އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ސަންޖެވިޓީއާއި ދި ވެހި ސަރުކާރު ގުޅިގެން ރައީސް މުހައްމަދު ނަސީދު ދިރި އުޅުއްވާ ގެކޮޅު މުލި އާގޭގައި އިރުގެ އަވިން ހަކަތަ އުފައްދާ ސޯލާޕެނަލެއް ހަރުކޮއްފިއެވެ.މިކަން އަޅުގަނޑު ތިޔަ ބެފުޅުންނާއި ހަމައަށް މިގެނައީ މި ކަމުގައި މިވަގުތު މަލޭގައި ހުންނެވި އަޅުގަޑް މެން ރަށުގެ ޒުވާން ކައުންސިލަރ މަޖުދުއްﷲ އަބުދުރައްޒާގުވެސް އަމަލީ ގޮތުން ބައިވެރިވެފައި ވާތީއެވެ.
މިޙަރަކާތަކީ، ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތްކުރާ އެމެރިކާގެ އަމިއްލަ ޖަމާޢަތެއް ކަމުގައިވާ "350.org"ން މި އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު (10/10/10) ފަށާ "ގްލޯބަލް ވާރކް ޕާޓީ" ކެމްޕެއިންގެ ތެރެއިން، ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ ގެކޮޅުތަކާއި އޮފީސްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް ހިންގާ ކެމްޕެއިންގެ ދަށުން ހިންގުނު ޙަރަކާތެކެވެ.
ސޯލާ ޕެނަލް ހަރުކުރެއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޢިއާދަކުރެވޭ ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް އިސްކަންދިނުމުގެ ބޭނުމަކީ، ތެލަށް ކުރެވޭ ޚަރަދު ކުޑަކޮށް، ރާއްޖެއިން ބޭރުވާ ބޭރުފައިސާ މަދުކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން އުފައްދާ ހަކަތައަކީ ތެޔޮ ބޭނުން ނުކޮށް، ރާއްޖޭގެ މުއްސަނދިކަން، ރާއްޖެއަށް ލިބޭ، އިރުގެ ދޯދި ބޭނުންކޮށްގެން ހަކަތަ އުފެއްދުން ކަމަށާއި، މިކަމުން ރާއްޖެއަށް ލިބޭ ފައިދާ ވަރަށްބޮޑު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއިން މިކުރާ މަސައްކަތުން ދުނިޔެއަށް ކުރާ ފައިދާ ކުޑަވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ކުރާ މަސައްކަތުގެ މަޤްޞަދަކީ، ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވީނަމަވެސް، ރާއްޖެއަކީ މިސާލެއްގެ ގޮތުގައި ދުނިޔޭގެ އެހެން ޤައުމުތަކަށް ބެލެވިގެން، އެޤައުމުތަކުންވެސް ތިމާވެށި ޙިމާޔަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޯޕަންހޭގަން އެކޯޑްގެ ދަށުން، ރާއްޖެއިން ވަނީ 2020 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ހަކަތައިގެ ދާއިރާ ފެހިކޮށް، ކާބަން ނިއުޓްރަލް ޤައުމަކަށްވާނެކަން ޢިއްލާނުކޮށްފައެވެ.
މިއަދު މުލީއާގޭގައި ސޯލާ ޕެނަލް މި ހަރުކުރެއްވީ، 2011 ވަނަ އަހަރުގެ ސްޕްރިންގް އައުމުގެ ކުރިން ވައިޓް ހައުސްގައި ސޯލާ ޕެނަލް ހަރުކުރައްވާނެކަން އެމެރިކާ ސަރުކާރުން ހާމަކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.
މުލީއާގޭގައި ހަރުކުރެވުނު ސޯލާ ޕެނަލް ސިސްޓަމުން 11 ކިލޯ ވޯޓްގެ ކަރަންޓް އުފެއްދޭނެއެވެ. އަދި މިސިސްޓަމުގެ އުމުރު ކަމުގައިވާ 30 އަހަރު ދުވަހުގެ ތެރޭގައި މުލީއާގެ ކަރަންޓް ބިލުން 300،000 ޑޮލަރަށްވުރެ ގިނަ ފައިސާ ރާއްޖެއަށް ސަލާމަތް ކުރެވޭނެއެވެ.
އެމެރިކާގެ ސަންޖެވިޓީ ކުންފުނިން، ކެލިފޯނިއާގައި ޑިޒައިން ކޮށްފައިވާ މިސިސްޓަމްގައި ބޭނުންކޮށްފައިވާ ސޯލާ މޮޑިއުލް ހަދިޔާ ކޮށްފައިވަނީ، ދެކުނު ކޮރެއާގެ އެލް.ޖީ. އިލެކްޓްރޯނިކްސްގެ ފަރާތުންނެވެ. މި ސިސްޓަމް ހިންގާ ބަލަހައްޓާނީ، މުލީއާގެ މުވައްޒަފުންނެވެ.
ސަންޖެވިޓީން މިހާރު ގެންދަނީ، މުލީއާގޭގައި ބޭނުންކުރެވޭ ކަރަންޓްގެ ޚަރަދު ކުޑަކޮށް، ހަކަތައިގެ އިސްރާފު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކުރުމަށްޓަކައި، މުލީއާގޭގެ ހަކަތައިގެ އޮޑިޓެއް ހަދަމުންނެވެ.
މުލީއާގޭގައި ސޯލާ ޕެނަލް ހަރުކުރައްވުމުގެ މަސައްކަތުގައި، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަންޖެވިޓީގެ ފައުންޑަރ އަދި ސީ.އީ.އޯ. މިސްޓަރ ޑެނީ ކެނެޑީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މުލީއާގޭގައި ސޯލާ ޕެނަލް ހަރުކުރެއްވުމަށް ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި މުހިންމު އަދި ހަރުދަނާ ނިންމެވުމެއް ކަމުގައި، މިސްޓަރ ޑެނީ ކެނެޑީ ވިދާޅުވިއެވެ.

0 comments