ސެޕްޓެމްބަރ 17 2010 ވީ ހޮނިހިރު ދުވަހު(މިއަދު) މާފަރުބޯޓުން ލަންދޫ އޮފީހުގެ ބާނީ އަލްފާޟިލް ސަލީމްހުސައިންނާއި އަނިޔާވެރިކަމުން ލަންދޫ ސުކޫލް ސަލާމަތްކުރި ލަންދޫ ސުކޫލުގެ ހިންގުންތެރި ޕްރިންސިޕަލް މުހައްމަދު އިބްރާހިމް ނުރަސްމީ ދަތުރުފުޅެއްގައި މާލެ ވަޑައިގަންފިއެވެ.މިދެ ބޭފުޅުންނަށް ލަންދޫ ޒަމާނީ ބަނދަރުން އަލްވަދާއުކީ ލަންދޫގެ ހީވާގި ޒުވާން ކައުންސިލަރ އަލްފާޟިލް މަޖުދުއްﷲ އަބުދުއްރައްޒާގާއި ލަންދޫގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކޯސްހަދާފައި ހުރި މުދިމަކު ބަންގި ގޮވާލުމުގެ ސަރަފް ހޯދި އަލްފާޟިލް ހުސައިން އާދަމެވެ
މިދެބޭފުޅުންނަށް މާލޭގެ އެއްނަމްބަރު ފާލަމުން މަރުހަބާ ކީ ލިޔެސް ޖަމްއިއްޔާގެ އިސްމެމްބަރުންނެވެ.މިދެބޭފުޅުން އެއްނަމްބަރު ފާލަމަށް ފޭބި ވަގުތު ގިނައަދަދެއްގެ ބިދޭސީން މިދެބޭފުޅުންގެ ސަލާމަތައްޓަކާ ސަގަރޭޕާކުގައި ހަރަކާތްތެރި ވަމުން ދިޔަ މަންޒަރު މި ބްލޮގުގެ މުރާސިލުންނަށް ވަނީ ފެނިފައެވެ
މިދެބޭފުޅުންގެ މިދަތުރުފުޅުގައި މާދަމާ އޮންނާނީ އެޑިއުކޭޝަން މިނިސްޓްރީގެ ދައުވަތަކަށް އެމިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އާއި ބައްދަލް ކުރުމެވެ.މި ބައްދަލްވުމުގައި 2011 ވަނަ އަހަރަށް ލަންދޫ ސުކޫލް ހިންގަވައި ދެއްވުމަށް އެޑިއުކޭސަން މިނިސްޓްރީގެ ފަރާތުން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އިބުރާހިމް ގެ ކިބައިން އެދި ލައްވާ ގޮތައް ވަނީ ހަމަޖެހިފައެވެ
މިދެބޭފުޅުން މިރޭ މަޑް ކުރައްވަނީ ތޫޜި ގެސްޓް ހައުސްގައި ކަމަށް މި ބްލޮގަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ދެބޭފުޅުންގެ މި ދަތުރު ފުޅާއި ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ގެނަސްދެވޭނެ ވާހަކަ ދަންނަވަމެވެ.

0 comments