ވެލްކަމް މެސެޖް

މި ބްލޮގަށް ތިޔަ ދެއްވާ ތަރުހީބަށްޓަކައި އެމްޓޫ އިންވެސްޓްމަންޓްގެ ފަރާތުން ފަށްފަށުން ޝުކުރުވެރި ވަން.

ޑިއުޓީ ތާވަލް

އިރާކޮޅު:

އަބްދުﷲ ރިޔާޒް

މެންދަމު:

މުހަންމަދު ޒަކަރިއްޔާ

Powered by Blogger.

ދޭ ޚިދުމަތްތައް

ސެކިއުރިޓީ ބެލެހެއްޓުން ، އޮޑި ދޯނި ފަހަރު ބަނުން ، ރިސޯޓް ތަކުގައި ހުކުރު ކޮށްދިނުން ، ޑޭ އެންޑް ނައިޓް ފިޝިންގ އިންތިޒާމް ކޮށްދިނުން ، ތުއްތު ކުދިންނަށް ޤްރުއާން ކިޔަވަން ދަސްކޮށްދިނުން ، މާބަނޑު އަންހެނުން ވިއްސައި ދިނުން ، ސައި ހޮޓާ ހިންގައި ދިނުން ، ތެދުއުއި ވަޑާމާއި ކިއްސަރު ވަޑާން ކޮށްދިނުން ، އިދާރީ ލިޔެކިޔުންތައް ބަލަހައްޓައި ދިނުން ، ވިޔަފާރިތައް އޯޑިޓް ކޮށްދިނުން ، އޮޑި ދޯނި ފަހަރުގެ ރަޖިސްޓްރީ ހައްދައި ދިނުން ، ނަން ބޯޑް ތައްޔާރު ކޮށްދިނުން. އަދިވެސް އަދިވެސް.........

މަހާނަކައިރީގައި ކީރިތި ޤުރުއާން ކިޔެވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު
بِسْمِ اللهِ ، وَالْحَمْدُ للهِ، وَالصَّلاةُ وَالسَّلامُ عَلَى رَسُولِ اللهِ، وَبَعْدُ:
މަހާނަކައިރީގައި ކީރިތި ޤުރުއާން ކިޔެވުމަކީ، ސުންނަތެކެވެ. ފިޤުހުވެރިންގެ ޖުމްހޫރުގެ ރައުޔަކީ މިއީއެވެ. އަދި ޞައްޙަ ރައުޔަކީ ވެސް މިއީއެވެ. މިރައުޔާ ޚިލާފުވަނީ، މާލިކީންނެވެ. މަހާނަ ކައިރީގައި ކީރިތި ޤުރުއާން ކިޔެވުމަކީ، އެ މަޛުހަބުގެ ފިޤުހުވެރިންގެ އަރިހުގައި މަކުރޫހަ ކަމެކެވެ.

އަބޫހުރައިރަތުގެފާނުގެ ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. (مَنْ دَخَلَ الْمَقَابِرَ ثُمَّ قَرَأَ فَاتِحَةَ الْكِتَابِ وَقُلْ هُوَ اللَّهُ أَحَدٌ وَأَلْهَاكُمْ التَّكَاثُرُ ثُمَّ قَالَ إِنِّي جَعَلْتُ ثَوَابَ مَا قَرَأْتُ مِنْ كَلَامِكَ لِأَهْلِ الْمَقَابِر مِنَ الْمُؤْمِنِينَ وَالْمُؤْمِنَاتِ كَانُوا شُفَعَاءَ لَهُ إِلَى اللَّهِ تَعَالَى) މާނައީ، "ޤަބުރުސްތާނަށް ވަދެ، އަލްފާތިޙާ ސޫރަތާއި އަލްއިޚުލާޞް ސޫރަތާއި އައްތަކާޘުރު ސޫރަތް ކިޔެވުމަށްފަހު، (إِنِّي جَعَلْت ثَوَابَ مَا قَرَأْت مِنْ كَلَامِك لِأَهْلِ الْمَقَابِر مِنَ الْمُؤْمِنِينَ وَالْمُؤْمِنَاتِ) މި ދުޢާ ކިޔައިފިނަމަ، އެ ޤަބުރުސްތާނުގައި ވަޅުލެވިފައިވާ މީހުން، (އާޚިރަތް ދުވަހު) އެމީހަކަށް ﷲ ގެ ޙަޟުރަތުގައި ޝަފާޢަތްތެރިވާނެއެވެ."

ދުޢާގެ މާނަ: "އިބަރަސްކަލާނގެ ކަލާމްފުޅުން އަޅު ކިޔެވި ތަކެތީގެ ޘަވާބު، މި ޤަބުރުސްތާނުގެ އަހުލުވެރިންގެ ތެރެއިން މުއުމިން އަންހެނުންނާއި ފިރިހެނުންނަށް ހަދިޔާކޮށްފީމެވެ."

އަނަސްގެފާނު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. (مَنْ دَخَلَ الْمَقَابِرَ فَقَرَأَ سُورَة يس خَفَّفَ الله عَنْهُمْ وَكَانَ لَهُ بِعَدَدِ مَنْ فِيْهَا حَسَنَات) މާނައީ، "ޤަބުރުސްތާނަށް ވަދެ، މީހަކު ޔާސީން ސޫރަތް ކިޔަވައިފިނަމަ، އެ ޤަބުރުސްތާނުގައި ވަޅުލެވިފައިވާ ބަޔަކަށް ﷲ ލުއިކޮށްދެއްވާނެތެވެ. އަދި އެ މީހަކަށް، އެ ޤަބުރުސްތާނުގައި ވަޅުލެވިފައިވާ މީހުންގެ ޢަދަދަށް ހެޔޮކަން ވެއެވެ."
މި ދެ ޙަދީޘާމެދު ވާހަކަ ދައްކަވަމުން، އަލްޙާފިޡު ޝަމްސުއްދީން ބިން ޢަބްދުލްވާޙިދުލް މަޤުދިސީ ވިދާޅުވެފައި ވެއެވެ. އޭނާއަކީ ޙަންބަލީ މަޛުހަބުގެ ބޭކަލެކެވެ.
"މިއީ، ޟަޢީފު ޙަދީޘްތަކެއް ކަމުގައި ވިޔަސް، މި ޙަދީޘްތަކުގެ ޖުމްލައަށް ބަލާއިރު، އެއީ (އެބަހީ: މަހާނަ ކައިރީގައި ކީރިތި ޤުރުއާން ކިޔެވުމަކީ) ދީނުގައި ވާ ކަމެއްކަމަށް ދަލީލު ލިބެއެވެ. އަދި ހުރިހައި ޒަމާންތަކެއްގައި ހުރިހައި ރަށްތަކެއްގައި މުސްލިމުން ދަނީ، އެބައިމީހުންގެ ތެރެއިން މަރުވާ މީހުންނަށްޓަކައި ކީރިތި ޤުރުއާން ކިޔަވަމުންނެވެ. އެހެންވީމާ، އެއީ އެންމެހައި މުސްލިމުން އިޖުމާޢުވެފައިވާ ކަމެކެވެ.

އިބްނު ޢުމަރު ފަސްދާނު ލެއްވުމަށްފަހު، އެކަލޭގެފާނުގެ ޒިޔާރަތުގެ ކައިރީގައި ތިބެގެން ބަޤަރާ ސޫރަތުގެ ކުރީކޮޅާއި ފަހުކޮޅުގެ އާޔަތްތައް ކިޔެވުމަށް އެކަލޭގެފާނު ވަޞިއްޔަތްކުރެއްވިކަމަށް ޞައްޙަ ރިވާޔަތުން ރިވާވެފައިވެއެވެ.

އިބްނު ޢައްބާސް ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. (مَرَّ النَّبِىُّ صلى الله عليه وسلم بِقَبْرَيْنِ فَقَالَ: إِنَّهُمَا لَيُعَذَّبَانِ وَمَا يُعَذَّبَانِ فِى كَبِيرٍ أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنَ الْبَوْلِ وَأَمَّا الآخَرُ فَكَانَ يَمْشِى بِالنَّمِيمَةِ. ثُمَّ أَخَذَ جَرِيدَةً رَطْبَةً فَشَقَّهَا نِصْفَيْنِ فَغَرَزَ فِى كُلِّ قَبْرٍ وَاحِدَةً. قَالُوا يَا رَسُولَ اللَّهِ لِمَ فَعَلْتَ هَذَا قَالَ: لَعَلَّهُ يُخَفَّفُ عَنْهُمَا مَا لَمْ يَيْبَسَا) މާނައީ، "އެއްދުވަހަކު ދެ މަހާނައެއްގެ ކައިރިން ވަޑައިގަންނަވަމުން، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ. މި ދެ މަހާނައިގައިވާ ދެ މީހުންނަށް ޢަޛާބު އެބަދެއްވެއެވެ. އެ ދެ މީހުންނަށް ޢަޛާބު ދެއްވެނީ، އެކަމަކުން އެއްކިބާވުމަށް އުނދަގޫ ކަމެއް ކޮށްފައިވާތީއެއް ނޫނެވެ. އޭގެ ތެރެއިން އެކަކީ، ކުޑަ ގިފިލި ކުރުމަށްފަހު، ޠާހިރުނުވެ އުޅުނު މީހެކެވެ. އަނެކަކީ، މީސްތަކުންގެ މެދުގައި ދެބައޮޑުވަން އުޅުނު މީހެކެވެ. ދެން އިތުރު އެކަލޭގެފާނު، ރޯ ދަނޑިގަނޑެއް ނަންގަވައި، އޭތި މެދުން ބިންދަވާލެއްވުމަށްފަހު، އެ ދެ މަހާނައިން ކުރެ ކޮންމެ މަހާނައެއްގައި ދަނޑިކޮޅެއް އިންދެވިއެވެ. (އަޞްޙާބު ބޭކަލުން) ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު ތިކަން ތިކުރެއްވީ ކީއްވެގެންތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެ ދެ ދަނޑިކޮޅު ނުހިކި ހުރިހައި ހިނދަކު، އެ ދެ މީހުންނަށް ޢަޛާބު ލުއިކުރައްވާތޯއެވެ."

މި ޙަދީޘާމެދު ވާހަކަ ދައްކަވަމުން އިބްނު ދަޤީޤުލް ޢީދު ވިދާޅުވެފައި ވެއެވެ. އޭނާއަކީ، ޝާފިޢީ މަޛުހަބުގެ ފިޤުހުވެރިއެކެވެ.
މި ޙަދީޘުގެ އަލީގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

"މަހާނަ ކައިރީގައި ކީރިތި ޤުރުއާން ކިޔެވުމުން، މައްޔިތާއަށް މަންފާ ކުރެއެވެ. އެ ދެ މަހާނައިގައި އޮތް ދެ ޤަބުރަށް ލުއިކުރެއްވުމަށް އޮތް ބަސްފުޅުގެ މާނައަކީ، އެ ދަނޑިކޮޅުގައި ދިރުން ހުރިހައި ހިނދަކު، އެ ދަނޑިކޮޅު ތަސްބީޙަކިޔާ ކަމަށްޓަކައި ޢަޛާބު ލުއިކުރެއްވުމެވެ. ގަސްގަހާގެހީގެ ތަސްބީޙަ ކިޔުމުން ޢަޛާބު ލުއިކުރައްވާނަމަ، މައްޔިތާއަށް ހެޔޮއެދިގެން އިންސާނުން ކީރިތި ޤުރުއާން ކިޔެވުން މާ އައުލާކަން ބޮޑެވެ."

އަބޫބަކުރުގެފާނުގެ އަރިހުން ޢާއިޝަތުގެފާނު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. (مَنْ زَارَ قَبْرَ وَالِدَيْهِ أوْ أَحَدَهُمَا فِي كُلِّ يَوْمِ جُمْعَةٍ فَقَرَأَ عِنْدَهُ يس غَفَرَ الله لَهُ بِعَدَدِ كُلِّ حَرْفٍ مِنْهَا) މާނައީ، "ކޮންމެ ހުކުރު ދުވަހަކު، މީހަކު އޭނާގެ މަންމައާއި ބައްޕަ ނުވަތަ އެ ދެމީހުންކުރެ އެކަކުގެ މަހާނަ ކައިރިއަށް ގޮސް، ޔާސީން ސޫރަތް ކިޔަވައިފިނަމަ، އެ ސޫރަތުގައިވާ އަކުރުތަކުގެ ޢަދަދަށް ﷲ، އޭނާގެ ފާފަތައް ފުއްސަވާނެތެވެ."
ޝާފިޢީ މަޛުހަބުގެ ފިޤުހު ޢިލްމުވެރިއެއް ކަމަށްވާ، އަލްޤަލްޔޫބީ ވިދާޅުވެފައިވެއެވެ.

"ސަލަފުއް ޞާލިޙުގެ ބޭކަލުންގެ އަރިހުން ރިވާވެފައިވެއެވެ. އަލްއިޚުލާޞް ސޫރަތް އެގާރަ ފަހަރު ކިޔެވުމަށްފަހު، އޭގެ ޘަވާބު، ޤަބުރުސްތާނުގައި ވަޅުލެވިފައިވާ މީހުންނަށް ހަދިޔާކޮށްފި މީހެއްގެ ފާފައިން، އެ ޤަބުރުސްތާނުގައި ވަޅުލެވިފައިވާ މީހުންގެ ޢަދަދަށް ފާފަ ފުއްސަވައި ދެއްވޭނެތެވެ."

ޙަނަފީ މަޛުހަބުގެ ފިޤުހު ޢިލްމުވެރިއެއް ކަމަށްވާ، އިބްނު ޢާބިދީން ވިދާޅުވެފައި ވެއެވެ.
(މައްޔިތާއަށްޓަކައި) ކިޔަވާނީ، އަލްފާތިޙާ ސޫރަތާއި، އަލްބަޤަރާ ސޫރަތް المفلحون ވީ ހިސާބަށާއި، އާޔަތުލްކުރުސިއްޔާއި، އާމަނައްރަސޫލު ދަލީލާއި، ޔާސީން ސޫރަތާއި، ތަބާރަކަ ސޫރަތާއި، އައްތަކާޘުރު ސޫރަތާއި، އަލްއިޚުލާޞް ސޫރަތް ބާރަ ފަހަރު، ނުވަތަ އެގާރަ ފަހަރު، ނުވަތަ ހަތް ފަހަރު، ނުވަތަ ތިން ފަހަރު އެވެ."

ސުންނަތްވެގެންވަނީ، މައްޔިތާގެ ބޯ ކޮޅުގައި ބަޤަރާ ސޫރަތުގެ ކުރީކޮޅުގެ އާޔަތްތައް ކިޔެވުމަށާއި ފައި ކޮޅުގައި އެ ސޫރަތުގެ ފަހު ކޮޅުގައިވާ އާޔަތްތައް ކިޔެވުމަށް ކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.

އިމާމު އަޙުމަދުގެ އަރިހުން ރިވާވެފައިވެއެވެ.
"ތިޔަބައިމީހުން ޤަބުރުސްތާނަށް ވަދެފިނަމަ، އާޔަތުލް ކުރުސިއްޔާއި ތިން ފަހަރު އަލްއިޚުލާޞް ސޫރަތް ކިޔަވާށެވެ. ދެން (أللَّهُمَّ إنَّ فَضْلَهُ لِأهْلِ المَقَابِر) މި ދުޢާ ކުރާށެވެ. މި ދުޢާގެ މާނައީ، "ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! މި ކިޔެވި ތަކެތީގެ ޘަވާބާއި ދަރުމަ، ޤަބުރުސްތާނުގައި ވަޅުލެވިފައިވާ މީހުންނަށް ދެއްވައިފާނދޭވެ!"

މަހާނަ ކައިރީގައި ކީރިތި ޤުރުއާން ކިޔެވުމަކީ ބިދުޢައެއް ކަމަށް އިމާމު އަޙުމަދު ވިދާޅުވިކަމަށް ރިވާވެފައިވެއެވެ. އެ ރިވާޔަތުގެ ޙަޤީޤަތަކީ، މަހާނައެއްގެ ކައިރީގައި ކީރިތި ޤުރުއާން ކިޔަވަން އިން ލޯފަން މީހެއްގެ ކައިރީގައި އެކަން ކުރުމަކީ ބިދުޢައެއް ކަމަށް އިމާމު އަޙުމަދު ވިދާޅުވި ވާހަކައެވެ. އެކަލޭގެފާނު އެހެން ވިދާޅުވުމުން، އިބްނު ޢުމަރު އަވަހާރަވުމަށްފަހު، އެކަލޭގެފާނުގެ އަރިހުގައި ކީރިތި ޤުރުއާން ކިޔެވުމަށް ކުރެއްވި ވަޞިއްޔަތްޕުޅުގެ ވާހަކަ ދެންނެވުނެވެ. އެހިނދު، އެމީހާ މަހާނަ ކައިރީގައި ކީރިތި ޤުރުއާން ކިޔެވުމަށް އިމާމު އަޙުމަދު އެންގެވިއެވެ.

މަހާނަ ކައިރީގައި ކީރިތި ޤުރުއާން ކިޔެވުމަކީ، މަކުރޫހަ ކަމެއްކަމަށް މާލިކީ މަޛުހަބުގެ އިހުގެ ދަންނަބޭކަލުން ވިދާޅުވިޔަސް، އެ މަޛުހަބުގެ ފަހުގެ ޢިލްމުވެރިން ވިދާޅުވަނީ، އެއީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި މަހާނަ ކައިރީގައި ކިޔަވާ ތަކެތީގެ ޘަވާބު މައްޔިތާއަށް ހަދިޔާކުރުމުން، އިރާދަކުރެއްވިއްޔާ، އޭގެ ޘަވާބާއި ދަރުމަ، މައްޔިތާއަށް ދެއްވާނެ ކަމަށެވެ.
والله أعلم .

0 comments

Post a Comment