ނަން: ސަލީމް ޙުސެއިން
ޢާއްމުކޮށް ކިޔާނަން : މެއްޑޯ
އުފަންދުވަސް : 15 މާރޗް
ފުޓްބޯޅަ ކުޅެންފެށީ : އުމުރުން 6 އަހަރުގައި
މިވަގުތު ރަށުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ : ޔޫސުފް ޢަބުދުއްރަޙިމް ( ޔޫއްޓޭ )
ދުނިޔޭގައި ހުރި އެންމެ މޮޅުކުޅުންތެރިޔާ : ޑިއޭގޯ ފޯލަން
ރަށުން އެންމެ މަޤްބޫލް ކޯޗު: ޢަބުދުއްރަޙީމް މުޙައްމަދު ( ރެޓޭ )
އެންމެ ދާހިތްވާރަށް : ބ.އޭދަފުށި
އެންމެމީރު ކެއުން : ޗިލީޗިކަން
އެންމެ މީރުބުއިން : ކުރުބާފަނި
އެންމެދާހިތްވާ ޤައުމު : ޖަރުމަން
ފުޓްބޯޅައިގެ ސަޙްސިއްޔަތު : މައިކަލް ބަލަކް / ޖަރުމަން
މިހާތަނަށް ހަނދާނުން ފުހެލުމަށް އެންމެދަތިވި މެޗު: 2005 ގައި ބ.އޭދަފުށީގައި ކުޅެވުނު ޒޯން ފައިނަލް މެޗް
ދެއަތްބަށް މީހަކާއި އިނުމާއިމެދު: ގަސްތެއްނުކުރަން
ފުޓްބޯޅައިން އެންމެ ދެކެން ބޭނުންވާދުވަސް: އެދުވަސް މިހާރު ފެނިއްޖެ
އެންމެ އުފާވިދުވަސް : ލަންދޫ ސްކޫލްގެ ބެސްޓްއޯލް ރައުންޑަރ އަކަށް ހޮވުނު ދުވަސް
ތިޔައީ ކޮންކަހަލަ މިޒާޖެއްގެ މީހެއް : މަޑުމައިތިރި
އެންމެގާތް ރަޙްމަތްތެރިޔާ : ނެތް
ހަދިޔާއަކަށް އެންމެ ކަމުދަނީ :ހެދުމެއް
އަންހެން ކުއްޖަކު އެންމެ ރީތިވަނީ: ކުރުކޮށް ދޮންކޮން ( ހިންދީ ފިލްމީ ބަޠަލާ އަމީޝާޕަޓޭލް ހުންނަހެން ތިބޭ ކުދިން )
އެންމެ ކައިވެނި ކުރަން ބޭނުންވި ކުއްޖާއާއިތަ ކާވެނި ކުރެވުނީ : ނޫން ( މިހާރުގެ ވައިފް އާއި ކައިވެނި ކުރެވިދާނެކަމަށް ހުވަފެނުންވެސް ނުދެކެން )
ރަށުގެ މަސްތަޤްބަލާމެދު ދެކެނީ : ރަނގަޅުވާނެކަމަށް
ފުޓްބޯޅަ ކުޅުން ހުއްޓާލަން ގަސްތުކުރަނީ : ފައިނޭޅެއް ފެށީމަ
އެންމެ މީރުވަސްދުވާ ސެންޓް: " ބްލޫ ފޯ މެން "
ލަންދޫގައި ހުރި އެންމެމޮޅު ރެފްރީ : މޫސާ ޙުސެއިން ( މިހާސް )
ސިޔާސީ ދާއިރާއިން މުސްތަޤްބަލްގައި ފެނިދާނެތަ : އާނ !
އެންމެފަސޭހައިން ބުނެލެވޭނީ : " ކީކޭ ! "
" މެއްޑޯ " މިއީ ކިހިނެތް ކިޔުނު ނަމެއް : އެއީ ވެލިދޫ އަށް ކިޔަވަން ގޮސް އުޅެނިކޮށް ކްލާސް ތެރޭގައި ހިގި ހާދިސާ އަކާއި ގުޅިގެން ކްލާސް ކުދިން ދިންނަމެއް
ފުޓްބޯޅަ ކުޅެން އެންމެފަސޭހަ އީ ކާކާއި އެކު: ޢަބުދުﷲ އަކުރަމް ( އައްކު )
ލަންދޫގެ ފުޓްބޯޅައަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ :ރަނގަޅު ދަނޑެއް ނެތުން
އެންމެބީޓްކޮށްލަން އުދަގޫ ޑިފެންޑަރ : ކޮންމެ ޑިފެންޑަރެއްވެސް އުދަގޫ
" ލިޔެސް " ގެ މުސްތަޤްބަލާއި މެދު: މުސްތަޤްބަލެއް ނެތް
" ލިޔެސް " ގެ ޙަޤީގީ ބާނީއަކީ : މުޙައްމަދު އިބްރާޙިމް ( މޯޑް ) ، ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އަދި ސަލީމް ހުސެއިން ( މެއްޑޯ )
ކޭ.ޑީ ގެ މާނައަކީ : " " ކެރިގެން ދާ "
ކޭ.ޑީ ރިއަލް ކޭޑީ އަށް ބަދަލްވީ : " ކޭ.ޑީ ގްރޫޕް ) ގެފަހަތައް އަންނަ " ގްރޫޕް " ޢާއްމު ނަމަކަށްވާތީ " ގްރޫޕް " ގެ ބަދަލްގައި ބޭނުންކުރާނެ އެހެންނަމެއްގެ ގޮތުގައި ބޭނުންކުރުމަށް މެއްޑޯ ހުށައެޅުމުން ގްރޫޕުން ފާސްކުރުމުން
ކޭ.ޑީގެ އަސްލު ބާނީއަކީ : ސަލީމް ޙުސެއިން ( މެއްޑޯ )
މިހާރު" ލިޔެސް " ހިގަނީ : މުޅިން ރަނގަޅަކަށް ނޫން
ލިޔެސް " އަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ : މެމްބަރުންގެ ކަންނެތްކަން"
އެންމެ ފުރަތަމަ ލިޔުނު ރިޕޯރޓަކީ: މާޅެންދޫގައި ބޭއްވުނު އެސް.އެސް.ޖީ ކަޕް ފުޓްބޯޅަ މުބާރާތް " އާއި ގުޅިގެން ތައްޔާރުކުރި ރިޕޯރޓް
އެންމެ ބޮޑު ތަރުޙީބެއް ލިބުނު ރިޕޯރޓަކީ : " ލިޔެސް " ގެ އަހަރީ ދުވަހަށް ތައްޔާރު ކުރި " ޓޮޕްޓެން ރިޕޯރޓް "
އެމް 2 ގެ މާނައަކީ: " މެއްޑޯ މަލްޓިޕަލްސް "
މިހާތަނަށް އެންމެ ފުރިހަމައަށް ތައްޔާރު ކުރެވުނު ސްވެނިޔަރ އަކީ : އަތޮޅު މުބާރާތައް ބޭނުންކުރަން ތައްޔާރުކުރި " ކުޢްޅަވަކުގައި އޮބިއެޅި އެތި "
ލަންދޫގައި ފުޓްބޯޅައިން އެންމެ ދެކެން ބޭނުންވާ ދުވަސް : ލަންދޫގެ ފުޓްބޯޅަ ޓީމެއް ގަލޮޅު ދަނޑުގައި ގަދަބާރެއްގެ ގޮތުގައި އޮންނަދުވަސް
ހުރިހާގޮތަކުން މިހާތަނަށް މެއްޑޯއަށް ލިބުނު އެންމެބޮޑު ކާމިޔާބަކީ : އޮފީހުގައި މަސައްކަތް ކުރައްވާ އިސްވެރިންގެ ފަރާތުން ލިބިލައްވާ އިޙްތިރާމާއި ލޯބި
މިހާރުގެ ދިރިއުޅުން ސިފަކުރަނީ: ވަރަށް އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއްގެ ގޮތުގައި

0 comments