ވެލްކަމް މެސެޖް

މި ބްލޮގަށް ތިޔަ ދެއްވާ ތަރުހީބަށްޓަކައި އެމްޓޫ އިންވެސްޓްމަންޓްގެ ފަރާތުން ފަށްފަށުން ޝުކުރުވެރި ވަން.

ޑިއުޓީ ތާވަލް

އިރާކޮޅު:

އަބްދުﷲ ރިޔާޒް

މެންދަމު:

މުހަންމަދު ޒަކަރިއްޔާ

Powered by Blogger.

ދޭ ޚިދުމަތްތައް

ސެކިއުރިޓީ ބެލެހެއްޓުން ، އޮޑި ދޯނި ފަހަރު ބަނުން ، ރިސޯޓް ތަކުގައި ހުކުރު ކޮށްދިނުން ، ޑޭ އެންޑް ނައިޓް ފިޝިންގ އިންތިޒާމް ކޮށްދިނުން ، ތުއްތު ކުދިންނަށް ޤްރުއާން ކިޔަވަން ދަސްކޮށްދިނުން ، މާބަނޑު އަންހެނުން ވިއްސައި ދިނުން ، ސައި ހޮޓާ ހިންގައި ދިނުން ، ތެދުއުއި ވަޑާމާއި ކިއްސަރު ވަޑާން ކޮށްދިނުން ، އިދާރީ ލިޔެކިޔުންތައް ބަލަހައްޓައި ދިނުން ، ވިޔަފާރިތައް އޯޑިޓް ކޮށްދިނުން ، އޮޑި ދޯނި ފަހަރުގެ ރަޖިސްޓްރީ ހައްދައި ދިނުން ، ނަން ބޯޑް ތައްޔާރު ކޮށްދިނުން. އަދިވެސް އަދިވެސް.........

ގަހަކަށް ބަދަލުވާން ފެށުމުގެ ކުރިން، ދީދީއަކީ، ޞިއްޙަތު ސަލާމަތުން ހުރި ޒުވާނެކެވެ. ގަހަކަށް ބަދަލުވުމުގެ ބަލި، އޭނާއަށް ޖެހުނީ، އޭނާގެ ޢުމުރުން 14 އަހަރުގައި ކަކުލަށް ލިބުނު އަނިޔާއަކާ ވިދިގެންނެވެ. ދީދީއަށް ޖެހުނު ބަލީގައި ވާގޮތަކީ، ހަށިގަނޑުގެ އެތަން މިތަނުން މޫފެޅުމެވެ. އެއީ ގަސްގަހާގެހިން ފަލާކަހަލަ މުލެވެ. އެ ބަލީގައި އެންމެ ގިނައިން މޫފަޅާފައިވަނީ، ދީދީގެ ހަތަރެސް ފައިންނެވެ. އެހެންކަމުން، އެއްޗެހީގައި ހިފައި އުޅުންވަނީ އޭނާއަށް ނުހަނު އުނދަގޫ ކަމަކަށް ވެފައެވެ.

  ދީދީ އިންޑޮނީޝިއާގެ ހޮސްޕިޓަލަކަށް ދެއްކިއެވެ. އެތަނުން އޭނާގެ ގާތުގައި ބުނީ، އޭނާގެ ބައްޔަށް ޝިފާއެއް ނެތްކަމަށެވެ. އެއްވެސް ޝިފާއެއް ލިބިދާނެ ކަމުގެ އުންމީދެއް ނެތި، އޭނާ ދިގު މުއްދަތެއް ހޭދަކުރިއެވެ. އަދި އެ މުއްދަތުގެ ތެރޭގައި، އޭނާގެ އަންހެނުންވަނީ އޭނާ ދޫކޮށްލާފައެވެ. އެއީ، އާމުދަނީ ހޯދުމުގެ ގޮތުން އޭނާ ކުރަމުން ގެންދިޔަ މަސްވެރިކަން ނުކުރެވުމާއި ޢާއިލާގެ ޚަރަދު ބަރަދު ބަލަހައްޓަން ދަތިވުމުންނެވެ. މިހާރު ދީދީގެ ޢުމުރުން ވަނީ 37 ވެފައެވެ. އޭނާގެ ބައްޔަށް ފަރުވާއެއް ލިބުނީ، މިދިޔަ އޮގަސްޓް މަހުގައެވެ.

ދީދީއަށް ފަރުވާދިނުމުގައި ނުވަ މަސްދުވަސް ވަންދެން އޮޕަރޭޝަންތަކެއް ކުރަން ޖެހުނެވެ. އޭނާއަށް ފަރުވާ ދެއްވީ އެމެރިކާގެ ޢާލިމެއް ކަމަށްވާ، ޑަކުޓަރު އެންތަނީ ގެސްޕާރީއެވެ. ދީދީގެ ޚަބަރު އެ ޢިލްމުވެރިޔާއަށް ލިބިވަޑައިގަތުންވީ، ދީދީއަށް ޝިފާއެއް ލިބުމަށް ފަހިވި މަގުގެ ފެށުން ކަމުގައެވެ. އެ ޢިލްމުވެރިޔާ، ދީދީއަށް ފަރުވާދެއްވުމަށް ހުށަހެޅުއްވިއެވެ. އަދި ދީދީ މުޅިން ގަހަކަށް ބަދަލުވުމުގެ ކުރިން ފަރުވާދީ ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދު ވެސް ދެއްވިއެވެ. ޢާލިމު ޑަކުޓަރުގެ އިރުޝާދަށް ދީދީ އިޖާބަދިނީ އެހެންވެގެންނެވެ.

ދީދީއަށް ޖެހިފައިވާ ބައްޔަކީ އާންމުކޮށް އިންސާނުންނަށް ޖެހޭ ބައްޔެކެވެ. އެބަލި ޖައްސަނީ، ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) އެވެ. ޑަކުޓަރ ގެސްޕާރީ ވިދާޅުވި ގޮތުގައި އެ ވައިރަހުގެ ސަބަބުން ދީދީއަށް ބަލި ޖެހުނީ، އޭނާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ބާރު ދެރަކަމުންނެވެ.

އެކި ފަރާތްތަކުން ލިބިފައިވާ ޚަބަރުތައް ބުނާގޮތުގައި، ދީދީއަށް ފަރުވާދޭން ފެށިފައިވަނީ، 2007 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މިހާރު ދީދީގެ ބަލިވަނީ ފަސޭހަވެފައެވެ. ދީދީގެ ވާހަކައަކީ، ޚަބަރު ފަތުރާ ވަސީލަތްތަކުން ފެތުރި، އެންމެ ޙައިރާންކުރުވަނިވި އެއް ވާހަކަ ކަމުގައި ވެގެން ދިޔައެވެ. ނަމަވެސް އޭނާ ބޭނުންވީ، ބަލި ފަސޭހަވުމަށްފަހު، ޝުހުރަތާ ދުރުގައި އާދައިގެ ދިރިއުޅުމެއް އުޅުމަށެވެ.
މިއީވެސް، ޞިއްޙަތުގެ ނިޢުމަތާމެދު ފަރުވާތެރިވުމަށް ގޮވާލާ ޢިބްރަތްތެރި ހާދިސާއެކެވެ. ދީދީގެ ކަކުލުން ހަލާކުވި ފަދަ ކުޑަކުޑަ ތަންކޮޅެއް ހަލާކުވިޔަސް، އަވަސް ފަރުވާ ހޯދަން މި ހާދިސާއިން އިރުޝާދު ލިބެއެވެ.

0 comments

Post a Comment