މިއަހަރުގެ އޯލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ޙޯޑޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ލަންދޫ ސުކޫލުގެ ހެޑް އަލްފާޞިލް މުހައްމަދު އިބްރާހިމް ބުނުއްވައިފިއެވެ..
މުހައްމަދު އިބްރާހިމް ބުނީ ހުރިހާ އަހަރުތަކަށް ވުރެ މިއަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި އަހަރު ފެށުމާއެކު މަސައްކަތް ފެށިފައިވާކަމަށެވެ

ސުކޫލުގައި ޢާއްމުކޮށް ކިޔަވައި ދިނުމުގެ ފެންވަރު މަތި ކުރުމަށާއި އޯ ލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް އެކި އެކި ޓީޗަރުންނާއި ސުޕަވައިޒަރުން ކުރަމުންދާ މަސައްކަތް ވަރަށް ގާތުން ބައްލަވަމުންގެންދަވާކަމަށްވެސް މުހައްމަދު އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
އޯލެވެލް އިމްތިހާނުގެ ނަތީޖާއަށް ބަލާއިރު 2008 ވަނަ އަހަރަށް ވުރެ 2009 ވަނަ އަހަރުގެ ނަތީޖާ ވަނީ 5 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. މުހައްމަދު އިބްރާހިމް ވިދާޅުވެފައިވަނީ މިއަހަރުގެ އަމާޒަކީ އޯލެވެލް އިމްތިހާނުން ފާސްވާ ކުދިންގެ ނިޞްބަތް 60 އިންސައްތައަށް މަތިކޮށް 2009 ވަނަ އަހަރާއި އަޅާބަލާއިރު 80 އިންސައްތަ މައްޗަށް ޖެއްސުން ކަމަށެވެ. އަދި މި ހިނގާއަހަރުގެ ތެރޭގައިއެކި އެކި ގުރޭޑްތަކުން ފާސްވާ ކުދިންގެ ނިޞްބަތް ދަށްވެގެން 95 އިންސައްތައަށް އުފުލުން ކަމަށެވެ

ދަރިވަރުންގެ ފެންވަރު މަތިކުރުމަށް އިތުރު ކްލާސްތަކަށް ގެންދިއުމާއި އެހެނިހެން ގޮތްގޮތުން މަސައްކަތްކުރުމުގައި މިހާރު ވެސް ބެލެނިވެރިން ކުރަމުންގެންދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށާއި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމުގައި ބެލެނިވެރިންގެ މަސްއޫލިއްޔަތަކީ ވެސް ވަރަށް މުހިއްމު މަސްއޫލިއްޔަތެއް ކަމަށްވެސް މުހައްމަދު އިބްރާހިމް ވަނީ ވިދާޅުވެފައެވެ.