ފުވައްމުލަކު ސުކޫލް ބޯޑްގެ ވަރަށް ހާއްސަ ބައްދަލްވުމެއް ފުވައްމުލަކުގައި ކުރިއަށް އެބަދެއެވެ.އިއްޔެއިން ފެށިގެން 02 ދުވަހުގެ ނިޔަލަށް ކުރިއަށް ދާ މި ބައްދަލްވުމުގައި ރާއްޖޭގެ އެކި ކަންކުޅުތަކުން ތިން ސުކޫލެއްގެ އިސްވެރިން ބައިވެރިވެފަވާއިރު މީގެތެރެއިން އެއްބޭފުޅަކީ ލަންދޫ ސުކޫލްގެ ހިންގުންތެރި ވެރިޔާ އަދި ސުކޫލްގެ ހެޑް އަލްފާޞިލް މުހައްމަދު އިބްރާހިމެވެ.މި ބައްދަލްވުމަކީ ފުވައްމުލަކު ސުކޫލުގެ ބޯޑްން މިއަންނަ އަހަރަށް ރޭވޭ ހަރަކާތްތައް ފުވައްމުލަކު ސުކޫލާއި ހިއްސާ ކުރުމަށް ސުކޫލުގެ ބޯޑުން އިންތިޒާމް ކޮއްގެން ގެންދާ ބައްދަލްވުމުކެވެ.މި ބައްދަލްވުމުގައި މުހައްމަދު އިބްރާހިމް ބައިވެރިވަނީ އެޑިއުކޭސަން މިނިސްޓްރީގެ ދައުވަތަކަށެވެ
ފުވައްމުލަކު ސުކޫލް ބޯޑްގެ ރައީސް އަލްފާޞިލް މުހައްމަދު އަލިދީދީ ފަށްޓަވައި ދެއްވި މި ބައްދަލުވުމުގައި، ތިން ސުކޫލުގެ އިސްވެރިން ބައިވެރިވިނަމަވެސް މި ބައްދަލް ވުމުގައި އަދި ބޮޑަށް ވާހަކަ ދެކެވެމުން ދަނީ ފުވައްމުލަކު ސުކޫލްގެ ހިންގުން ހަރުދަނާ ކުރުމާ ބެހޭގޮތުން ކަން ފާހަގަ ކުރަމެވެ..

0 comments