މިރޭ ފެށޭ އެމްޑީޕީގެ ކޮންގްރެސް ކުރިއަށްދާނީ ފުރިހަމަ ޑިމޮކްރެޓިކް ރޫޙުގައިކަމަށް އެމްޑީޕީގެ ލަންދޫ މާބުދުގެ ގޮފީގެ ރައީސް އަދި ހިންގުންތެރި ލަންދޫގެ ޒުވާން ކައުންސިލަރ މަޖުދުއްﷲ އަބުދުރައްޒާގު ހާމަކުރައްވާފިއެވެ.
މިރޭ ފެށޭ އެމްޑީޕީގެ ކޮންގްރެސްގެ ކަންތައްތައް ކުރިއަށްދާނެ ރޫޙާމެދު މި ބްލޮގުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމުހޫރިއްޔާ ދިރިއުޅުއްވާ ގެ ކޮޅު މުލިއާގޭ ހުޅަގު ފަރާތުގައި ހުންނަވާ މަޖޫ ވިދާޅުވީ މި ކޮންގްރެސް އަކީ މައިގަނޑު ގޮތެއްގާ ހިންގާ ޤަވާއިދަށް ބައެއް އިޞްލާޙު ގެނައުމަށް ބޭއްވޭ ކޮންގްރެސްއެއް ކަމަށެވެ
އެހެންކަމުން ހުށަހެޅިފައިވާ އިޞްލާޙުތަކަށް، އެ މެންބަރަކު ތާއީދު ކުރާ ގޮތަކަށް ކެމްޕޭނު ކުރާނެ ކަމަށާ ނަމަވެސް ކަންކަން ނިމިގެންދާނީ މެންބަރުންނަށް ފެންނަގޮތަކަށް މެންބަރުން ލާ ވޯޓަކުން ކަމަށެވެ. އަދި ވޯޓުގެ ނަތީޖާއަށް ހުރިހާ މެންބަރުންވެސް ފުރިހަމައަށް އިޙްތިރާމް ކުރައްވާނެ ކަމަށެވެ
” އެމްޑީޕީ އަކީ އަބަދުވެސް އަޣުލަބިއްޔަތަށް ލޯބިކޮށް އިހްތިރާމް ކުރާ ޕާޓީއެއް، ރާއްޖެއަށް ޑިމޮކްރަސީ ގެނައީ އެމްޑީޕީ. ވީމާ އަބަދުވެސް އެމްޑީޕީ އިން ހުރިހާކަމެއްވެސް ކުރާނީ ޑިމޮކްރެޓިކް ރޫހުގައި. ޑިމޮކްރަސީގެ ހަމަތަކުގެ މަތިން” ކަމަށްވެސް މަޖުދުއްﷲ އަބުދުރައްޒާގް (މަޖޫ) ވިދާޅުވިއެވެ
