ވެލްކަމް މެސެޖް

މި ބްލޮގަށް ތިޔަ ދެއްވާ ތަރުހީބަށްޓަކައި އެމްޓޫ އިންވެސްޓްމަންޓްގެ ފަރާތުން ފަށްފަށުން ޝުކުރުވެރި ވަން.

ޑިއުޓީ ތާވަލް

އިރާކޮޅު:

އަބްދުﷲ ރިޔާޒް

މެންދަމު:

މުހަންމަދު ޒަކަރިއްޔާ

Powered by Blogger.

ދޭ ޚިދުމަތްތައް

ސެކިއުރިޓީ ބެލެހެއްޓުން ، އޮޑި ދޯނި ފަހަރު ބަނުން ، ރިސޯޓް ތަކުގައި ހުކުރު ކޮށްދިނުން ، ޑޭ އެންޑް ނައިޓް ފިޝިންގ އިންތިޒާމް ކޮށްދިނުން ، ތުއްތު ކުދިންނަށް ޤްރުއާން ކިޔަވަން ދަސްކޮށްދިނުން ، މާބަނޑު އަންހެނުން ވިއްސައި ދިނުން ، ސައި ހޮޓާ ހިންގައި ދިނުން ، ތެދުއުއި ވަޑާމާއި ކިއްސަރު ވަޑާން ކޮށްދިނުން ، އިދާރީ ލިޔެކިޔުންތައް ބަލަހައްޓައި ދިނުން ، ވިޔަފާރިތައް އޯޑިޓް ކޮށްދިނުން ، އޮޑި ދޯނި ފަހަރުގެ ރަޖިސްޓްރީ ހައްދައި ދިނުން ، ނަން ބޯޑް ތައްޔާރު ކޮށްދިނުން. އަދިވެސް އަދިވެސް.........

މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލަރު އާދަމް ފާއިޒް، އެމްއެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ވެލިދޫ ޑީއާރުޕީ ގޮފީގެ ރައީސް  މުހައްމަދު އައްބާސްގެ އަބުރަށް ހުތުރުވާގޮތަށް ވާހަކަފުޅުދައްކަވާފައިވާކަމަށްބުނެ، އޭނާއާއި ދެކޮޅަށް އަބުރުގެ ދައުވާކުރަން ނިންމާފައިވާކަމަށް މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ނ. ވެލިދޫ ޑީއާރުޕީ ގޮފީގެ ރައީސް މުހައްމަދު އައްބާސް މިއަދު ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ހުސްވި ސެޕްޓެމްބަރ 8 ވަނަދުވަހު ބަނގުރާފުޅިތަކަކާއިއެކު، ވެލިދޫ ޑީއާރުޕީ ގޮފީގެ ރައީސް ފުލުހުން ހައްޔަރުކޮށްފިކަމަށްވިދާޅުވެ، ދައުލަތުގެ މީޑިޔާ ބޭނުންކުރައްވައިގެން ކައުންސިލަރު އާދަމް ފާއިޒް ރައްޔިތުންނަށް ދޮގު މައުލޫމާތު ފޯރުކޮށްދެއްވާފައިވާތީ، އޭނާއާއި ދެކޮޅަށް އަބުރުގެ ދައުވާކުރަން މިހާރު ނިންމާފައިވާކަމަށެވެ.
އަދި މިފަދަ ވާހަކަތަކެއް ދެއްކެވީ އޭނާގެ އަގުވައްޓާލުމުގެ ގޮތުންކަމަށާއި، މިއީ  ސަރުކާރާއި އެމް.ޑީ.ޕީ އަށް ނިސްބަތްވާ އެކި ފަރާތްތަކުގެ ހީލަތްތެރި ރޭވުމަކުން ހިންގި ފިނޑި އަމަލެއްކަމަށް މުހައްމަދު ވިދާޅުވިއެވެ.
މީގެއިތުރުން މިއީ ކުރިއަށް އޮތް ލޯކަލްކައުންސިލްގެ އިންތިޚާބު ޑީއާރުޕީން ކާމިޔާބުކުރާނެކަމުގެ ޔަގީންކަން އެމްޑީޕީއަށް ލިބިފައިވާތީ، ވެލިދޫ ޑީއާރުޕީ ގޮތްޕަށް ގޮންޖެހުމުގެ ގޮތުން ހިންގި އަމަލެއްކަމަށް މުހައްމަދު ވިދާޅުވިއެވެ.
އަދި މިމައްސަލައިގައި އޭނާ ފުލުހުންގެ ބެލުމުގެދަށުގައި 9 ގަޑިއިރު، އިންނަވަން ޖެހުނުކަމަށާއި، އޭގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުންވެފައިވާތީ، އާދަމް ފާއިޒްއާއި ދެކޮޅަށް އަބުރުގެ ދައުވާކުރުމަށް ނިންމާ، މައްސަލަ ވަރަށް އަވަހަށް ކޯޓަށް ހުށަހަޅާނެކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ.
އެމްއެންބީސީއަށް ވެލިދޫކައުންސިލަރު އާދަމް ފާއިޒް ދެއްވި ބަސްދީގަތުމާއި ގުޅިގެން ވެލިދޫ ޑީއާރުޕީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ  ޤާނޫނު އަސާސީއައި ޚިލާފަށް ސަރުކާރުން ހިޞާރުކޮށްގެން އެމް.އެން.ބީ.ސީ އިން ހިންގަމުންދާ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވެލިދޫ ކައުންސިލަރު ޢާދަމް ފާއިޒް ދިން ބަސްދީގަތުމެއްގައި ރާފުޅިތަކަކާއެކުޑީއާރުޕީ ވެލިދޫ ގޮފީގެ ރައީސް މުޙައްމަދު ޢައްބާސް ވަނީ ހައްޔަރުކުރެވިފައި” ކަމަށް ބުނެ، ދިވެހި ރައްޔިތުންގެ ކުރިމަތީގައި މުޙައްމަދު ޢައްބާސްގެ އަގު ވައްޓާލަން މަސައްކަތްކޮށް، އޭނާގެ އަބުރަށް އަރައިގެން މައްސަލައިގައި މި ޢާދަމް ފާއިޒްގެ މައްޗަށް ދައުވާކުރުމަށް ޑީ.ރާ.ޕީ ވެލިދޫ ގޮފިން މިގެންދަނީ ޤާނޫނީ މާހިރުންގެ ލަފާ ހޯދަމުންދާކަމަށެވެ.

ނ. ލަންދޫ ހިތްފަސޭހަގޭ ޝިފާޢު އިސްމާޢީލްގެ މަރުގެ މައްސަލާގައި ދައުލަތުން ދަޢުވާކުރި މާލޭ / ގ. މަސްއޮޑިގެ އިޙްސާނުއްދީން ރަޝީދުއާއި، ގއ. ވިލިގިލި / ވަސްމީރުމާގެ މުޙައްމަދު ވަސީމާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު (4126) މުސްތަފާ މުސާއި މިތިންމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ޖިނާއީ ކޯޓުން ޙުކުމްކޮށްފިއެވެ.


ްއޭޕްރީލް 4  2010 ދުވަހުގެރޭ ދަށްވަރު މިތިންމީހުން ނ. ލަންދޫ ހިތްފަސޭހަގެ ޝިފާޢު އިސްމާޢީލްގެ ފަހަތުން ދުވެފައިގޮސް ޝިފާޢު އިސްމާޢީލް ގ. ގަލޮޅުއާގެ ތިންވަނަ ބުރިއަށް އެރުމުން މިތިން މީހުންގޮސް އެގޭ ތިންވަނަ ބުރިއަށް އަރައި ޝިފާޢު އިސްމާޢީލްގެ ގައިގައި ތަޅާ އަނިޔާކުރުމުގެ ސަބަބުން. ޝިފާޢު އިސްމާއީލް ނިޔާވެފައިވާތީ، އިޙްސާނުއްދީން ރަޝީދުއާއި، މުޙައްމަދު ވަސީމްއާއި މުޞްތަފާ މޫސާގެ މައްޗަށް ދައުލަތުން ކުރެއްވި ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއަށް މިތިންމީހުން އިންކާރުކޮށްފައިވާތީއާއި، މިތިންމީހުން އެފަދަ ޢަމަލެއް ހިންގިކަން ޘާބިތުވާވަރުގެ ހެކި ލިބިފައިނުވާތީ ދައުލަތުން މިތިންމީހުންގެ މައްޗަށް ކުރެއްވި ދަޢުވާ ސާބިތު ނުވާކަމަށް މިމައްސަލާގެ ޙުކުމްކުރައްވަމުން ޤާޟީ ވިދާޅުވެފައިވެއެވެ.

މިމައްސަލަ ޘާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ތިން ހެކިންގެ ތެރެއިން އެކަކު ޝަރީޢަތުގައި ބުނެފައިވަނީ މިމައްސަލާއާއި ގުޅިގެން ޙާދިސާ ހިނގިތާ ތިންމަސްފަހުން އޭނާ ފުލުސް އޮފީހަށް ގެންގޮސް ސުވާލުކޮށް ހަދާފައިވާކަމަށާއި. އެކުއްކާ ގައިގައި ބަޔަކު ތެޅިކަން ވަރަށް ދުރުން އޭނާއަށް ފެނިފައިވާކަމަށާއި ނަމަވެސް. ތެޅީ ކޮން ބައެއް ކަމެއް އޭނާއަށް ނޭނގޭކަމަށާއި، އެކިބަސްދޭން މިތަނަށް މިތެދުވީﷲ ގަންދީ ހުވާކޮށްފައި ކަމަށާއި އޭނާއަށް ނޭނގޭކަމެއްގެ ވާހަކަ ނުބުނެވޭނެކަމަށާއި، ޝަރީޢަތުގައި މިތިބި ތިންމީހުންގެ ތެރޭގައި ޝިފާއު އިސްމާއީލުގެ ގައިގައި ތަޅާ އަނިޔާކުރި މީހަކު އިންކަން އޭނާއަށް ނޭނގޭކަމަށާއި އެރޭ އެތަނުން ފެނުނު މީހުން ވަކިނުވާ ވާހަކަ އެދުވަހުވެސް ބުނެފައިވާނެކަމަށެވެ.

ހެކިންގެތެރެއިން ޙާޟިރުކުރެވުނު ދެވަނަ މީހާ މިމައްސަލާގައި ހެކިބަސްދެމުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ ޝިފާޢު އިސްމާއިލްގެ ގައިގައި ބަޔަކު ތެޅިކަން އެނާއަށް ފެނިފައިވާކަމަށާއި، ނަމަވެސް ތެޅީ ކޮންބައެއް ކަމެއް އޭނާއަށް ނޭނގޭކަމަށާއި ޝިފާޢު އިސްމާޢިލްގެ ފަހަތުން ދެމީހަކު ނުވަތަ ތިންމީހަކު މައްޗަށް އެރިކަމަށާއި އެއީ ކޮންބައެއް ކަމެއް ނޭނގޭކަމަށާއި، ތަޙްޤީޤް ބަޔާނުގައި އެއީ ކޮންބައެއްކަން ބުނެފައިވާ ސަބަބަކީ ތަޙްޤީޤްކުރި ފަރާތުން ފޮޓޯއެއް ދައްކާފައި މިއީ އިޙްޞާންއޭ މިއީ މުޞްތަފާއޭ ބުނެފައިވާކަމަށާއި އޭރު އެއީ ކޮންބައެއް ކަމެއް އެއްގޮތަކަށްވެސް ނޭނގޭކަމަށާއި އަދި މިހާރުވެސް އެއީ އިޙްޞާންކަމެއް މުޞްތަފާކަމެއް ކަނޑައެޅިގެން ބުނަން ނޭގޭކަމަށެވެ


2011 ވަނަ އަހަރު މުޅި ރާއްޖޭގައި ބޭއްވޭ ކައުންސިލް އިންތިހާބަށް އަޅުގަނޑް ކުރިމަތިލައިފީމެވެ.
ލަންދޫގެ ލޮބްވެތި ރައްޔިތުންނޭވެ.އަޅުގަނޑަކީ މިރަށު ކުރީގެ ބޮޑްކަތީބް އަލްމަރުހޫމް އަބަދުއްރައްޒާގު މޫސާގެ ދަރިފުޅު މަޖުދުއްﷲ އަބުދުރައްޒާގެވެ.ކުރުކޮއް ފޮނިކޮން ބުނާނަމަ މިއަދުވެސް ލަންދޫގެ ކައުންސިލަރ ކަން ހިތްވަރާއެކު ކުރަމުން މިގެންދަނީ އަޅުގަނޑެވެ.ވަރަށް ސާބިތު ކަމާއި ކަމަށް ކަމޭ ހިތުމާއި އެކު ގިނަ އަދަދެއްގެ ރައްޔިތުންގެ ތާއީދާވެސް އެކުއެވެ.މާދަމާވެސް އަޅުގަނޑް ހުންނަން ބޭނުންވަނީ ހަމަ މިގޮތުގައެވެ.ދުވަހަކުވެސް ރައްޔިތަކަށް ދެރައެއް ނުދޭނަމެވެ.މީހަކަށް ހައްގުނޫން މަންފާއެއް ހޯދައެއް ނުދޭނަމެވެ.އެއްބަޑަސް ތިމާގެޔަސް އަދި އެއީ މުޅިން އެހެންކަމެކެވެ.އެއީ އަޅުގަނޑްގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރެއިން ފެންނާނެ ކަމެއް ނޫނެވެ.ފާއިތުވެ މި ދާ 08 މަހުގެ ދިގު ދުވަސް ތަކުގައި އަޅުގަނޑް ވާނީ އިހުލާސް ތެރި ކަމާއި އެކު އެކަން ކަން ރައްޔިތުންނަށް ސާބިތު ކޮއްދީފައެވެ.އަޅުގަނޑާމެދު ހިތް ހަމަ ނުޖެހިގެން ނުވަތަ އަޅުގަނޑްގެ މަސައްކަތްތައް ހަޖަމް ނުކުރެވިގެން ރަށު އޮފީސް ދޮށަށް ބަޔަކު އެއްވެ މުޒާހަރާ ކުރި ދުވަހު އަޅުގަނޑް މީ ކޮންކަހަލަ މީހެއްކަން ބަޔަކަށް ނޭންގުނަސް ހުދު އެތަނަށް އެއްވި ގިނަ މީހުންނަށް ވަރަށް ރަގަޅަށް ވާނީ އެނގިފައެވެ.އިރާދަކުރެއްވިއްޔާ އެމީހުން ދުވަހަކުވެސް އަޅުގަޑާމެދު ނުނިޔަތެއް ނުލާނެ ވަރަށް މިހާރު ހުންނާނީ އަޅުގަނޑްގެ އިހުލާސް ތެރިކަން އެމީހުންނަށް ފެނިފައެވެ.
ލަންދޫގެ ލޮބުވެތި އަދި އިހުލާސްތެރި ރައްޔިތުންނޭވެ.އަޅުގަނޑް ވާނީ މި ރަށުގައި ބޮއްސުންލާފަ އޮތް ވަލުގެ ކަންތައްވެސް ތާރީހުގައި ދުވަހަކުވެސް ކޮންޓްރޯލް ނުވާ ވަރަށް ކޮންޓްރޯލް ކޮއްފައެވެ.އެކަމަށް ރައްޔިތު އަންހެނުން ބޭނުންވި އެންމެ ރަގަޅު ގޮތް މިއަދުވެސް މިއަންނަނީ ތަންފީޒް ވަމުންނެވެ.
އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑް ރާވާ ވިލަރެސް ކުރަމުން އައި އެންމެ ބޮޑް އެއް މަސްރޫއުކަމަށްވާ ލަންދޫއިން ގޯތިދޫކުރުމުގެ މަސައްކަތް މިއަންނަ ހަފްތާތެރޭ މުޅިން ނިންމާލެވޭނެއެވެ.މާނައަކީ ގޯތިއެއްކޮއް ދޫކުރެވޭނެއެވެ.
އަޅުގަނޑް މިމަސައްކަތަޢް ނިކުންނައިރު އަޅުގަނޑްގެ ޓީމް ވަރަށް ޒުވާން ވާނެއެވެ.ކަމަށް ވަރަށް ގާބިލް ވާނެއެވެ.ކަމުގެ ހުނަރު ހުންނާނެއެވެ.ކެރޭނެއެވެ.މިގޮތުން އަޅުގަނޑާއެކު މަސައްކަތް ކުރާނީ ލަންދޫ އޮފީހުގެ ބާނީ އަދި ހިންގުންތެރި ސެކެރެޓަރީ އަދި ހަމަ އެހެންމެ ލަންދޫ ލިޔެސް ޖަމްއިއްޔާގެ ނައިބް ރައީސް އަލްފާޞިލް ސަލީމް ހުސައިން(މެއްޑޯ) އާއި ލަންދޫ ސުކޫލުގެ ހެޑް މުހައްމަދު އިބުރާހިމާއި ލަންދޫ ސުކޫލުގެ ކުރީގެ ވެރިން މިހާރުވެސް އެންމެ ޖެހިލުންވާ އިބްރާހިމް ފާއިޒް (ސޮޕަޓޭ) އެވެ.މިކަމުގައި މިހާތަނަށް މި ތިން ބޭފުޅުން ކޮއްދެއްވި އަދި މިހާރުވެސް ކޮއްދެމުންދާ އިހުލާސްތެރި މަސައްކަތަށްޓަކާ ވަރަށް އިހުލާސްތެރި ސުކުރެއް މިތިން ބޭފުޅުންނަށް ވަކިވަކިން އަޅުގަނޑް ދަންނަވަމެވެ.އިރާދަކުރެއްވިއްޔާ ކުރި މަގުގައި އަޅުގަނޑާ މިނޫންވެސް ބޭފުޅުން ގުޅި އަޅުގަނޑްގެ ކެމްޕޭން ފުޅާވެގެން ދާނެއެވެ.އިތުރުބައިތަކަށް އިންތިޒާރުކޮއްލައްވާ.