތަކުގެ މަތިން”  ކަމަށްވެސް މަޖުދުއްﷲ އަބުދުރައްޒާގް (މަޖޫ) ވިދާޅުވިއެވެ


މިއީ އަޅުގަޑު ލިޔެސް އޮންލައިން އިން ކޮޕީ ކޮއްފައިވާ ލިޔުމެކެވެ.މި ލިޔުމުގެ ޒިންމާ އުފުލާނީ ކިޔުންތެރިންނާއި ބެލުންތެރިންނެވެ.މެއްޑޯ
ތިރީސް އަހަރުގެ ދިގު ވެރިކަން ހަތަމްކޮށް އަޅުގަނޑުމެން މިހާރު މިދެކޭ ވެރިކަމަށް ފުރޮޅައިލުމުގައި ފުރަތަމަ އިސްސަފްގައި ހަނގުރާމަ ކުރެއްވީ ވަރަށްވެސް މަދު ބައިކޮޅެކެވެ. ސަބަބަކީ ސިޔާސީ ގޮތުން ވިޔަސް ދީނީ ގޮތުން ވިޔަސް އަނގަފުޅާކޮށްފިމީހަކު ދެވަނަދުވަހު ތަޖުރިބާކުރަންޖެހޭނީ ޖަލުގެ އަނދިރި ގޮޅިތަކަށްވުމެވެ. ނަމަވެސް އެ މަދު މީސްކޮޅު އަތްފައި ބިންދައި ޒަޙަމް ކުރިނަމަވެސް ހިތްވަރުކޮށް މައުމޫނިއްޔަތުގެ ފަލްސަފާ ނިމުމަކަށް ގެނައެވެ. ވެރިކަން ނިމުމަކަށް ގެނަޔަސް އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާ ގޮތުގައި ބަދަލްވީ ހަމައެކަނި ވެރިމީހާއެވެ. ބާރާއި ނުފޫޒު އަދިވެސް މުޅިޔަކުން ޤަދީމީ ވެރިކަމުގެ އަތުން ބީވެނުދާކަހަލައެވެ. ކުރީގެވެރިކަމުގައި އެޅިފައިވާ ވަރުގަދަ ނުފޫޒުގެ ނެޓްވޯރކްގެ ސަބަބުންނެވެ. އަދުލްއިންސާފްގެ ދާއިރާގަޔާއި އަދިވެސް ސަރުކާރުގެ ބާރުހުރި އެތަކެއް މުއައްސަސާއެއްގައި ތިބީ ހަމަ ކުރިން އެޅިފައިވާ ނެޓްވޯކްގެ މައިމޫތަކެވެ. މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް އެއުޅެނީ ހިންދެމިނުލެވިގެންނެވެ. ވަޒީފާގެ މާހައުލުގައި އެއްބާރުލުން ނުދިނުމާއި ގޮތްދޫނުކުރުމާއި ފިތުނަ ފަސާދަ އުފެއްދުމާއި ކުރިން ވެރިކަން ކުރަމުން އައި ސަޤާފަތު ފަސްބައިގައި ހުރި ލައްތައް ފިލުވާލުމުގެ މަސައްކަތުގައި މިބުނާ ނެޓްވާރކް އޮންނަނީ ފައިމުޑި ވިއްދާފައެވެ. މިއީ ހަމައެކަނި މާލޭގެ ސިޔާސީ މަސްރަޙުގައި ހިނގާ ކަމެއްނޫނެވެ. ރަށްފުށުގައިވެސް ހާލަކީ އަދިވެސް މިއެވެ.

އަޅުގަނޑުމެން ރަށް ލަންދޫގެ މަސްރަހަށް ބެލިކަމުގައިވިޔަސް އަދިވެސް އެއްކަލަ ހައްސަބައިގެން ލަފާދޯނިން ބޭނި އެންމެފަލަ ގޮދާ ކަތީބު ގެޔަށް ގެންދާ ޝަގާފަތް ކެނޑި ސާހީ ހާންދާނުގެ ބާރާއި ނުފޫޒުތައް ކެނޑޭ މަންޒަރު ފެންނަން ފެށުމުން ރަސްމަތިފުށު ދެތިން ކެނަ ނިކުމެ އެބަ އުޅޭތާއެވެ. އަދިވެސް މި ވެރިންގެ ދުއްތުރާތަށް ފޯރާ ރަށުގެ އެތައް ޢާއިލާތަކެއް އެބަހުއްޓެވެ. ނިކަމެތި ޢާއިލާއެއްގެ މީހަކަށް މޮޅުކަމެއް ލިބުން އެއީ މިވެރިން ޤަބޫލުކުރާ ނުވަތަ ބަލައިގަންނަ ނަޒަރިއްޔާއެއްނޫނެވެ. ކޮންމެ ބޮޑުކަމަކާއި ކޮންމެ ރީތި ނަމެއް ލިބެންޖެހޭނީ ސާހީ އާއިލާއަށެވެ. ރަށަށް ފައިދާ ހުރި ކަމެއް ބަޔަކު ކުރާނަމަ މިވެރިންގެ ތަންތަނަށް ތުރާވަނީ މިހެންވެއެވެ. ކިތަންމެ ނިކަމެތި އާއިލާއަކުން ނަމަވެސް ތަންކޮޅެއް ރަނގަޅު ތަޢުލީމީ ދަރިޔަކު އުފެދިއްޖެނަމަ އެ ކުއްޖަކު ބޮނޑިދަށުލާން މަސައްކަތްކުރާވާހަކަ މިއީ އަޅުގަނޑު އެކަނި ދައްކާ ވާހަކައެއްނޫނެވެ. ރަށު އެންމެން ދައްކާވާހަކައެވެ. މިހިރަ މިހިރަ ކަންތައްތަކާހުރެ ރަށްދެކެ ލޯބިވާ އެތައް ދަރިޔަކު އަދި ތަޢުލީމީ އެތައް ޒުވާނުންނެއް މިއަދު ތިބީ އެހެން ރަށަކަށް އަމިއްލައަށް އަރުވާލެވިގެންނެވެ. ރަށުގެ ތަޢުލީމީ ދާއިރާއަށް ޙިދުމަތްކުރަން ބޭނުން އެތައް ޒުވާނުންނެއް ރިޝޯޓް ދާއިރާގަޔާއި އެހެނިހެން ވަޒީފާ ތަކުގައި މިއަދުވެސް އެބަތިއްބެވެ. ސިޔާސީ ދާއިރާގައި އަދި ރަށް ހިންގުމުގެ އިސް ސަފުގައި ޙިދުމަތްކުރަން ބޭނުން އެތައް ޒުވާނުންނެއް އެބަތިއްބެވެ. ނަމަވެސް އެކަހަލަ ވާހަކައެއް ހަމަ ދައްކާއިރަށް ނުވަތަ އެކަހަލަ ފުރުސަދެއް އަރުވަން ވެގެން އެއިން ބޭފުޅަކާއި ވާހަކަ ދައްކާއިރަށް ޖަވާބުގައި އަންނަނީ " ރަށުގައި އެތިބަ މިވެނި މީހަކު އެވެނި މީހަކު ހުއްޓާ ތިޔަތާކަށް ދާކަށް އަހަރެންނަކަށް ލާހިކެއްނޫން " އެވެ.

ގިނިދުއްމީހާ ރަތްމަލަށް ބިރުގަންނަފަދައިން މިފަދަ ޒުވާނުން މިތިބީ އެވެރިން ކުޑައިރު ފެނުނު މަންޒަރުތަކުންނާއި ތަޖުރިބާކުރެވުނު ދުވަސްތަކުގެ ސަބަބުން ހިތް ބިރުގަނެފައެވެ. ކަނޑުދޮންބެޔާއި އެއްގަންބެ ދެކެ ބިރުގަންނަފަދައިން އަދިވެސް ބައެއް ޒުވާނުން އަޅުގަނޑުގެ އެކުވެރިންގެ ބަޙުރުވައިންނަމަ "ޖީތަންދުރާ" މެން ދެކެ ބިރުގަނެވެ. ވާނީވެސް އެހެންތާއެވެ. ޖީތަންދުރާ މެންގެ ބާރު އޭރުގައި އަތިރީކޮޅުން ފެށިގެން އާމަގާއި ހަމަޔަށް ފެތުރިފައިވެއެވެ. މިއަދު މިހާވަރަށް ރަސްމަތިފުށުގޭ ދަރިން ހަނަފަސް ސަހަރާއެއްގައި ރޯމަސް ތެޅޭ އުސޫލުން މިތެޅެނީ އެދުވަހުގެ ބާރުތައް ކެނޑި އެވެރިންގެ ބަސްއަހާ ހެޔޮހިތުން އަގައިންބުނެ ބޯކޮށްޕާލާނެ މީހުން މަދުމަދުން ގޮސް ހުސްވާތީ ކަންނޭންގެއެވެ. ރޮނޑު ކެޔޮޅާއި އެކު ކޮންމެ ހުކުރުދުވަހަކު ރޮނޑު ބާނަން ދާނެ ޔާރަކު ނުވާތީ ކަންނޭންގެއެވެ. ރަނގަޅުވާހަކައެއް ބުނަންހެއްޔެވެ. އެދުވަހުވެސް އެކުދިން ކެޔޮޅާއި އެކު ރޮނޑުބާނަން އެދަނީކީ ދާހިތަކުންނެއް ނޫނެވެ. އާދިއްތަދުވަހު ކުލާހުގައި އިންނަން ބޭނުންވާތީއެވެ. ރޮނޑުކެޔޮޅުގެ ރޮނޑު މަސްވެރިކަމާއި އެއްގަމު މަސްވެރިކަން ނުދަންނަ މީހަކު ލަންދުއަކު ނެތެވެ. އެއްގަންބެ ހިނގާހެން ލޮނުގެ ވަލިމަގުންނާއި ކެޔޮފީންވަލުވަލު ތެރެއިން ތިޔަކުރާ މަސްވެރިކަން ލަންދޫގެ ވަރަށްގިނަމީހުންނަށް އެނގެއެވެ. ގިނަ ރޭރޭ ގެޔަށް އަންނައިރު ދެ ދަރިންގެ މަންމަ ފިލައި ރައްކާވެގެން ޓޯޗް ބައްތި ހިފައިގެން ހޯދަން ނިކުންނަން ޖެހޭ ރޭރޭ ވަރަށް ގިނަދޯއެވެ. ރޭގަނޑު ގަޑިނަގައިދޭން ގޮސް ސްޓާފްރޫމްގައި ބޮކި ނިއްވައިގެން ތިމާޔާއެކު މަސައްކަތްކުރާ އެހެން މިސް މެންނާއިއެކު ލެޝަންޕްލޭން ހަނދަން ތިބެނީ ބޮކި އަލީގައި މަސައްކަތް ކުރުމަށްވުރެ އަނދިރީގައި މަސައްކަތްކުރަން ފަސޭހަ ވީމާ ހެއްޔެވެ. އަދިވެސް އިތުރަށް ބޭނުންހެއްޔެވެ. ބޭނުންނަމަ (މުހައްމަދު ފަޔާޟު / ސާނާ ނ.ލަންދޫ 9934399 ) އަޅުގަނޑާއި ގުޅާލާށެވެ. މަޑުން މިތިބެނީ ނޭންގޭތީ އަދި ބިރަކުންނެއްވެސް ނޫންވެ. ޅަ އުމުރުގެ ޓީޗަރަކަށްވީތީ އޭރުވެސް ކުރި އިޙުތިރާމް މިހާރުވެސް ކުރާތީއެވެ. އެކަމަކު ދުލުގައި ހިފައި ދަމާނަމަ މިއަދު ކެތްކުރަން ވަރަށް ދަތިވާހަކަ ހިތާމަޔާއިއެކު ދަންނަވަމެވެ. ސިހުންވެ ފަހަތަށް ޖެހޭނެ ސޮކޭއެއް ޖީތެއް ތިޔަ ފަސްގަނޑަކު އަދި ނެތެވެ. ފަހަރުގައި ކުރިޔަށް އޮތްތަނުގައި ކަންތައްތައް ވާނެގޮތެއް އެއީ އެއްވެސް މީހަކަށް އެނގޭނެކަމެއް ނޫނެވެ.

ނިންމާލަމުން ލަންދޫގެ ހުރިހާ ރައްޔިތުންނަށާއި ޒުވާނުންނަށް ބުނެލަން އޮތީ އަޅުގަނޑުމެން މިއަދު އެދޭ ކަންތައްތަކުގެ މައްޗަށް ފިކުރުކުރަންވާނީ ކާހިނުންގެ ކަހާނީތަކަށް ބުރަވެގެންނެއް ނޫންކަމެވެ. ބިރުގަންނަންވީ ހަމައެއްވެސް ކަމެއްނެތެވެ. ތިމާގެ ރަށަށާއި އަމިއްލަ ފަސްގަނޑަށް ހިދުމަތް ކުރަން ފުރުސަތު ލިބޭހިނދު މޫނު އަނބުރާ ނުލާށެވެ. ނިކަން ކެރިތިބެ ހޫނު ޒުވާން ލޭގެ ހުރިވަރު ދައްކާ ބޮޑު ޙަރަދު ކޮށް ލައްފިލުވަން ހުރުމަތްތެރިވެގެންވާ ރަށަށް ގޮސްފައި އެނބުރި އައިސްވެސް މީހުންގެ މަސް ކަށިހަފައި ކާން ހޭވައްޓާލައި ދިމާކޮށްގެން އުޅޭ ދޮޅުރޯނާ ތަކަށް ބޮޑު ކޯކް ދެމާ ބަހީއެވެ. ތިމާއަށް ލިބިފައިވާ ހުނަރާއި ތަޢުލީމްގެ ބޭނުންހިފާ އަމިއްލަ ރަށަށް ކުރިއެރުމާއި ފާގަތިކަން ގެނެސްދިނުމުގައި ބައިވެރިވަމާ ހިނގާށެވެ. ކުރިޔަށް އޮތް ރަށު ކައުންސިލް އިންތިޙާބްގައިވެސް ވާދަކޮށް ކާމިޔާބްގެ އައްސޭރިޔަކަށް އަޅުގަނޑުމެންގެ ރަށް ގެންދަމާބަހީއެވެ. އަދިވެސް ފުރުސަތު އެބައޮތެވެ. ޕާޓީޔަކުން ކުރިމަތިލާން ބޭނުންފުޅު ނުވާނަމަ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައިވެސް ކުރިމަތިލަމާ ހިނގާށެވެ. ނޫނީ މާދަމާ އަހަރެމެންގެ ރަށުގެ މުސްތަޤުބަލްގެ ހުންގާނު ތަނެއްދޮރެއް ނުދަންނަ ދުނިޔެއަށް ޖެހޭ އޮޔާއި ވައި ނޭނގޭ ބައެއްގެ އަތްމަތްޗަށް ދޫކުރެވޭތަން އައިސް ދާނެއެވެ. 1880 ގެ އަހަރުތަކުގައި އިނގިރޭސިވިލާތުގައި ރަސްކަން ކުރެއްވި ކްއީން ވިކްޓޯރިޔާގެ ދައުރުގައި ޕްރައިމް މިނިސްޓަރުކަން ކުރެއްވި ބެންޖަމިން ޑިސްރާއިލީ ބެނެފައިވެއެވެ.

The secret of success in life is to be ready for your opportunity

އަނެއްކާވެސް މުޅިން އާ ވެބް ސައިޓެއް

Posted by EmTwo Investment Thursday, October 14, 2010 0 comments


 އަޅުގަނޑް މުހައްމަދު އިބްރަާހިމް ލަންދޫ ލައިވްގެ ނަމުގައި މުޅިން އާ ވެބްސައިޓެއް ހިންގަން ފެށި ވާހަކަ މި ބްލޮގުގެ އެންމެހާ ކިޔުންތެރިންގެ މައުލޫމާތަށްޓަކާ ދަންނަވަން.އަޅުގަނޑާއި އެކު މި ކަމުގައި ހަރަކާތް ތެރި ވަނީ ލަންދުގެ ޒުވާން ކައުންސިލަރ މަޖުދުއްﷲ އަބުދުރައްޒާގާއި އަޅުގަނޑުގެ ދެ އެކު ވެރިން ކަމުގައިވާ އަލްއަހު އިބްރާހިމް ފާއިޒް ސޮޕަޓޭ އާއި ސަލީމް ހުސައިން މެއްޑޯ.މި ވެބްސައިޓް ސުޕޮންސަރ ކޮއްފައިވަނީ މަރީގެ އައިޑިއަލް ނެޓާއި މެއްޑޯގެ އެމްޓޫ އިންވެސްޓްމަންޓުން.މި ފުރުސަތުގައި މިފަރާތް ތަކަށް މި ކަމުގެ ހައްގު ސުކުރު އަރިސްކުރަން...
މި ވެބް ސައިޓްގެ އެޑްރެހަކީ www.landhoolive.com
ލަންދޫ ލައިވް ގެ ހަޤީޤީ މަޤްޞަދަކީ ލަންދޫގައިި މިނިވަން ހަމަހަމަ ނޫސްވެރިކަމެއްކުރުމަށް މަގުފަހިކުރުމާއި ، ހަޤީޤަތް ކިއުންތެރިންނާހަމައަށް ގެނެސްދިނުމާއި ، މަޢުލޫމާތުތަށް ހޫނުކަންމަތީ ކިއުންތެރިންނާހަމައަށް ފޯރުކޮށްްދިނުމާއި ، ތަފާތު ގިނަ މަޢުލޫމާތުތަށް ކިއުންތެރިންނާހަމައަށް ގެނެސްދިނުމާއި ، ކިއުންތެރިންގެ ހިތްތަކުގައި ނޫސްވެރިކަމަށް ލޯބިޖެއްސުމާއި ، ނޫސްވެރިންނަކީ ޒިންމާދާރު ބައެއްކަން ކިއުންތެރިންނަށް ސާބިތުކޮށްދިނުމެވެ .
ލަންދޫ ލައިވުން ބޭނުންވަނީ މިރަށުގައި އުފެދިފައިވާ ހުރިހާ ވެބްސައިޓްތަކާއި ހުރިހާ ބްލޮގްތަކުންވެސް ވަކިފަރާތަކަށް ނުޖެހި ހަމަހަމަކަމާ އިންސާފުން ނޫސްވެރިކަންކުރުމަށާއި ، ލަންދޫގައި ގެއްލިފައިވާ ނޫސްވެރިންގެ އަގު އަނބުރާ އެމީހުންނަށް ހޯދައިދިނުމަށް މަސައްކަތްކޮށްދިނުމެވެ. މިކަންކުރެވޭނީ މިނިވަން ނޫސްވެރިކަމެއް ތަޢާރަފް ކުރެވިގެންނެވެ. މިކަމަށްޓަކައި ކުރަންޖެހޭކޮންމެކަމެއް ލަންދޫ ލައިވުން ކުރާންތައްޔާރަށްއޮތްކަމުގައި ދަންނަވަމެވެ.
ލަންދޫގައި މިހާރު ނޫސްވެރިކަމުގެ ޙާލަތު އޮތްގޮތަކީ ހަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމާއި ، މީހުންގެ ޒާތީ ކަންތައްތަކާ ބެހުމާއި ، އެކަކު އަނެކަކުގެ މަސް ކެއުމާއި ( އެމީހުންހިތުން ) ފިލައިގެން (އެކަމަކު އެންމެނަށްއެނގޭ ) ތިބެ މީހުންގެ އަބުރު ނަގާލުން ފަދަ ހަޑި މުޑުދާރު ގޮތްގޮތް ފެތުރުމެވެ. މިމީހުންވެސް އުޅެނީހަމަ މި މުޖުތަމަޢު ތެރޭ އެންމެންނާ އެކުގައެވެ. މިފަދަބޭފުޅުން މިކަންކަން އިސްލާހުކުރުމަށް މިފުރުސަތުގައި ގޮވާލަމެެވެ. އަދި އިސްލާމީ މުޖުތަމަޢުއެއްގައި މިކަންކަން މިގޮތަށް ހިނގުމަކީ ހިތާމަހުރި ކަމެކެވެ. އެހެންނަމަވެސް ޒިންމާދާރު އެހެނަސް މަދު ނޫސްވެރިންވެސް ލަންދޫގައި އުޅޭކަން ފާހަގަކުރަމެވެ. ނަމަވެސް ނޫސްވެރިންނަށް ރައްދުވާ ކޮންމެއެއްޗެއް ހަމަ އެމީހުންނަށްވެސް ރައްދުވާނެއެވެ. ވީމާ ނޫސްވެރިންގެ އަގު ނޫސްވެރިން ނުހިފަހައްޓާ އިތުރުބަޔަކު އެކަންކުރަން ނާންނާނެކަންވެސް ހަނދާން ކޮށްދެމެވެ. އަޅުގަނޑު އެދެނީ ލަންދޫގެ ނޫސްވެރިންނަށް ހެޔޮވިސްނުން ދެއްވާ މިރަށަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރުކުރެއްވުމެވެ. އާމީން

މަޖޫ އަށް ތި ހޯދި ކާމިޔާބަށް މަރުހަބާ

Posted by EmTwo Investment Wednesday, October 13, 2010 0 comments


ލަންދޫގެ ޒުވާން ކައުންސިލަރ މަޖުދުއްﷲ އަބުދުރައްޒާގަށް މިނިސްޓަރެއްގެ ނައިބަކާއި އެއްފެންވަރުގެ މަގާމެއް ދާދި ދެންމެއަކު ސަރުކާރުން ހުށައަޅައިފިއެވެ.މިކަން މިގޮތަށް ކުރަން ސަރުކާރުން ނިންމީ އެމަނިކުފާނު ފާއިތުވެ ދިޔަ ދުވަސްތަކުގައި ލަންދޫގެ ކައުންސިލަރަކަށް ހުރެ ރަށަށާއި ރައްޔިތުންނަށް ކޮއްދިން އަގު ނުކުރެވޭ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.މުޅި ރާއްޖެއަށް ހިނގަމުން މިދާ އަހަރުގެ ފެބުރުއަރީ މަހު ދިވެހި ރާއްޖެ ދުން އެންމެ އޯގާތެރި ރައީސް އެމަނިކުފާނުގެ ހިކުމަތު އަމަލީގެ ބޭނުން ހިއްޕަވާ ރާއްޖޭގެ މީހުން ދިރި އުޅޭ ހުރިހާ ރަށަކަށް އެރަށެއްގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި އައްޔަން ކުރި ކައުންސިލަރުންގެ ފެންވަރު ބަލާ އެކަށަ އެޅި ރިޕޯޓުން ފަހުރުވެރި އެއްވަނަ ދަރަޖަ ލިބުމާއި ގުޅިގެން މި މަގާމް ހުށައެޅި ނަމަވެސް މަޖޫ އެކަން ގަބޫލް ފުޅު ނުކުރައްވާ ކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ.މަޖޫ ބޭނުން ވަނީ އަދިވެސް ލަންދޫގެ ކައުންސިލަރ ކަމުގައި ލަންދޫގެ ރައްޔިތުންނަށް ހެޔޮގޮތް ހޯދައި ދިނުމުގައި ދެމި ހުންނަން ކަން ވަނީ ހާމަ ކުރައްވާފައެވެ.
މި ވަގުތުވެސް މި ބައްދަލް ވުން ކުރިއަށް ދާތީ އިތުރު މައުލޫމާތު ލިބުނުހާ އަވަހަކަށް ގެނަސް ދޭނެ ވާހަކަ ދަންނަވަން
                

ފެންނަ ނުފެންނަ ވޯޓްގެ ނަތީޖާ

Posted by EmTwo Investment Saturday, October 9, 2010 0 comments

އިދާރީގޮތުން ލަންދޫ އާއި މާފަރު ގުޅާލަން ފެނޭތޯ ބެލުމަށް މިއަދު ލަންދޫގައި ނެގުނު ވޯޓުމިހާރު ވަނީ ނިމިފައެވެ. މިވޯޓުގެ ނަތީޖާ ދައްކާ ގޮތުން ލަންދޫއިން ވޯޓުލުމުގެ ޝަރުތު ފުރިހަމަވާ މީހުންގެ ތެރެއިން ޖުމްލަ ވޯޓުލާފައިވަނީ 243 މީހުންނެވެ. އެއީ 102 ފިރިހެނުންނާއި 141 އަންހެނުންނެވެ.
ވޯޓުގެ ނަތީޖާ ދައްކާގޮތުން އިދާރީ ގޮތުން ލަންދޫ އާއި މާފަރު ގުޅާލުމަށް ފެންނަ ކަމަށް 6 ފަރާތަކުން ވޯޓުލައިފައިވާއިރު 180 ފަރާތަކުން މިކަމާ ދެކޮޅަށް ނުފެންނަ ކަމަށް ވަނީ ވޯޓުލާފައެވެ. މިކަމަށް ވޯޓުލާފައިވާ ފަރާތްތަކުގެ ތެރެއިން 57 ވޯޓު ވަނީ ބާތިލު ވެފައެވެ.
ވޯޓުގެ ކުރިންވެސް ގިނަބަޔަކު ވަނީ މިކަމާއިދެކޮޅު ކަން ހާމަކޮށްފައެވެ. މިިކަން އިއްޔެ ލަންދޫ ސްކޫލުގައި އޮތް ބައްދަލު ވުމުގައިވެސް ވަރަށް ރަނގަޅަށް ފާހަގަ ކުރެވިގެން ދިޔައެވެ.

އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ސަންޖެވިޓީއާއި ދި ވެހި ސަރުކާރު ގުޅިގެން ރައީސް މުހައްމަދު ނަސީދު ދިރި އުޅުއްވާ ގެކޮޅު މުލި އާގޭގައި އިރުގެ އަވިން ހަކަތަ އުފައްދާ ސޯލާޕެނަލެއް ހަރުކޮއްފިއެވެ.މިކަން އަޅުގަނޑު ތިޔަ ބެފުޅުންނާއި ހަމައަށް މިގެނައީ މި ކަމުގައި  މިވަގުތު މަލޭގައި ހުންނެވި އަޅުގަޑް މެން ރަށުގެ ޒުވާން ކައުންސިލަރ މަޖުދުއްﷲ އަބުދުރައްޒާގުވެސް އަމަލީ ގޮތުން ބައިވެރިވެފައި ވާތީއެވެ.   
މިޙަރަކާތަކީ، ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތްކުރާ އެމެރިކާގެ އަމިއްލަ ޖަމާޢަތެއް ކަމުގައިވާ "350.org"ން މި އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު (10/10/10) ފަށާ "ގްލޯބަލް ވާރކް ޕާޓީ" ކެމްޕެއިންގެ ތެރެއިން، ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ ގެކޮޅުތަކާއި އޮފީސްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް ހިންގާ ކެމްޕެއިންގެ ދަށުން ހިންގުނު ޙަރަކާތެކެވެ.

ސޯލާ ޕެނަލް ހަރުކުރެއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޢިއާދަކުރެވޭ ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް އިސްކަންދިނުމުގެ ބޭނުމަކީ، ތެލަށް ކުރެވޭ ޚަރަދު ކުޑަކޮށް، ރާއްޖެއިން ބޭރުވާ ބޭރުފައިސާ މަދުކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން އުފައްދާ ހަކަތައަކީ ތެޔޮ ބޭނުން ނުކޮށް، ރާއްޖޭގެ މުއްސަނދިކަން، ރާއްޖެއަށް ލިބޭ، އިރުގެ ދޯދި ބޭނުންކޮށްގެން ހަކަތަ އުފެއްދުން ކަމަށާއި، މިކަމުން ރާއްޖެއަށް ލިބޭ ފައިދާ ވަރަށްބޮޑު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެއިން މިކުރާ މަސައްކަތުން ދުނިޔެއަށް ކުރާ ފައިދާ ކުޑަވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ކުރާ މަސައްކަތުގެ މަޤްޞަދަކީ، ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވީނަމަވެސް، ރާއްޖެއަކީ މިސާލެއްގެ ގޮތުގައި ދުނިޔޭގެ އެހެން ޤައުމުތަކަށް ބެލެވިގެން، އެޤައުމުތަކުންވެސް ތިމާވެށި ޙިމާޔަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޯޕަންހޭގަން އެކޯޑްގެ ދަށުން، ރާއްޖެއިން ވަނީ 2020 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ހަކަތައިގެ ދާއިރާ ފެހިކޮށް، ކާބަން ނިއުޓްރަލް ޤައުމަކަށްވާނެކަން ޢިއްލާނުކޮށްފައެވެ.

މިއަދު މުލީއާގޭގައި ސޯލާ ޕެނަލް މި ހަރުކުރެއްވީ، 2011 ވަނަ އަހަރުގެ ސްޕްރިންގް އައުމުގެ ކުރިން ވައިޓް ހައުސްގައި ސޯލާ ޕެނަލް ހަރުކުރައްވާނެކަން އެމެރިކާ ސަރުކާރުން ހާމަކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.

މުލީއާގޭގައި ހަރުކުރެވުނު ސޯލާ ޕެނަލް ސިސްޓަމުން 11 ކިލޯ ވޯޓްގެ ކަރަންޓް އުފެއްދޭނެއެވެ. އަދި މިސިސްޓަމުގެ އުމުރު ކަމުގައިވާ 30 އަހަރު ދުވަހުގެ ތެރޭގައި މުލީއާގެ ކަރަންޓް ބިލުން 300،000 ޑޮލަރަށްވުރެ ގިނަ ފައިސާ ރާއްޖެއަށް ސަލާމަތް ކުރެވޭނެއެވެ.

އެމެރިކާގެ ސަންޖެވިޓީ ކުންފުނިން، ކެލިފޯނިއާގައި ޑިޒައިން ކޮށްފައިވާ މިސިސްޓަމްގައި ބޭނުންކޮށްފައިވާ ސޯލާ މޮޑިއުލް ހަދިޔާ ކޮށްފައިވަނީ، ދެކުނު ކޮރެއާގެ އެލް.ޖީ. އިލެކްޓްރޯނިކްސްގެ ފަރާތުންނެވެ. މި ސިސްޓަމް ހިންގާ ބަލަހައްޓާނީ، މުލީއާގެ މުވައްޒަފުންނެވެ.

ސަންޖެވިޓީން މިހާރު ގެންދަނީ، މުލީއާގޭގައި ބޭނުންކުރެވޭ ކަރަންޓްގެ ޚަރަދު ކުޑަކޮށް، ހަކަތައިގެ އިސްރާފު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކުރުމަށްޓަކައި، މުލީއާގޭގެ ހަކަތައިގެ އޮޑިޓެއް ހަދަމުންނެވެ.

މުލީއާގޭގައި ސޯލާ ޕެނަލް ހަރުކުރައްވުމުގެ މަސައްކަތުގައި، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަންޖެވިޓީގެ ފައުންޑަރ އަދި ސީ.އީ.އޯ. މިސްޓަރ ޑެނީ ކެނެޑީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މުލީއާގޭގައި ސޯލާ ޕެނަލް ހަރުކުރެއްވުމަށް ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި މުހިންމު އަދި ހަރުދަނާ ނިންމެވުމެއް ކަމުގައި، މިސްޓަރ ޑެނީ ކެނެޑީ ވިދާޅުވިއެވެ. 


بسم الله الرحمن الرحيم
އެމްޓޫ އިންވެސްޓްމަންޓް
ނ.ލަންދޫ އޮއިވަރު
ލަންދޫ، ދިވެހިރާއްޖެ
ނަންބަރު: 01/2010/M2
ނޫސްބަޔާން
ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތަކާއިބެހޭ:
اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، وَالْعَاقِبَةُ لِلْمُتَّقِينَ ، وَلاَعُدْوَانَ إِلاَّ عَلَى الظَّالِمِينَ ، وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِينَ ،  وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ ، وَبَعْدُ !
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ދެ ޖިންސް އެއްކޮށްގެން ކިޔަވާ ދިނުމަށާއި ބޮޑެތިކުދިން ކިޔަވަމުންދާ ސްކޫލްތަކަށް ތުއްތު ކުދިން ކިޔަވަން ފޮނުވަންޖެހޭގޮތަށް  ނިންމާފައިވާ ނިންމުމާއިމެދު ކަންބޮޑުވަނީ ހަމައެކަނި އެމްޓޫ އިންވެސްޓްމަންޓަކުން ނޫނެވެ. އެއީ ކޮންމެ ދިވެހި މަންމަޔަކާއި ބައްޕަޔަކުވެސް އަދި ކޮންމެ ބެލެނިވެރިޔަކުވެސް ކަންބޮޑުވާނޭ ކަމެކެވެ. މިއުސޫލަށް ރާއްޖޭގެ ހުރިހައި ސްކޫލްތަކެއް ބަދަލު ކޮށްލުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ދައްކަވާ ބަހަނާ ތަކަކީ އެއްގޮތަކަށްވެސް ބުއްދި ގަބޫލުކުރާނޭ ބަހަނާ ތަކެއްނޫނެވެ. މީގެ ފައިދާ އެއް ކަމުގައި އެބޭފުޅުން ވިދާޅުވަމުންގެންދަވަނީ މިހެން ހެދުމުން ކުދީންގެ ކިޔެވުމާއި އަޚުލާގީ ފެންވަރު ރަގަޅު ވާނެ ކަމަށެވެ. ނަމަވެސް މިއީ ޙަގީގަތެއް ނޫންކަން ކޮންމެ މަންމަޔަކާއި ބައްޕަޔަކަށް އެގޭނެއެވެ.
ކޯއެޑިއުކޭޝަން ނުވަތަ ދެޖިންސު އެއްކޮށްގެން ކިޔަވައިދިނުމުގެ އުސޫލަކީ މި ޤަރުނުގެ ކުރީކޮޅުގައި ހުޅަނގުގެ ޤައުމުތަކުގައި ތަޢާރަފްކޮށް އަދި އިސްތިޢުމާރީ ބާރުތަކުން އިސްލާމީ ގައުމުތަކުގައި ފަތުރާފައިވާ އުސޫލެކެވެ. އެއީ އިސްލާމް ދީނުގައި ނުހަނު ބޮޑަށް ބާރު އަޅުއްވާފައިވާ ދެޖިންސް މަސްހުނި ނުވުމުގެ އުސޫލާއި ފުށުއަރާ އަދި އިސްލާމީ ސަގާފަތާއި ބީރައްޓެހި އުސޫލެކެވެ. އަދި މިކަމަކީ މިކަމުން ކޮށްފާނޭ ފައިދާޔަކަށްވުރެ މާބޮޑެތި ގެއްލުންތަކެއް އޭގެ ފަހަތުން ތަރުތީބުވެގެން އަންނަ ކަމެއްކަން މިޒަމާނުގެ ސައިންޓިފިކް ދިރާސާ ތަކުން ސާބިތު ވެފައިވާ ކަމެކެވެ. ތަޢުލީމީ ދާއިރާގެ ފުންނާބުއުސް އެދުރުންނާއި ނަފްސާނީ ޢިލްމުގެ މާހިރުން ކޮށްފައިވާ އެކިއެކި ދިރާސާ ތަކުން ހޯދިފައިވާ ގެއްލުން ތަކުގެ ލިސްޓުގައި ހިމެނޭ ބައެއް ކަންތަކުގެ ތެރޭގައި:
  • ލަންދޫ ސުކޫލްގެ ކުރީގެ ހީވާގި ޓީޗަރ އަދި މިހާރުގެ ސުކޫލުގެ ހެޑް އަލްއަޚް މުހައްމަދު އިބްރާހިމް ހާމަކުރައްވާގޮތުގައި ދެޖިންސް އެކުގައި ކިޔަވާދޭ މާޙަވްލުގައި އުޅޭ ކުދިން އެހެން ކުދިންނަށްވުރެ އަވަހަށް ބާލިޣު ވެއެވެ.  ޖިންސީ ހޯރމޯން ކަމުގައިވާ  ޓެސްޓެސްޓެރޯން އެހެންކުދީންނަށްވުރެ 20 ގުނަ އިތުރަށް ފިރިހެންކުދީންގެ ހަށިގަނޑުގައި އުފެދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފިރިހެން ކުދީން އުޅެން ޖެހެނީ ޖިންސީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. ހަމަމިގޮތަށް ކޯއެޑިއުކޭޝަން އުސޫލުން ކިޔަވާ އަންހެންކުދީންގެ ސެކްސް ހޯރމޯން ގެ މިންވަރު މައްޗަށް ދިއުމުގެ ނަތީޖާ އެއްގެ ގޮތުން  ވަރުބަލިވުމާއި ޑިޕްރެޝަން ފަދަ ކަންކަން ދިމާވެއެވެ. އަދި ކުދީންގެ ގިނަ ވަގުތު ތަކާއި، ވިސްނުމާއި ސަމާލުކަން ހޭދަ ވެގެން ދަނީ ކިޔެވުމަށްވުރެ ބޮޑަށް އަނެއް ޖިންސްގެ ކުދީންނާއި ދިމާލަށެވެ.
  • ދެ ޖިންސްގައި ލައްވާފައިވާ ޠަބީޢީ އަދި ނަފްސާނީ ތަފާތު ތަކުގެ ސަބަބުން ދެޖިންސްގެ ކުދީން ދަސްކުރާގޮތް ތަފާތެވެ. ސައިންޓިފިކް ދިރާސާ ތައް ދައްކާގޮތުން އަންހެން ކުދީންނަށް ބޭނުންވަނީ ފިރިހެން ކުދިންނަށް ބޭނުންވާ ވަރަށްވުރެ މަޑުމައިތިރި، އޯގާތެރި މާޙަވްލެކެވެ. އެއް ޢުމުރެއްގެ ފިރިހެން ކުދީނަށްވުރެ އަންހެންކުދީންެގެ އަޑުއެހުމުގެ ޙިއްސު ހަތަރު ގުނަ ބާރުގަދައެވެ. ވީމާ އަންހެން ކުދީންގެ ކިޔަވާ މާޙަވްލު ހަމަހިމޭން ވާންޖެހެއެވެ. ލޭންގުއޭޖް ނުވަތަ ބަސް ދަސްކުރުމުގެ ބާރު އަންހެން ކުދީންގެ ސިކުނޑީގައި އެއްޢުމުރުގެ ފިރިހެން ކުދީނަށްވުރެ 6 އަހަރު ދޮށި ކަމުގައި ދިރާސާ ތަކުން ދައްކައެވެ.
  • ކުޑަކުދީންނަށް ދިމާވާ ނަފްސާނީ އެތައް މަސްއަލަތަކެއްގެ އެއްސަބަބެއް ކަމުގައި ދެޖިންސް މަސްހުނި ކޮށް ކިޔަވާ ދިނުން ހިމެނެއެވެ. މީގެ ތެރޭގައި ހިމެނޭ އެއްކަމަކީ ކަންކަމަށް ސަމާލުކަން ދޭމިންވަރު ދަށްވެ އުޅުން ހަލަބޮލިވާ ބަލި  ނުވަތަ އެޓެންޝަން ޑެފިސިޓް ޑިސްއޯރޑަރ” (އޭ.ޑީ.ޑީ) އެވެ. ކޯއެޑިއުކޭޝަން އެންމެ ބޮޑަށް ފެތުރިފައިވާ އެމެރިކާގެ ބައެއް ހިސާބުތަކުގެ 25 އިންސައްތަޔާއި 50 އިންސައްތަޔާއި ދެމެދުގެ ކުދީންނަކީ މިބައްޔަށް ބޭސް ކާންޖެހިފައިވާ ކުދީންނެވެ. މީގެ އެންމެ މުހިންމު ސަބަބަކީ އެކުދީން ކިޔަވާ ކޯއެޑިއުކޭޝަންގެ މާޙައުލުކަމުގައި ނަފްސާނީ ޢިލްމުވެރީން އެއްބަސްވެ ލައްވައެވެ.
  • އެކިއެކި ގައުމު ތަކުގައި ކުރެވިފައިވާ އިތުބާރު ހުރި ސައިންޓިފިކް ދިރާސާ ތަކުން ސާބިތުވާ ގޮތުގައި ،ކިޔަވައިދޭ ފެންވަރާއި ގޮތް ރަނގަޅު، އެއްޖިންސްގެ ކުދީން ކިޔަވާ ސްކޫލް ތަކުގެ ދަރިވަރުންގެ ކިއެވުމަށް ދޭ ސަމާލު ކަމާއި ނަތީޖާ ރަގަޅެވެ. މިކަމަކީ ކެރީބިއަން ގެ ގައުމު ތަކާއި، ކެނެޑާ އަދި އޮސްޓްރޭލިއާ އަދި އިގިރޭސި ވިލާތުގައި ކުރެވިފައިވާ އެތައް ދިރާސާ އަކުން ސާބިތުވާ ކަމެކެވެ.
ދެ ޖިންސު އެއްކޮށް ކިޔަވާ ދިނުމުގެ އުސޫލަކީ މިފަދަ ފާޅުކަންބޮޑުގޮތުގައި ހުޅަނގުގެ ޤައުމު ތަކުގައި ޓެސްޓު ކުރެވި ފޭލް ވެފައިވާ އުސޫލަކަށްވެފައި، އަދި އެކަމަކީ މާތް ވެގެންވާ އިސްލާމް ދީނުގެ ޡަޤާފަތާއި ފުށުއަރާ ކަމަކަށްވާ އިރުވެސް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އުސޫލު ރާއްޖޭގައި އަލުން ދިރުވައި އާލާ ކުރަން ކުރާމަސައްކަތަކީ ޙައިރާންވާން ޖެހޭ ކަމެކެވެ. އެބޭފުޅުން ދައްކަވާ ބަހަނާއަކީ މިހާރުވެސް ކިޔަވާ ދެނީ މިއުސޫލުން ކަމަށްވާއިރު ބާކީ ހުރި ދެތިން ތަނުގައިވެސް މިކަން ނުކުރަންވީ ކީއްވެ ހެއްޔެވެ؟ ގިނަ ތަންތަނުގައި ނުރަގަޅު ގޮތަށް ކަންތައް ހުރުމަކީ ބާކީ ހުރި ތަންތަނަށްވެސް އެގޮތް ތަޢާރަފް ކުރުމަށް އޮތް ޢުޛުރެއް ނޫނެވެ.  ނުރަނގަޅުގޮތަށްހުރި ކަންތައްތައް ރަނގަޅުކުރުމުގެ ބަދަލުގައި އިތުރަށް ގޯސްކުރަން މައްސައްކަތް ނުކުރުމަށް ތަޢްލީމީ ވުޒާރާއަށް އިލްތިމާސް ކުރަމެވެ. އަޙުމަދިއްޔާ ސްކޫލްގެ ނަތީޖާ ރަނގަޅުވަނީ  ކޯ އެޑިއުކޭޝަން އުސޫލަށް ތަބާވާތީ ކަމުގައި މީގެ ބައެއް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް ޙަގީގަތަކީ އެސްކޫލުގައި ދެޖިންސްގެ ކުދީން ކިޔަވަމުން ދަނީ މުޅީން ވަކި ކްލާސް ތަކެއްގައެވެ. އަދި ދެ ޖިންސްގެ ކުދީން ވަދެ ނިކުމެ ހަދާ ދޮރޯށިވެސް ވަނީ ވަކި ކުރެވިފައެވެ.
ދިވެހި ރާއްޖޭގެ ކިޔަވާކުދީންގެ އަޚުލާގީ ފެންވަރު ވަނީ ނިހާޔަތަށް ދަށަށް ގޮސްފައެވެ. ކިޔަވާ ކުދީންގެ ތެރޭގައި ބަދު އަޚުލާގީ ޢަމަލު ތައް އިންތިހާޔަށް އިތުރުވެފައިކަން ދާދި ފަހުން ކުރެވުނު ދިރާސާ ޔަކުން ދައްކާފައި ވެއެވެ.
އަދި ހަމައެއާއެކު ބޮޑެތި ކުދިން ކިޔަވަމުންދާ ސްކޫލްތަކަކަށް ތުއްތު ކުދިން ކިޔަވަން ގެންދިޔުމުން ކުރިމަތި ނުވެނުދާނޭ ނުރަނގަޅު އެތައްކަމެއް އެބަހުރިކަން ފާހަގަކޮށްލަމެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ނަފްސާނީ ގޮތުން ކުރިމަތިނުވެނުދާނޭ ގޮންޖެހުންތަކާއި އެކުދިންގެ އަޚްލާޤަށް ކުރިމަތިނުވެނުދާނޭ ނޭދެވޭ އަސަރުތައް ހިމެނޭކަމަށް ފުންނާބު އުސް ނަފްސާނީ މާހިރުން ހާމަކުރެއެވެ.
ކިޔަވާ ކުދިންގެ އަޚްލާޤީ ފެންވަރު ރަނގަޅުކުރުމަށާއި އެކުދިންގެ ތަޢުލީމީ ނަތީޖާ މަތިކުރުމަށް އިޚްލާސްތެރިކަމާއެކު މަސައްކަތްކުރަން ބޭނުންވާކަމުގައިވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ސާފުކޮށް އެނގެން އެބަހުއްޓެވެ. މީގެ ތެރޭގައި ތަޢުލީމީ ނިޒާމުގެ ތެރެއިން އަޙްލާޤަށް ވަކިން ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން، އަޚްލާޤު (ނުވަތަ ޑިސިޕްލީން) ކިޔަވައިދީ، އަޚްލާޤު އެންމެ ރަގަޅު ކުދިންނަށް އެވޯޑު ދިނުމާއި، އިސްލާމްދީނުގައި ކިޔެވުމަށާއި އަޚްލާޤަށް ދީފައިވާ އަހަންމިއްޔަތުކަން ދަރިވަރުންނަށް ދަސްކޮށްދިނުމާއި، ކުދީންގެ އީމާންތެރިކަން އިތުރުކުރުވުމަށް އެެެހީތެރިވުމުގެ ގޮތުން އެކި ޕްރޮގްރާމްތައް ހިންގުމާއި މިފަދަ އެތައްކަމެއް ހިމެނެއެވެ. އަދި ބެލެނިވެރިންނާއި ސަރުކާރުންނާއި މުޅި މުޖުތަމަޢުން ކިޔަވާކުދިންގެ އަޚްލާޤަށް ޚާއްސަ ސަމާލުކަމެއްދީ، އެގޮތުގެ މަތިން މަސައްކަތްކުރުން މުހިއްމެވެ. ކުދިންގެ ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުރަން އެންމެ މުހިއްމު ކަންތައްތަކުގެ ތެރޭގައި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުމާއި ކިޔަވައިދޭ ގޮތް ރަނގަޅުކުރުމާއި ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމާއި ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުން ހިމެނެއެވެ.

ުިމިފަދަ އެއްވެސް ކަމަކަށް އަހަންމިއްޔަތުކަން ނުދީ، އިސްލާމް ދިވެހި ދެމާއްދާ މަތީ ސާނަވީ ކްލާސް ތަކުގައި އިޚުތިޔާރު ކުރުމަށް އުޅުމާއި، ޢަރަބި އިސްލާމީ ތަޢުލީމު ދެމުންއައި މުއައްސަސާތައް އިހުމާލުކުރުމާއި މިފަދަ އެތައް ކަންތަކެއްގެ ސިލްސިލާގެ ތެރެއަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އިތުރު ކުރި މި މަސްއަލަ މިޤައުމުގެ ދީނާއި ޤައުމިއްޔަތުގެ ޙައްޤުގައި އެމްޓޫ އިންވެސްޓްމަންޓްގެ ފަރާތުން ވަރަށް ބޮޑަށް ކުށްވެރި ކުރަމެވެ.
މިފަދަ އެންމެހައި ކަންކަމާއިމެދު ސަމާލުވެ ތިއްބެވުމަށާއި، ދިވެހި ރާއްޖޭގެ ދީނާއި ވަޠަނިއްޔަތާއި ޤައުމުގެ މުސްތަޤްބަލުގެ ޙައްގުގައި މިފަދަ އެންމެހައި ކަންތައްތަކާއި ދެކޮޅަށް  އިހުތިޖާޖު ކުރެއްވުމަށް އެންމެހައި ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރީންނަށް ގޮވާލަމެވެ.
ސަލީމް ހުސައިން
އެމް.ޓޫ އިންވެސްޓްމަންޓް
 05 އޮކްޓޯބަރ 2010