ހަޖަމް ކޮށްލަން ދަތި ވާނަމަވެސް މިއީ އައު އީޖާދުުކުރުމާއި މަސައްކަތްތެރި ކަމުގައި އެހެން މީހުންނަށް ނަމޫނާ ބޭފުޅެއްކަމަށްވާ ނ.ލަންދޫ ހިރުދުގަސްދޮށުގޭ އަލްފާޟިލް އާދަމް ޞާލިޙްއާއި، ހަމައެގޭ އަލްފާޟިލާ ޚަދީޖާ އަލީ ގެ ހަތްދަރިންގެ ތެރެއިން ހުރި ދެވަނައަށް ދޮށީ ފިރިހެން ދަރި ޙުސެއިން އާދަމެވެ.އާދެ އަޅުގަޑް ލަންދޫގެ މުޖްތަމައު ގަބޫލް ކުރާ މީހަކަށް ހަދާދިން މޭސް ތިރިޔާ އަޅުގަޑްގެ ލޮބްވެތި ބައްޕަ.
އައު އީޖާދުުކުރުމަކީ އަޅުގަޑް ބައްޕަ ހޮބީއެއްގެ ގޮތުން ކުރާ ކަންކަމެވެ. މިގޮތުން ފޮޓޯގައި އެވަނީ ރޯދަ މަހުގެ ހާރު ކެއުމަށް ކޮންމެ ދުވަހަކު ފިހެމުންދާ މަސް ފިހުމަށް ތައްޔާރު ކޮށްފައިވާ މަސްފިހާ މެސިނެކެވެ. ބައްޕަ ވަނީ ކަނޑޫކިރުން ކަޅު ތެރަސް ހެދުމަށްވެސް މަސައްކަތް ކޮށްފައެވެ.
އަޅުގަޑްގެ ބައްޕައަކީ ވަނޑިޔެކެވެ. އެކަނި މަހަށް ދާ ބިރުކުޑަ ކެޔޮޅެކެވެ. ލަވަ ކިޔުންތެރިޔެކެވެ. ވަރަަށް ގިނަ ރޮނގު ރޮނގުން ކުރިއަރާފައިވާ ފަހުލަވާނެކެވެ.ލަންދޫ އަށް ގޮންޖަހާލާނެ އެތަކެއް ގުރުއާން ކުލާސް ތަކެއް ހިންގައިދިން އެދުރެކެވެ. އެހެން މީހުންނަށް ނަމޫނާ ބޭފުޅެކެވެ.
އަޅުގަޑް ގެ ބައްޕަ ވަނީ ކުރީ ދެ ރޯދަމަހު ދެ ބޮއްކުރާވެސް ހުދު އެކަނި މާ އެކަނި ބަދެފައެވެ. " ކާރު " ވެލާ " އަކީ މިކަމުގެ ދިރިހުރި މިސާލް ތަކެކެވެ. އަޅުގަޑް ބައްޕަ ގެ ފުށުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ބައްޕަގެ ކިބައިގާވާ ޚުލްޤު ހެޔޮކަމާއި މަޖާ ކަމުގެ ސިފަ އެވެ. ޢާއްމުކޮށް މީހުން އެއްވާ ހޮޅުއަށި ފަދަ ތަންތަނަށް ގޮސް ހުސް އަނގަ ތެޅުމުގައި ވަޤުތު ބޭކާރު ކުރައްވާތަނެއް ނުފެނެ އެވެ. ހިނިތުންވުމާއި އޯގާތެރިކަމާއެކުގައި މެނުވީ އެހެން މީހަކާއި މުޚާތަބުކުރާތަނެއް ނުފެނެ އެވެ. ކަމެއް ބޭނުންވެގެން ބައްޕަގެ ގާތަށް ގޮސްފިނަމަ ނޫން ބަހާއިގެން އެނބުރި އަންނަން ދުވަހަކުވެސް ނުޖެހޭނެ ކަމުގައި އަޅުގަޑްގެ ބައްޕަގެ ކައިރިއަށް ދާ މީހުން ބުނާތީ އަހަމެވެ.



