ވެލްކަމް މެސެޖް

މި ބްލޮގަށް ތިޔަ ދެއްވާ ތަރުހީބަށްޓަކައި އެމްޓޫ އިންވެސްޓްމަންޓްގެ ފަރާތުން ފަށްފަށުން ޝުކުރުވެރި ވަން.

ޑިއުޓީ ތާވަލް

އިރާކޮޅު:

އަބްދުﷲ ރިޔާޒް

މެންދަމު:

މުހަންމަދު ޒަކަރިއްޔާ

Powered by Blogger.

ދޭ ޚިދުމަތްތައް

ސެކިއުރިޓީ ބެލެހެއްޓުން ، އޮޑި ދޯނި ފަހަރު ބަނުން ، ރިސޯޓް ތަކުގައި ހުކުރު ކޮށްދިނުން ، ޑޭ އެންޑް ނައިޓް ފިޝިންގ އިންތިޒާމް ކޮށްދިނުން ، ތުއްތު ކުދިންނަށް ޤްރުއާން ކިޔަވަން ދަސްކޮށްދިނުން ، މާބަނޑު އަންހެނުން ވިއްސައި ދިނުން ، ސައި ހޮޓާ ހިންގައި ދިނުން ، ތެދުއުއި ވަޑާމާއި ކިއްސަރު ވަޑާން ކޮށްދިނުން ، އިދާރީ ލިޔެކިޔުންތައް ބަލަހައްޓައި ދިނުން ، ވިޔަފާރިތައް އޯޑިޓް ކޮށްދިނުން ، އޮޑި ދޯނި ފަހަރުގެ ރަޖިސްޓްރީ ހައްދައި ދިނުން ، ނަން ބޯޑް ތައްޔާރު ކޮށްދިނުން. އަދިވެސް އަދިވެސް.........


މިއީ އަޅުގަޑު ލިޔެސް އޮންލައިން އިން ކޮޕީ ކޮއްފައިވާ ލިޔުމެކެވެ.މި ލިޔުމުގެ ޒިންމާ އުފުލާނީ ކިޔުންތެރިންނާއި ބެލުންތެރިންނެވެ.މެއްޑޯ
ތިރީސް އަހަރުގެ ދިގު ވެރިކަން ހަތަމްކޮށް އަޅުގަނޑުމެން މިހާރު މިދެކޭ ވެރިކަމަށް ފުރޮޅައިލުމުގައި ފުރަތަމަ އިސްސަފްގައި ހަނގުރާމަ ކުރެއްވީ ވަރަށްވެސް މަދު ބައިކޮޅެކެވެ. ސަބަބަކީ ސިޔާސީ ގޮތުން ވިޔަސް ދީނީ ގޮތުން ވިޔަސް އަނގަފުޅާކޮށްފިމީހަކު ދެވަނަދުވަހު ތަޖުރިބާކުރަންޖެހޭނީ ޖަލުގެ އަނދިރި ގޮޅިތަކަށްވުމެވެ. ނަމަވެސް އެ މަދު މީސްކޮޅު އަތްފައި ބިންދައި ޒަޙަމް ކުރިނަމަވެސް ހިތްވަރުކޮށް މައުމޫނިއްޔަތުގެ ފަލްސަފާ ނިމުމަކަށް ގެނައެވެ. ވެރިކަން ނިމުމަކަށް ގެނަޔަސް އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާ ގޮތުގައި ބަދަލްވީ ހަމައެކަނި ވެރިމީހާއެވެ. ބާރާއި ނުފޫޒު އަދިވެސް މުޅިޔަކުން ޤަދީމީ ވެރިކަމުގެ އަތުން ބީވެނުދާކަހަލައެވެ. ކުރީގެވެރިކަމުގައި އެޅިފައިވާ ވަރުގަދަ ނުފޫޒުގެ ނެޓްވޯރކްގެ ސަބަބުންނެވެ. އަދުލްއިންސާފްގެ ދާއިރާގަޔާއި އަދިވެސް ސަރުކާރުގެ ބާރުހުރި އެތަކެއް މުއައްސަސާއެއްގައި ތިބީ ހަމަ ކުރިން އެޅިފައިވާ ނެޓްވޯކްގެ މައިމޫތަކެވެ. މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް އެއުޅެނީ ހިންދެމިނުލެވިގެންނެވެ. ވަޒީފާގެ މާހައުލުގައި އެއްބާރުލުން ނުދިނުމާއި ގޮތްދޫނުކުރުމާއި ފިތުނަ ފަސާދަ އުފެއްދުމާއި ކުރިން ވެރިކަން ކުރަމުން އައި ސަޤާފަތު ފަސްބައިގައި ހުރި ލައްތައް ފިލުވާލުމުގެ މަސައްކަތުގައި މިބުނާ ނެޓްވާރކް އޮންނަނީ ފައިމުޑި ވިއްދާފައެވެ. މިއީ ހަމައެކަނި މާލޭގެ ސިޔާސީ މަސްރަޙުގައި ހިނގާ ކަމެއްނޫނެވެ. ރަށްފުށުގައިވެސް ހާލަކީ އަދިވެސް މިއެވެ.

އަޅުގަނޑުމެން ރަށް ލަންދޫގެ މަސްރަހަށް ބެލިކަމުގައިވިޔަސް އަދިވެސް އެއްކަލަ ހައްސަބައިގެން ލަފާދޯނިން ބޭނި އެންމެފަލަ ގޮދާ ކަތީބު ގެޔަށް ގެންދާ ޝަގާފަތް ކެނޑި ސާހީ ހާންދާނުގެ ބާރާއި ނުފޫޒުތައް ކެނޑޭ މަންޒަރު ފެންނަން ފެށުމުން ރަސްމަތިފުށު ދެތިން ކެނަ ނިކުމެ އެބަ އުޅޭތާއެވެ. އަދިވެސް މި ވެރިންގެ ދުއްތުރާތަށް ފޯރާ ރަށުގެ އެތައް ޢާއިލާތަކެއް އެބަހުއްޓެވެ. ނިކަމެތި ޢާއިލާއެއްގެ މީހަކަށް މޮޅުކަމެއް ލިބުން އެއީ މިވެރިން ޤަބޫލުކުރާ ނުވަތަ ބަލައިގަންނަ ނަޒަރިއްޔާއެއްނޫނެވެ. ކޮންމެ ބޮޑުކަމަކާއި ކޮންމެ ރީތި ނަމެއް ލިބެންޖެހޭނީ ސާހީ އާއިލާއަށެވެ. ރަށަށް ފައިދާ ހުރި ކަމެއް ބަޔަކު ކުރާނަމަ މިވެރިންގެ ތަންތަނަށް ތުރާވަނީ މިހެންވެއެވެ. ކިތަންމެ ނިކަމެތި އާއިލާއަކުން ނަމަވެސް ތަންކޮޅެއް ރަނގަޅު ތަޢުލީމީ ދަރިޔަކު އުފެދިއްޖެނަމަ އެ ކުއްޖަކު ބޮނޑިދަށުލާން މަސައްކަތްކުރާވާހަކަ މިއީ އަޅުގަނޑު އެކަނި ދައްކާ ވާހަކައެއްނޫނެވެ. ރަށު އެންމެން ދައްކާވާހަކައެވެ. މިހިރަ މިހިރަ ކަންތައްތަކާހުރެ ރަށްދެކެ ލޯބިވާ އެތައް ދަރިޔަކު އަދި ތަޢުލީމީ އެތައް ޒުވާނުންނެއް މިއަދު ތިބީ އެހެން ރަށަކަށް އަމިއްލައަށް އަރުވާލެވިގެންނެވެ. ރަށުގެ ތަޢުލީމީ ދާއިރާއަށް ޙިދުމަތްކުރަން ބޭނުން އެތައް ޒުވާނުންނެއް ރިޝޯޓް ދާއިރާގަޔާއި އެހެނިހެން ވަޒީފާ ތަކުގައި މިއަދުވެސް އެބަތިއްބެވެ. ސިޔާސީ ދާއިރާގައި އަދި ރަށް ހިންގުމުގެ އިސް ސަފުގައި ޙިދުމަތްކުރަން ބޭނުން އެތައް ޒުވާނުންނެއް އެބަތިއްބެވެ. ނަމަވެސް އެކަހަލަ ވާހަކައެއް ހަމަ ދައްކާއިރަށް ނުވަތަ އެކަހަލަ ފުރުސަދެއް އަރުވަން ވެގެން އެއިން ބޭފުޅަކާއި ވާހަކަ ދައްކާއިރަށް ޖަވާބުގައި އަންނަނީ " ރަށުގައި އެތިބަ މިވެނި މީހަކު އެވެނި މީހަކު ހުއްޓާ ތިޔަތާކަށް ދާކަށް އަހަރެންނަކަށް ލާހިކެއްނޫން " އެވެ.

ގިނިދުއްމީހާ ރަތްމަލަށް ބިރުގަންނަފަދައިން މިފަދަ ޒުވާނުން މިތިބީ އެވެރިން ކުޑައިރު ފެނުނު މަންޒަރުތަކުންނާއި ތަޖުރިބާކުރެވުނު ދުވަސްތަކުގެ ސަބަބުން ހިތް ބިރުގަނެފައެވެ. ކަނޑުދޮންބެޔާއި އެއްގަންބެ ދެކެ ބިރުގަންނަފަދައިން އަދިވެސް ބައެއް ޒުވާނުން އަޅުގަނޑުގެ އެކުވެރިންގެ ބަޙުރުވައިންނަމަ "ޖީތަންދުރާ" މެން ދެކެ ބިރުގަނެވެ. ވާނީވެސް އެހެންތާއެވެ. ޖީތަންދުރާ މެންގެ ބާރު އޭރުގައި އަތިރީކޮޅުން ފެށިގެން އާމަގާއި ހަމަޔަށް ފެތުރިފައިވެއެވެ. މިއަދު މިހާވަރަށް ރަސްމަތިފުށުގޭ ދަރިން ހަނަފަސް ސަހަރާއެއްގައި ރޯމަސް ތެޅޭ އުސޫލުން މިތެޅެނީ އެދުވަހުގެ ބާރުތައް ކެނޑި އެވެރިންގެ ބަސްއަހާ ހެޔޮހިތުން އަގައިންބުނެ ބޯކޮށްޕާލާނެ މީހުން މަދުމަދުން ގޮސް ހުސްވާތީ ކަންނޭންގެއެވެ. ރޮނޑު ކެޔޮޅާއި އެކު ކޮންމެ ހުކުރުދުވަހަކު ރޮނޑު ބާނަން ދާނެ ޔާރަކު ނުވާތީ ކަންނޭންގެއެވެ. ރަނގަޅުވާހަކައެއް ބުނަންހެއްޔެވެ. އެދުވަހުވެސް އެކުދިން ކެޔޮޅާއި އެކު ރޮނޑުބާނަން އެދަނީކީ ދާހިތަކުންނެއް ނޫނެވެ. އާދިއްތަދުވަހު ކުލާހުގައި އިންނަން ބޭނުންވާތީއެވެ. ރޮނޑުކެޔޮޅުގެ ރޮނޑު މަސްވެރިކަމާއި އެއްގަމު މަސްވެރިކަން ނުދަންނަ މީހަކު ލަންދުއަކު ނެތެވެ. އެއްގަންބެ ހިނގާހެން ލޮނުގެ ވަލިމަގުންނާއި ކެޔޮފީންވަލުވަލު ތެރެއިން ތިޔަކުރާ މަސްވެރިކަން ލަންދޫގެ ވަރަށްގިނަމީހުންނަށް އެނގެއެވެ. ގިނަ ރޭރޭ ގެޔަށް އަންނައިރު ދެ ދަރިންގެ މަންމަ ފިލައި ރައްކާވެގެން ޓޯޗް ބައްތި ހިފައިގެން ހޯދަން ނިކުންނަން ޖެހޭ ރޭރޭ ވަރަށް ގިނަދޯއެވެ. ރޭގަނޑު ގަޑިނަގައިދޭން ގޮސް ސްޓާފްރޫމްގައި ބޮކި ނިއްވައިގެން ތިމާޔާއެކު މަސައްކަތްކުރާ އެހެން މިސް މެންނާއިއެކު ލެޝަންޕްލޭން ހަނދަން ތިބެނީ ބޮކި އަލީގައި މަސައްކަތް ކުރުމަށްވުރެ އަނދިރީގައި މަސައްކަތްކުރަން ފަސޭހަ ވީމާ ހެއްޔެވެ. އަދިވެސް އިތުރަށް ބޭނުންހެއްޔެވެ. ބޭނުންނަމަ (މުހައްމަދު ފަޔާޟު / ސާނާ ނ.ލަންދޫ 9934399 ) އަޅުގަނޑާއި ގުޅާލާށެވެ. މަޑުން މިތިބެނީ ނޭންގޭތީ އަދި ބިރަކުންނެއްވެސް ނޫންވެ. ޅަ އުމުރުގެ ޓީޗަރަކަށްވީތީ އޭރުވެސް ކުރި އިޙުތިރާމް މިހާރުވެސް ކުރާތީއެވެ. އެކަމަކު ދުލުގައި ހިފައި ދަމާނަމަ މިއަދު ކެތްކުރަން ވަރަށް ދަތިވާހަކަ ހިތާމަޔާއިއެކު ދަންނަވަމެވެ. ސިހުންވެ ފަހަތަށް ޖެހޭނެ ސޮކޭއެއް ޖީތެއް ތިޔަ ފަސްގަނޑަކު އަދި ނެތެވެ. ފަހަރުގައި ކުރިޔަށް އޮތްތަނުގައި ކަންތައްތައް ވާނެގޮތެއް އެއީ އެއްވެސް މީހަކަށް އެނގޭނެކަމެއް ނޫނެވެ.

ނިންމާލަމުން ލަންދޫގެ ހުރިހާ ރައްޔިތުންނަށާއި ޒުވާނުންނަށް ބުނެލަން އޮތީ އަޅުގަނޑުމެން މިއަދު އެދޭ ކަންތައްތަކުގެ މައްޗަށް ފިކުރުކުރަންވާނީ ކާހިނުންގެ ކަހާނީތަކަށް ބުރަވެގެންނެއް ނޫންކަމެވެ. ބިރުގަންނަންވީ ހަމައެއްވެސް ކަމެއްނެތެވެ. ތިމާގެ ރަށަށާއި އަމިއްލަ ފަސްގަނޑަށް ހިދުމަތް ކުރަން ފުރުސަތު ލިބޭހިނދު މޫނު އަނބުރާ ނުލާށެވެ. ނިކަން ކެރިތިބެ ހޫނު ޒުވާން ލޭގެ ހުރިވަރު ދައްކާ ބޮޑު ޙަރަދު ކޮށް ލައްފިލުވަން ހުރުމަތްތެރިވެގެންވާ ރަށަށް ގޮސްފައި އެނބުރި އައިސްވެސް މީހުންގެ މަސް ކަށިހަފައި ކާން ހޭވައްޓާލައި ދިމާކޮށްގެން އުޅޭ ދޮޅުރޯނާ ތަކަށް ބޮޑު ކޯކް ދެމާ ބަހީއެވެ. ތިމާއަށް ލިބިފައިވާ ހުނަރާއި ތަޢުލީމްގެ ބޭނުންހިފާ އަމިއްލަ ރަށަށް ކުރިއެރުމާއި ފާގަތިކަން ގެނެސްދިނުމުގައި ބައިވެރިވަމާ ހިނގާށެވެ. ކުރިޔަށް އޮތް ރަށު ކައުންސިލް އިންތިޙާބްގައިވެސް ވާދަކޮށް ކާމިޔާބްގެ އައްސޭރިޔަކަށް އަޅުގަނޑުމެންގެ ރަށް ގެންދަމާބަހީއެވެ. އަދިވެސް ފުރުސަތު އެބައޮތެވެ. ޕާޓީޔަކުން ކުރިމަތިލާން ބޭނުންފުޅު ނުވާނަމަ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައިވެސް ކުރިމަތިލަމާ ހިނގާށެވެ. ނޫނީ މާދަމާ އަހަރެމެންގެ ރަށުގެ މުސްތަޤުބަލްގެ ހުންގާނު ތަނެއްދޮރެއް ނުދަންނަ ދުނިޔެއަށް ޖެހޭ އޮޔާއި ވައި ނޭނގޭ ބައެއްގެ އަތްމަތްޗަށް ދޫކުރެވޭތަން އައިސް ދާނެއެވެ. 1880 ގެ އަހަރުތަކުގައި އިނގިރޭސިވިލާތުގައި ރަސްކަން ކުރެއްވި ކްއީން ވިކްޓޯރިޔާގެ ދައުރުގައި ޕްރައިމް މިނިސްޓަރުކަން ކުރެއްވި ބެންޖަމިން ޑިސްރާއިލީ ބެނެފައިވެއެވެ.

The secret of success in life is to be ready for your opportunity