ވެލްކަމް މެސެޖް

މި ބްލޮގަށް ތިޔަ ދެއްވާ ތަރުހީބަށްޓަކައި އެމްޓޫ އިންވެސްޓްމަންޓްގެ ފަރާތުން ފަށްފަށުން ޝުކުރުވެރި ވަން.

ޑިއުޓީ ތާވަލް

އިރާކޮޅު:

އަބްދުﷲ ރިޔާޒް

މެންދަމު:

މުހަންމަދު ޒަކަރިއްޔާ

Powered by Blogger.

ދޭ ޚިދުމަތްތައް

ސެކިއުރިޓީ ބެލެހެއްޓުން ، އޮޑި ދޯނި ފަހަރު ބަނުން ، ރިސޯޓް ތަކުގައި ހުކުރު ކޮށްދިނުން ، ޑޭ އެންޑް ނައިޓް ފިޝިންގ އިންތިޒާމް ކޮށްދިނުން ، ތުއްތު ކުދިންނަށް ޤްރުއާން ކިޔަވަން ދަސްކޮށްދިނުން ، މާބަނޑު އަންހެނުން ވިއްސައި ދިނުން ، ސައި ހޮޓާ ހިންގައި ދިނުން ، ތެދުއުއި ވަޑާމާއި ކިއްސަރު ވަޑާން ކޮށްދިނުން ، އިދާރީ ލިޔެކިޔުންތައް ބަލަހައްޓައި ދިނުން ، ވިޔަފާރިތައް އޯޑިޓް ކޮށްދިނުން ، އޮޑި ދޯނި ފަހަރުގެ ރަޖިސްޓްރީ ހައްދައި ދިނުން ، ނަން ބޯޑް ތައްޔާރު ކޮށްދިނުން. އަދިވެސް އަދިވެސް.........

ލަންދޫގެ ތާރީހް އަބަދަށް ހެކިވާނެ ރީތި ސާއްބަ ހިތްގައިމް މަގެއް އިރާދަކުރެއްވިއްޔާ އަޅުގަޑް ވަރަށް އަވަހަށް ލަންދޫގެ ލޮބުވެތި ރައްޔިތުންނަށް ހަދައި ދޭނަމެވެ.މިހާރު ގެވަޅުތައް ދޫކުރެވިފައިވާ ދިމާލުން ބަނަދަރަށް ނިކުންނަ ގޮތަށް ހެދެމުން އެދާމަގު މިހާރު އަޅުގަނޑް މި އަންނަނީ އަޅުގަޑައް ވަފާތެރި ޓީމާއި އެއްކޮއް ޕްލޭން ކުރަމުންނެވެ.އޮޅި ވަޑައިގެން ނުވާނޭ ފަދައިނ ްމި ގާބިލް އަދި އެހާމެ ޒުވާން ޓީމުން އަޅުގަނޑާއް ލިބެމުން ދާ އެއްބާރުލުން އޭގެ ކޮޅުނެއްހާވެސް ދިގެވެ.މި އެންމެ ބޭފުޅުން ގެ ފުރިހަމ އެހީ ތެރިކަމައި އެކު  މިއީ އަޅުގަޑް ގެ މަސައްކަތްތަކުގެ ތެރެއިން 06 ވަނަ ގިއަރުގައި ލަންދޫއިން ފެނިގެން ދާނެ މަސައްކަތެކެވެ. އެގޮތުން ރޭގައި  އަޅުގަޑްވާނީ މިމަސައްކަތް ހިންގާނެ ގޮތުގެ ހުރިހާ ކަމެއް އެއްކޮޢް ނިންމާލާފައެވެ..
ލަންދޫގެ ލޮބުވެތި ރައްޔިތުންނޭވެ.އަޅުގަޑް އަބަދުވެސް މި ބަަލަނީ ރައްޔިތުންނަށް މޮޅުވާނެ ގޮތަކަށް މިކަންކަން ކުރެވޭތޯއެވެ.މި ގޮތުން ބަނދަރު ސަރަހައްދަކީ ފަސޭއިން އެއްމަގައް ވުރެ ގިނަ މަގުން ދެވޭނެ މަގަކަށް ހެދުމައްޓަކާ މި ކުރާ މަސައްކަތް ކާމިޔާބް ކަމާއި އެކު ވަރަށް ބާރަށް ކުރިއަށް ގެންގޮސް މި ހިނގާ އަހަރުގެ ފަހުކޮޅުގައި މުޅިން ރީތި މަގަކަށް ހަދާ ފެންވަރު ރަނގަޅު މަގެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ގޮތް ފަހި ކުރުމަކީ އަޅުގަނޑްގެ އުންމީދެކެވެ..އަދި ވަލުގެ ކަންތައް ހައްލު ކޮއްދިން ފަރާތަކަށް އަޅުގަޑް ރައްޔިތުން  ގަބޫލް ކުރާ ގޮތައް މި ރީތި މަގުގެ ވެސް ފަހަތަށާއި ކުރިއަށް އަޅުގަޑްގެ ނަން އުފަލުން ރައްޔިތުން ގެނުވާވަރު އަޅުގަނޑް ކުރާނަމެވެ.
ލަންދޫގެ އެންމެހާ ރައްޔިތުންނޭވެ.ގެވަޅުތައްވެސް ދެވުނީއެވެ.ނުވާނެ ކަމަށް ކުރިން ބުނި ނަމަވެސ ްރޭވުން ތެރި ކަމާއި އެކު މިކަންވެސް ކޮއް މި ނިމުނީ އެވެ.މާތް ﷲ ގެ އިރާދަ ފުޅާއި އެކު މިއަށްވުރެ ގިނަ ކަން ތައްތަކެއް އިތުރު މުސްތަގުބަލް ގައި ފެނިގެން ދާނެއެވެ.  މި ފުރުސަތުގައި މިކަމުގައި އަޅުގަޑަށް އެންމެ އެއްބާރުލުން ދެއްވާ އަޅުގަންދޫގެ ޓީމްގެ މެމްބަރ ސަލީމް ހުސައިނަށާއި މުހައްމަދު އިބްރާހިމް އަދި އިބްރާހިމް ފާއިޒަށް ވަރަށް އިހުލާސްތެރި ސުކުރެއް ދަންނަވަމެވެ.