ވެލްކަމް މެސެޖް

މި ބްލޮގަށް ތިޔަ ދެއްވާ ތަރުހީބަށްޓަކައި އެމްޓޫ އިންވެސްޓްމަންޓްގެ ފަރާތުން ފަށްފަށުން ޝުކުރުވެރި ވަން.

ޑިއުޓީ ތާވަލް

އިރާކޮޅު:

އަބްދުﷲ ރިޔާޒް

މެންދަމު:

މުހަންމަދު ޒަކަރިއްޔާ

Powered by Blogger.

ދޭ ޚިދުމަތްތައް

ސެކިއުރިޓީ ބެލެހެއްޓުން ، އޮޑި ދޯނި ފަހަރު ބަނުން ، ރިސޯޓް ތަކުގައި ހުކުރު ކޮށްދިނުން ، ޑޭ އެންޑް ނައިޓް ފިޝިންގ އިންތިޒާމް ކޮށްދިނުން ، ތުއްތު ކުދިންނަށް ޤްރުއާން ކިޔަވަން ދަސްކޮށްދިނުން ، މާބަނޑު އަންހެނުން ވިއްސައި ދިނުން ، ސައި ހޮޓާ ހިންގައި ދިނުން ، ތެދުއުއި ވަޑާމާއި ކިއްސަރު ވަޑާން ކޮށްދިނުން ، އިދާރީ ލިޔެކިޔުންތައް ބަލަހައްޓައި ދިނުން ، ވިޔަފާރިތައް އޯޑިޓް ކޮށްދިނުން ، އޮޑި ދޯނި ފަހަރުގެ ރަޖިސްޓްރީ ހައްދައި ދިނުން ، ނަން ބޯޑް ތައްޔާރު ކޮށްދިނުން. އަދިވެސް އަދިވެސް.........


ޙަރާމްކަންތަކަށް މަގުފަހިކޮށްދޭ، ބޭރުފުށުން ފެންނަ ހުރިހާ ވަސީލަތެއް ޙަރާމްކޮށް އޭގެ މަގު ބަންދުކުރި ގޮތަށް، އިސްލާމްދީން ވަނީ، ބޭރުފުށަށް ނުފެންނަ ވަސީލަތްތަކާއި ޝައިޠާނީ އުކުޅުތަކުގެ އެހީގައި ހީލަތް ހަދައިގެން ޙަރާމްކަންތަކަށް އަރައިގަތުން ވެސް ޙަރާމްކުރައްވާފައެވެ. ޙަރާމްކުރައްވާފައިވާ ކަންތައްތައް، ހީލަތުން ހުއްދަކޮށްގެން، ކޮށް އުޅުނުކަމަށްޓަކައި، އިސްލާމްދީން ވަނީ ޔަހޫދީންނަށް ޢައިބު ކިޔާފައެވެ. އަދި ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވަނީ: لا تَرتَكِبُوا مَا ارتَكَبَ اليَهُودُ وتَسْتَحِلُّوا محَارِمَ اللهِ بأدنَى الحِيَل [1]
ޙަދީޘުގެމާނަ: ''ކިތަންމެ ކުޑަ ހީލަތެއް ހެދެން އޮތަސް ހީލަތް ހަދައިގެން، ﷲ ޙަރާމްކުރައްވާފައިވާ ކަންތައް ޔަހޫދީން ހުއްދަކޮށްގަތެވެ. ފަހެ ކަލޭމެން އެމީހުން އަރައިގަތް ފާފައަށް އަރައިނުގަންނާށެވެ.''
އެހެނީ ހޮނިހިރު ދުވަހު މަސްހިފުން ޔާހޫދީންނަށް، މާތް ﷲ ޙަރާމްކުރެއްވުމުން، ޙީލަތް ހަދައިގެން އެމީހުން ވަނީ، ހުކުރު ދުވަހު މޫދުގައި ކޯރޮ ކަނޑައިގެން، ހޮނިހިރު ދުވަހު މަސްތައް އައިސްވަދެ އެތަންތާ ބެދުނީމާ، އާދީއްތަ ދުވަހު ފައިބާ އެ މަސްތައް ހިފާފައެވެ. މިއީ ހީލަތްތެރިން ދެކޭގޮތުން ހުއްދަކަމެކެވެ. ނަމަވެސް އިސްލާމްދީނުގެ ފިޤުހުވެރިން އަރިހުގައި ޙަރާމްކަމެކެވެ. އެހެނީ ސީދާކޮށްވެސް ނުސީދާކޮށްވެސް ހޮނިހިރު ދުވަހު މަސްހިފުން އޮތީ މަނާވެފައެވެ.
ނުބައިކަން ބޮޑު ހީލަތްތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ، ޙަރާމްކަންކަމުގެ ނަން ބަދަލުކުރުމެވެ. ކަމުގެ ޙަޤީޤަތް އޮތްގޮތަށް އޮއްވާ، އޭގެ ބޭރުފުށް ބަދަލުކުރުމަށްފަހު، އާ ނަމެއް ކިޔައިގެން، ޙަރާމް ކަމެއް ކުރުމަކީ، ކަނޑައެޅިގެން ޙަރާމްކަމެކެވެ. ޝައްކެއްވެސް ނެތް ގޮތުގައި، ނަންކިޔޭ އެތި އޮތްގޮތަށް އޮއްވާ، އޭގެ ނަން ބަދަލުކުރިއަސް، ނުވަތަ ޙަޤީޤަތް އޮތްގޮތަށް އޮއްވާ އޭގެ ސޫރަ ބަދަލުކުރިއަސް، ޙަރާމްކަމެއް ވިއްޔާ އޮންނާނީ ޙަރާމްކަމެއްގޮތުގައެވެ
.
ވީމާ ރިބާ ކެއުމަށްޓަކައި އާ ނަންނަމުގައި އާ ގޮތްތަކެއް އީޖާދުކުރިއަސް، އަދި ރާ ބުއިމަށްޓަކައި އެއަށް އާ ނަންތަކެއް ކިޔަސް، އޭގެ ޙަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ. ރިބާއާއި ރަލުގެ ޙަރާމްކަން ހަމަ އޮތް ގޮތަށް އޮންނާނެއެވެ. މިކަމަށް އިޝާރާތްކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ: لَيَسْتَحِلَّنَّ طَائِفَةٌ مِنْ أُمَّتِي الْخَمْرَ يُسَمُّونَهَا بِغَيْرِ اسْمِهَا   [2]
ޙަދީޘުގެމާނަ: "ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ އުއްމަތުގެ ބަޔަކު މީހުން، ރަލަށް އޭގެ ނަން ނޫން އެހެން ނަންތައް ކިޔައި، އެ ޙަލާލުކޮށް އުޅޭނެއެވެ.''
އަދި އެހެން ޙަދީޘެއްގައިވެއެވެ: يَأتِي عَلى النَّاسِ زَمَانٌ يَسْتَحِلُّونَ الرِّبَا بِاسْمِ الْبَيْعِ [3]
''ވިޔަފާރީގެ ނަމުގައި ރިބާ ޙަލާލުކޮށް އުޅޭ ޒަމާނެއް އަންނާނެއެވެ.''

މިޒަމާނަކަށް އައިސް ވެފައި މި އޮތްގޮތުން، ގޮތްކުޑަ ނެށުންތަކަކީ އެއީ 'ފަންނެވެ.' ރަލަކީ 'އާވި ބުއިމެކެވެ.' ރިބާ އަކީ 'ފާއިދާ' އެކެވެ. މިއީ މި ޒަމާނުގެ އަޖާއިބުތަކުގެ ތެރެއިން ކަމެކެވެ.

0 comments

Post a Comment