ވެލްކަމް މެސެޖް

މި ބްލޮގަށް ތިޔަ ދެއްވާ ތަރުހީބަށްޓަކައި އެމްޓޫ އިންވެސްޓްމަންޓްގެ ފަރާތުން ފަށްފަށުން ޝުކުރުވެރި ވަން.

ޑިއުޓީ ތާވަލް

އިރާކޮޅު:

އަބްދުﷲ ރިޔާޒް

މެންދަމު:

މުހަންމަދު ޒަކަރިއްޔާ

Powered by Blogger.

ދޭ ޚިދުމަތްތައް

ސެކިއުރިޓީ ބެލެހެއްޓުން ، އޮޑި ދޯނި ފަހަރު ބަނުން ، ރިސޯޓް ތަކުގައި ހުކުރު ކޮށްދިނުން ، ޑޭ އެންޑް ނައިޓް ފިޝިންގ އިންތިޒާމް ކޮށްދިނުން ، ތުއްތު ކުދިންނަށް ޤްރުއާން ކިޔަވަން ދަސްކޮށްދިނުން ، މާބަނޑު އަންހެނުން ވިއްސައި ދިނުން ، ސައި ހޮޓާ ހިންގައި ދިނުން ، ތެދުއުއި ވަޑާމާއި ކިއްސަރު ވަޑާން ކޮށްދިނުން ، އިދާރީ ލިޔެކިޔުންތައް ބަލަހައްޓައި ދިނުން ، ވިޔަފާރިތައް އޯޑިޓް ކޮށްދިނުން ، އޮޑި ދޯނި ފަހަރުގެ ރަޖިސްޓްރީ ހައްދައި ދިނުން ، ނަން ބޯޑް ތައްޔާރު ކޮށްދިނުން. އަދިވެސް އަދިވެސް.........

ނ.ލަންދޫ އޮއިވަރު ޙުސެއިން އާދަމް (އަޅުގަޑުގެ ބައްޕަ) އަކީ ނ.ލަންދޫ ހިރުދުގަސްދޮށުގޭ އަލްފާޟިލް އާދަމް ޞާލިޙްއާއި، ހަމައެގޭ އަލްފާޟިލާ ޚަދީޖާ އަލީ ގެ ހަތްދަރިންގެ ތެރެއިން  ދެވަނައަށް ދޮށީ ފިރިހެން ދަރިއެވެ. ޢާއިލާއަށް ނިސްބަތްވާ މިހުރިހާ ކުދިންނަކީ ވެސް މިހާރު ވަކިވަކި ޢާއިލާ ތަކެއްގެ ގޮތުގައި ވަކިންދިރިއުޅެމުންއަންނަ ޒިންމާދާރު ލަންދޫގެ ނިސްބަތުން ރަގަޅު އުޅުންހުރި މީހުންނެވެ.
ޙުސެންދީ (އަޅުގަޑްގެ ބައްޕަ) އަކީ ލަންދޫ މީހުންނަށް އާނަމަކަށް ނުވާނެއެވެ. އެކަމަކު ލަންދޫ މީހުންނޫން އެހެން ބައެއްމީހުންނަށް ބައްޕަ ގެ ވާހަކަ އިވުމުން އެދައްކަނީ  ރާއްޖޭގެ ދެކުނުގެ ރަށެއްގެ މީހެެއްގެ ވާހަކަ ކަމަށް ހީވެދާނެއެވެ. ނޫނެކެވެ. އެހެންނެއްނޫނެވެ. މި ޞަފްޙާގައި މިފަހަރު ގެނެސްދެވޭތޯ މިބަލަނީ ކުރަން ދިމާކުރި ކޮންމެ ކަމެއް ކާމިޔާބު ކަމާއެކީ ކުރަމުން ގެންދާ ލަންދޫ އޮއިވަރު އަލްފާޟިލް ޙުސެން އާދަމް  އާދެ އަޅުގަޑްގެ ބައްޕަ އެވެ. ބައްޕައަށް  ހުސެންދީ ކިޔުނު ގޮތް ބައްޕަގެ އެދުމުގެ މަތިން މިލިޔުމުގައި ބަޔާން ކުރާކަށް ނެތީމެވެ.

ބައްޕަގެ ޙަޔާތުގެ ކުރީކޮޅު ދިޔައީ ވަރަށް ބަނަ ގޮތަކަށެވެ. އެވާހަކަތަކުގެ ތަފްޞީލްވެސް  ބައްޕަގެ އެދުމުގެ މަތިން މިލިޔުމުގައި ނުހިމަނަމެވެ.  ބައްޕަ މީހަކާ އިނުމުގެ ކުރިން އުޅުއްވީ ލަންދޫ ކުރީގެ ކަތީބު އަލްމަރުޙޫމް މޫސާ ޔޫސުފް ( މޫސާކަތީބު ) ގޭގައެވެ. ލަންދޫ ޗަނބޭލީގޭގައެވެ. މީހަކާ އިންނަން ވަންދެން ދިރިއުޅުނީ އެގޭގައެވެ. އުގެނުމުގެ އެއްވެސް ފުޞަތެއް ނުލިބެއެވެ.
ޢަދި މިހާތަނަށް ދެކައިވެނި ކޮށްފައިވާ  ބައްޕައަކީ ކުޑައިރުއްސުރެ ވެސް ޢިލްމް ހޯދުމަށް ޢަޒްމް ކަނޑައަޅައިގެން ފުރުޞަތެއް ލިބިއްޖެނަމަ އެކަަމަކަށް ފައިނެގުމަށް އުންމީދުކޮށްގެންހުރި ތޫނުފިލި ހިތްއަލި މީހެކެވެ. ލަންދޫ މަސްޖިދުލް ބަރަކާތުގެ މަސައްކަތު މީހެއްގެ ވަޒީފާ  ބައްޕައަށް ލިބުނީ މިއުންމީދުގައި ހުއްޓައެވެ.
މާގިނަދުވަސްތަކެއް ނުވެ މުދިމުން ތަމްރީނުކުރުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ބައްޕަ ލިބުނެވެ. މި ފުރުސަތުގައި އަޅުގަނޑުގެ ބައްޕައަށް މި ކޯސް ހޯދައިދިނުމަށް ލަންދޫ ބޮޑް ކަތީބް އަލްފާޞިލް ހަސަން ނަސީރު ކޮއްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް އަޅުގަނޑާއި މުޅި އާއިލާގެ ނަމުގައި އިހުލާސްތެރި ސުކުރެއް ދަންނަވަމެވެ. ބައްޕަ މިކޯހަށް ދުރުވިއިރު މާބޮޑު އެއްޗެއް އެގިނުލައްވާ ކަމަށް ޚުދު  ބައްޕަވެސް އެއްބަސްވެ ލައްވައެވެ. އެހެންނަމަވެސް އަބަދުވެސް މޮޅުމީހަކަށް ވުމުގެ އުންމީދު ގައިހުރި  ބައްޕަ މުދިންކަމުގެ ކޯސް ނިންމާލީ ވަރަށް ކާމިޔާބު ކަމާއެކީގައެވެ. ރެޔާދުވާލު ނުނިދާ ހޭލާއިނދެގެން ކޯހުގައި ފިލާވަޅުދަސްކުރުމުގެ ސަބަބުން ލޮލުގެ ހާލަތުވެސް މިހާރުވަރަށް ދެރަކަމަށް ބައްޕަ ބުނެއެވެ.އަދި މިހާރު ބައްޕަ އަބަދުވެސް އުޅޭނީ ލޮލުގައި ރިއްސާތީއެވެ.
ތެދުއި ވަޑާމުގެ އިތުރުން ކިއްސަރު ވަޑާމުގައި ވެސް ލަންދޫގެ އެއްވަނަ އަށް ވާދަކުރާ އަޅުގަނޑްގެ ބައްޕަ އަކީ ލަންދޫ ގައި މިވަގުތު ތިބި ހުކުރު ކުރުމުގެ ސަނަދާއި، އެކަމުގެ ހުއްދަ އޮތް ފަސް މީހުންގެ ތެރެއިން އެކަކެވެ. ތަޖްވީދުމަޤުން ރީތި ރާގު ރާގަށް ޤުރުއާން ކިޔެވުމާއި، މިސްކިތުގައި ދަރިވަރުންނަށް ޤުރުއާން ދަސްކޮށްދިނުމަކީ މުދިމް ކަމުގެ ކޯސް ހެއްދެވީއްސުރެ މިއަދާހަމައަށް ވެސް މެދުކެޑުމެއް ނެތި  ބައްޕަ ކުރަމުން އަންނަ ކަމެކެވެ. އެއްވެސް މާއްދީ އެދުމެއް ނެތި ދީނަށާއި، ޢާއްމު މުޖުތަމަޢު އަށް ހެޔޮ ކަމެއް ކޮށްދިނުމުގެ ގޮތުން ދެމުން އަންނަ ޢާއްމު ޚިދުމަތެއް ގޮތުގައެވެ.
ފިރިހެން ދަރިއަކާއި، އަންހެން ދެދަރިންގެ ބައްޕަ  އަކީ ބޮޑުބެރު ލަވަކިޔުމާއި، ދިގުދަނޑިޖެހުމުގައިވެސް ލަންދޫގެ އެއްވަނައޭ ބުނުމުން މިކަމާއި އެއްބަސް ނުވާނެ މީހަކު ހުންނާނެއެކޭ ނުދެންނެވޭނެއެވެ.  ބައްޕަ އަމިއްލަ އަށް ލަވަހައްދަވައިގެންވެސް ބޮޑުބެރު ލަވަ އާއި، އެހެނިހެން ލަވަތައް ޢާއްމުންނަށް ނެރެދެއްވާފައި ވެއެވެ. އަދި އެކި އެކި މުނާސަބަތު ތަކާއި، ގުޅުވައިގެން ވެސް ތަފާތުލަވަތައް ހައްދަވާ އުޅުއްވައެވެ.
އަމިއްލަ ގޭގައި އޮޑިފަހަރު ބަނުމުގެ މަސައްކަތް ކޮށް އެމަސައްކަތަކީވެސް އަމިއްލަ ވިސްނުމުން ކުރެވިދާނެ މަސައްކަތެއްކަން ހާމަކޮށްދިނުމުގެ ގޮތުން މިހާތަނަށް ބޮއްކުރައަކާއި، ވަދުދޯންޏެއް އަމިއްލައަށް ބަނދެ ބާލާފައިވާ އަޅުގަނޑުގެ ބައްޕަ އަކީ މިހާރު ލަންދޫގައި ހުރި އެންމެ އިސް އިމާމެވެ.
ލަންދޫ ހުކުރު މިސްކިތުގެ މުދިމްކަން ކުރަމުން އަންނަ އަޅުގަނޑުގެ ބައްޕަ ފާހަގަ ނުކުރެވޭ ހަމަ އެއްވެސް ރޮގެއް ނެތޭ ދެންނެވިދާނެއެވެ. އެއްވެސް މަސައްކަތެއް އެއްވެސް މީހަކު އަދި މިހާތަނަށް ދަސްކޮށްދީ ފައިނުވާ ، އަޅުގަނޑުގެ ބައްޕަ ވަނީ އަތުމަސަކަތާއި، އަތްތެރި މަސައްކަތުގައިވެސް އެފަދަ ދެވަނައެއް ނެތްކަން ސާބިތު ކޮށްދިނުމުގެ ގޮތުން ލަކުޑިން ފާޑުފާޑުގެ ތަފާތު އާސާރީ ގޮތުން  ފާހަގަ ކުރާ ތަކެތި ހަދާ ޓޫރިސްޓުންނަށް ހަދިޔާ އަށް ދޭނެ ތަފާތު އާލަތްވެސް ތައްޔާރުކޮށް އެތަކެތި މާކެޓަށް ވެސް ނެރެފައެވެ. އެގޮތުން ދާދި ފަހަކުން ލަންދޫޒުވާނުން ބައިވެރިވި ފުޓްބޯޅަ މުބާރާތެއްގައި ހަނދާނީ ސުވެނިއަރ އަކަށް އަޅުގަނޑުގެ ބައްޕަ ތައްޔާރު ކޮށްދިން ކުއްޅަވައް ފާހަގަ ކޮށްލަމެވެ.
މިހުރިހާ ކާމިޔާބީތަކަކާއި އެކު މިހާރުވެސް ދިރިއުޅުމުގައި އަޅުގަނޑުގެ ބައްޕަ އާއި އެއްޢުމުރުގެ ލަންދޫގެ މީހުންނަށް ނަމޫނާ ދައްކަމުން އަންނަ އިރު އަޅުގަނޑުގެ ބައްޕަ ޙަޔާތުގައި ، ދެކެން ބޭނުންވާ ދުވަހަކީ މުޅި މިދިވެހިރާއްޖޭގައި އުފެދިފައިމިވާ އެކިއެކި ބައިބައިވުންތަކާއި، ހިންގަމުން މިދާ މާރާމާރީ ތަކާއި، އެކި ނޭދެވޭ ޖަރީމާތައް މުޅިން ހުއްޓި މިދިވެހި ލޮބުވެތި ވަޠަނަކީ އެންމެންނަށް އަމާން އޮމާން ކަމާއި އެކު އެއްވެސް ބިރެއް ޖެހިލުމެއްނެތި ދިރިއުޅެވޭނޭ ތަނަކަށް ވެގެން ދިޔުމެވެ.މާތްﷲ އަޅުގަނޑުގެ ބައްޕައަށާއި އާއިލާއަށް އުފާފާގަތި ކަމާއި ކާމިޔާބް މިންވަރުކުރައްވާށ.ި.އާމީން

0 comments

Post a Comment