އަޅުގަނޑް( ލަންދޫ ސުކޫލުގެ މެތަމަޓިކުސް ޓީޗަރ އަދި ލަންދޫ އެޖަމްއިއްޔާއަކަށް ފަޚުރުވެރިވުން ހައްގު ޖަމްއިއްޔާގެ ހަޒާންދާރު އިބުރާހިމް ފާއިޒް ފުސްފަރު/ލަންދޫ ) ކުރިއަށް އޮތް ރަށު ކައުންސިލް އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ލަންދޫ އަށް ކުރިމަތި ލައިފީމެވެ
އަޅުގަނޑް ރަށު ކައުންސިލަރ ކަމަށް ކުރިމަތި މިލަނީ ވަރަށް ވަރުގަދަ އަޒްމަކާއި އެކު ލަންދޫގެ އެންމެހާ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތި މުސްތަގުބަލަކަށް އަބަދުވެސް އެދެމުންނެވެ.އަޅުގަޑަކީ އިއްޔެވެސް މިއަދުވެސް އަދި މާދަމާވެސް ޖެހޭހާ ވަޔަކަށް ނުވަތަ ހިގާހާ އޮޔަކަށް ދިރިއުޅުމުގައި ދިމާވާ ކަންތައް ތައް އަނބުރާ މީހަކީމެއް ނޫނެވެ އަދި ނަގާހާ ރާޅެއްގެ ހޮޅި ދަށުވެ ވާނެ ގޮތެއް ވިޔަސް ހެޔޮކަމަށް ކަން ކަން ނިންމާނެ މީހަކީމެއްވެސް ނޫނެވެ އަޅުގަނޑު ރަށު ކައުންސިލް އިންތިހާބަށް ލަންދޫގެ ގޮނޑިއަކަށް ކުރިމަތި މިލަނީ މިކަން ކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލް ކުރެވޭތީއެވެ ސަރުކާރާއި އެކުވެގެންވެސް ވާން ޖެހިއްޖެ ހާލެއްގައި އިދިކޮޅު ވެގެންވެސް އަޅުގަނޑް އަބަދުވެސް ބަލާނީ ރައްޔިތުންނައް ފައިދާވާނެ ކަންކަން ކުރެވޭތޯއެވެ.
ގަބޫލު ކުރައްވާށެވެ އަޅުގަނޑު ހަމަ ގައިމުވެސް މިހިރީ ކައުންސިލަރކަން ކުރެވޭ ވަރަށް ކިޔަވައިގެންނެވެ.އަޅުގަނޑު މިވަގުތުވެސް އަދާ ކުރަމުން މިދަނީ އެކަމަށް ހެކިވާވަރުގެ ވަޒީފާއެކެވެ އަޅުގަނޑުގެ އިލްމު އެބަ ހުއްޓެވެ.ކަންކަމުގައި ކެރޭނެއެވެ.އިހުލާސްތެރިވާނަމެވެ.ހިދުމަތް ކުރުމުގައި ދެމިހުންނާނަމެވެ.
އިރާދަ ކުރެއްވިއްޔާ ލަސް ނުވެ އަޅުގަނޑުގެ މެނިފެސްޓޯ އާންމު ކުރާނަމެވެ އަޅުގަނޑަށް ތާއީދު ކުރައްވާ އެންމެ ހާ ފަރާތް ތަކުން މިހާރުގެ ލަންދޫގެ ޒުވާން ހީވާގި ކައުންސިލާރ މަޖުދުއްﷲ އަބުދުރައްޒާގަށްވެސް ވޯޓް ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑް އެދުމެކެވެ.
އަދި ދަންނަވަމެވެ އަޅުގަނޑުގެ ކެމްޕޭން މެނޭޖަރަކު ހަމަޖެއްސުން އަޅުގަނޑު ދޫ މިކޮއްލަނީ އަޅުގަނޑަށް ތާއީދު ކުރައްވާ ފަރާތް ޕުޅު ތަކަށެވެ. މިހާތަނަށް އަޅުގަނޑުގެ ކެމްޕޭން މެނޭޖަރަކަށް ދެ ފަރާތަކުން ވަނީ ނަން ހުށަ އަޅާފައެވެ.އެއީ އަލްފާޞިލް ޔޫސުފް އަބުދުއްރަހީމް (ޔޫއްޓޭ ) އާއި ފަރުހާދު ހުސައިން (ފަރަޑޭސް) އެވެ.މީގެ ތެރެއިން ތި ބޭފުޅުންނަށް އެންމެ ކަމުދާ ފަރާތެއް އަޅުގަނޑުގެ ފޯނަށް އެސް އެމް އެސް ކޮއްލަދެއްވާށެވެ އަޅުގަނޑުގެ ނަމްބަރަކީ9947499
0 comments